ތަޤްވާވެރި ދިރިއުޅުމެއް އުޅުނަސް ދެމަފިރިންގެ މެދުގައި މައްސަލަ ޖެހިދާނެއެވެ. ކައިވެނި ރޫޅިވެސްދާނެއެވެ. އެއީ އިމްތިޙާންކުރެއްވެވުމެވެ. އެހެންކަމާއިއެކުވެސް ބުނަންޖެހޭނީ ދެމަފިރިން އެއް\ ޢަޒުމެއްގައި ﷲ ތަޢާލާއާއި ގުޅުންބަދަހިކުރަން މަސައްކަތްކުރާނަމަ ވަރަށް މަދުން ނޫނީ ކައިވެނީގައި ހިތާމަކުރާކަށް ނުޖެހޭނެއެވެ. މިގެނެސްދެނީ ދިރިއުޅުމަށް ފައިދާކުރާނެ ދަރުސެކެވެ.
އެންމެމުހިންމު އެއްކަމަކަށް ފާހަގަކުރެވޭ ކަމަކީ ދެމަފިރިންނަކީ އެދެމީހުންގެ ވެރި ރައްބާ ހައްދަވާ ގެންގުޅުއްވާ އިލާހާ ވަރަށް ގާތް ގުޅުމެއް އުފައްދާފައިވާ ދެމީހުންނަށް ވުން. އެއީ ކާމިޔާބަކީ ، ހިތްހަމަޖެހުމަކީ، ބާއްޖަވެރި ކަމަކީ،
އެކަމަކުން އަޅުގަނޑުމެންގެ ޢަމަލުތައް ބެހެއްޓި ގޮތެއްގެ މައްޗަށް ﷲ ތަބާރަކަ ވަތަޢާލާ ދެއްވާ ތަޥްފީޤެއްގެ ސަބަބުން އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކަށް ޒަވާޖީ ހަޔާތުގެ އުފާވެރި ކަމާ، ހިތްހަމަޖެހުމާ، ބާއްޖަވެރިކަން ވަނީ ލިބިފަ. އެހެންވީމަ އެއީ އެކަލާނގެ ދެއްވާ އެއްޗެއް އެހެންވީމާ އެކަލާނގެ ޙަޟްރަތުން އެހޯދަން މަސައްކަތް ކުރަންވާނެ. އެހެންވީމާ އެގުޅުން އަޅުގަނޑުމެން އުފައްދަންޖެހޭ އެކަލާނގެއާ އޮންނަ ގުޅުން ބަދަހި ކުރުމަށް ހިތުގެ މާނައަކީ ޢަރަބި ބަހުން "ޤަލްބް" އެއީ ފުރޮޅޭ، ފުރޮޅުން މާނައަކީ ޤަލްބް ގެ މާނައަކީ ފުރޮޅުން ޢަރަބި ބަހުން އެހެންވީމާ ހިތަކީ ފުރޮޅޭ އެއްޗެއް.
މިއަދު ލޯބިވާ މީހާދެކެއެއްނޫން މާދަމާ ލޯބިވަނީ މިއަދު ވަރަށް ނަފްރަތުކުރާ މީހެއްދެކެ މާދަމާ ވަރަށްބޮޑަށް ލޯބިވެދާނެ. މިއަދުވަރަށް ބޮޑަށް ލޯބިވާ މީހެއްދެކެ މާދަމާ ނަފްރަތު ކޮށްފާނެ، ހިތްތައް ފުރޮޅުއްވާ އިލާހަކީ ﷲ ތަޢާލާ އެހެންވީމާ ދެމަފިރިންގެ ދެމެދުގާ އެގާތްކަން އޮތުމަށް ބޭނުންވާ ދެމީހުން އެމީހުންގެ ވެރި ރައްބާ ގާތްގުޅުން ބަދަހިކޮށް އެކަމަށް އެދި ތަޥްފީޤަށް އެދި ދުޢާކުރަންޖެހޭ.
ﷲ ތަބާރަކަ ވަތަޢާލާ މާތް ނަބިއްޔާ ﷺ ނަބީކަމައިގެން ފޮނުއްވި އިރުގައި މީސްތަކުންގެ ދެމެދުގައި އޮތީ ފިތުނަ ފަސާދައާއި، ޒުވާބާއި، އަރާރުމާއި، ތަޅާފޮޅުން، ހަނގުރާމަތައް އޮތީ އެހެން ނަމަވެސް ﷲ ތަބާރަކަ ވަތަޢާލާ މާތް ނަބިއްޔާ ﷺ މެދުވެރި ކުރައްވައި އެމީހުންގެ ހިތްތައް އެކުވެރި ކުރެއްވެވި "لَوْ أَنفَقْتَ مَا فِى ٱلْأَرْضِ جَمِيعًا مَّآ أَلَّفْتَ بَيْنَ قُلُوبِهِمْ " މުޅި ބިމުގާހުރި ހުރިހާ އެއްޗެއް ކަލޭގެފާނު ހޭދަކުރެއްވި ކަމުގައިވިޔަސް އެމީހުން ކަލޭގެފާނަށް އެއްނުކުރެވޭނެ އެމީހުންގެ ހިތްތައް އެއްނުކުރެވޭނޭ "وَلَٰكِنَّ اللَّهَ أَلَّفَ بَيْنَهُمْ" އެކަމަކު ﷲ އޭ އެމީހުން އެއްކުރެއްވީ، އެހެންވީމާ ދެމީހެއްގެ ހިތް އެއްކުރައްވާ ފަރާތަކީ އެކަލާނގެ. އެހެންވީމާ އެކަލާނގެ ޙަޟްރަތުން އަޅުގަނޑުމެން އެކަމަށް އެދި ދުޢާކޮށް ދަންނަވަން ޖެހޭ .
އެހެންވީމާ ބައެއް ބޭފުޅުން ވިދާޅުވެފަ ވަނީ ތިމަންނާމެން ޒަވާޖީޙަޔާތަށް ފަހުގައި މިހާ އަހަރު ޒަމާންވެގެން ދިޔައްޔޭ ދެމީހުންގެ ދެމެދުގާ މާބޮޑު މައްސަލައެއް ދިމާނުވެ ބައެއް ބޭފުޅުން އެކަމުގެ ސިއްރެއްގެ ގޮތުގައި ބަޔާން ކުރައްވާފައިވޭ ބައެއް ސަލަފުންގެ ބައެއްބޭބޭފުޅުންގެ ފަރާތުން ވާރިދު ވެގެން އަންނަ ކަމެއް އެއީ ކާވެންޏަށް ފަހުގައި ސުންނަތް ދެރަކުޢަތް ނަމާދެއް ދެމަފިރިން އެކުގައި ކުރުން. ދިރިއުޅުން ފެށިގެން މިއަންނަނީ ޙަޔާތް ފެށިގެން މިއަންނަނީ ވެސް ﷲ އަށް ކިޔަމަންތެރި ކަމާއެއްކޮށް ދެމަފިރިން ކުރާ ސުންނަތް ނަމާދަކުން. އެހެންވީމާ މީ އެއްނުކުތާ އަޅުގަނޑުމެން ހަނދާން ކުރަންޖެހޭނެ ޒަވާޖީ ޙަޔާތުގެ ބާއްޖަވެރިކަން އެދެންޏާ.
- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން