ފަރުޟް ނަމާދުތަކަށް ރައްކައުތެރިވުމަށްފަހު އެންމެ އިސްކަމެއްގެ ގޮތުން މައިންބަފައިންނަށް ހެޔޮކޮށްހިތާ މީހެއްގެ ދިރިއުޅުން ދާނީ ކުރިއަރަމުން! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ފަރުޟް ނަމާދުތަކަށް ރައްކައުތެރިވުމަށްފަހު އެންމެ އިސްކަމެއްގެ ގޮތުން މައިންބަފައިންނަށް ހެޔޮކޮށްހިތާ މީހެއްގެ ދިރިއުޅުން ދާނީ ކުރިއަރަމުން! އިން ޝާ ﷲ

މައިން ބަފައިންނަށް ހެޔޮކޮށް ހިތަންވީ ކިހާމިންވަރަކަށްކމާއި އެކަމަސް ސަމާލުކަންދޭންޖެހޭ މިންވަރު ގިނަ ބައަކަށް ނުވެސް އެނގެއެވެ. މި ޙަދީޘްފުޅަށް ބައްލަވާށެވެ. ﷲ ތަޢާލާ ފަރުޟު ކުރެއްވެވި 5 ނަމާދަށްފަހު އޮތީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ. ﷲ ތަޢާލާގެ މަގުގައި ޖިހާދުކުރުމުގެ ކުރިއަށްވެސް އޮތީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ. 

އިބްނު މަސްޢޫދު رضي الله عنه ވިދާޅުވިއެވެ.

ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލާމެދު ނަބިއްޔާ ﷺ އާ ސުވާލުދެންނެވީމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«الصَّلاَةُ عَلَى وَقْتِهَا»

މާނައީ: "ނަމާދު އޭގެ ވަޤުތުގައި އަދާކުރުމެވެ." 

ވިދާޅުވިއެވެ. އެއަށްފަހު ކޮންކަމެއްތޯއެވެ؟

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«ثُمَّ بِرُّ الوَالِدَيْنِ»

މާނައީ: "އެއަށްފަހު މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ." 

ވިދާޅުވިއެވެ. އެއަށްފަހު ކޮންކަމެއްތޯއެވެ؟

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

«الجِهَادُ فِي سَبِيلِ اللَّهِ»

މާނައީ: "ﷲ ގެ މަގުގައި ޖިހާދުކުރުމެވެ."  

[رواه البخاري (527)]A

 

- ޙަދީޘް: --ޝައިޚް އިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން