ޤުރްއާނާއި ސުންނަތުން އެނގެންހުރި ސުޢާތައް ކުރަމުން ގެންދަންވީއެވެ. ނަމަވެސް ވަކިވަޤުތެއްގައި ވަކިދުޢާއެއް ޚާއްޞަކޮށްގެން ކުރާނަމަ އެކަމަށް ދަލީލެއް އޮންނަންވާނެއެވެ.
ދަމުނަމާދު ނިމިގެން ފަތިސްނަމާދަށް އިންތިޒާރުކުރާ މީހުން ތިބެއެވެ. އެވަޤުތުތަކުގައި ގިނަބައަކު ޛިކުރުކޮށް ދުޢާކުރެއެވެ. ބައެއް މީހުން ކުރާ ސުވާލަކީ ދަމުނަމާދަށް ފަހު ރައްބަނާ ދުޢާތައް ކޮންމެ ރެއަކު ކިއުމަކީ ކުރަން ރަނގަޅު ކަމެއްތޯ؟ އެއީ ބިދުޢަ އަކަށްވެދާނެތޯ؟
ޖަވާބު:. ދަމުނަމާދަށްފަހު ރައްބަނާ ދުޢާތައް ކިޔުމަކީ ބިދުޢައެއް ނޫނެވެ. އެއީ ހަމަ ދުޢާތަކު ތެރޭގައި ހިމެނޭދުއާ ތަކެކެކެވެ. އެއީ ރައްބަނާ އިން ފެށިފައިހުރި ދުޢާތަކެވެ. އެހެންވީމާ އެ ދުޢާ ކިޔުމަކީ މައްސަލައެއްނޫނެވެ. އެހެންނަމަވެސް ކޮންމެހެން އެގަޑީގައި ކިޔަންޖެހޭ ދުޢާތަކެއްކަމަށް ޤަބޫލުކޮށްގެން ކިޔާ ކަމަށްވަނީނަމަ އެހިސާބުން މައްސަލަނުކުތުން އެއީ އެކަށީގެންވާ ކަމެކެވެ.
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް