ކޮންމެ ޙާލެއްގަވެސް މައިންބަފައިންނާ ބާއްވަންޖެހޭ ގުޅުމަށް އުނިކަމެއް ނުގެނެވޭނެ! އެއީ މާމަތިވެރިކަންބޮޑު ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 54ސ
ކޮންމެ ޙާލެއްގަވެސް މައިންބަފައިންނާ ބާއްވަންޖެހޭ ގުޅުމަށް އުނިކަމެއް ނުގެނެވޭނެ! އެއީ މާމަތިވެރިކަންބޮޑު ކަމެއް!

ހަމައެގޮތަށް ޢިއްޒަތްތެރި އަޙުން ސުންނަތުގައިވެސް މިކަމަށް ބާރު އަޅުއްވާފައިވޭ. އަދި ހަމަ އެހެންމެ ބައްޕަޔައްވުރެ މަންމަގެ ދަރަޖަ އުފުލިގެންވާ ގޮތްވެސް ސުންނަތުގައި އައިސްފައިވޭ. ސުންނަތުގައި އިތުރު އެކަލޭގެފާނު ބަޔާންކުރެއްވި. އިމަމު އަބޫ ހުރައިރާ ރަޟިޔަﷲ ތަޢާލާ އަންހު ޙަދީޘްފުޅުކުރައްވަނީ ކީރިތި ރަސޫލާއާ ސުވާލުކުރެވުނޭ يا رسول الله، من أحق الناس بحسن صحابتي؟ ކޮންފަރާތަކާއެކުތޯއޭ އެންމެ ހެޔޮކޮން އެފަރާތަކާއެކު އުޅެންވީ. އެންމެ ހެޔޮކޮން އެފަރާތަކާއެކު އުޅެން އެންމެ ޙައްޤުކަން ބޮޑުވެގެންވާ ފަރާތަކީ ކޮބައޮތޯއޭ. އިތުރުއެކަލޭގެފާނު ވިދާޅުވަނީ މަންމަ އޭ  أمك ދެވަނަ ފަހަރަށް އަނެއްކާވެސް އެ ސުވަލު ކުރައްވނީ ދެން ކޮންބޭފުޅެއްތޯއޭ ކާކުތޯއޭ. އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވަނީ أمك މަންމައޭ އަނެއްކާވެސް އަބޫހުރައިރާ ދަންނަވަނީ ދެން ކޮންބޭފުޅެއްތޯއޭ ކާކުތޯއޭ އާއިލާގެތެރެއިން. ހަތަރުވަނަ ފަހަރު ދ ވިދާޅުވަނީ ދެން ކަލޭގެފާނޭ. ބައްޕައޭ.  

އެހެންވީމާ ބައްޕަގެ ދަރަޖައަށްވުރެ މަންމަގެ ދަރަޖަ ޢިއްޒަތްތެރި އަޚުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިއޮތީ ދެއްވާފަ މާ ބޮޑު ދަރަޖައެއް. ކީއްވެގެންކަން ތިބޭފުޅުންގެ ހިތްޕުޅަށް ގެންނަވާ މިހާރު. އެއީ އެކަލާނގެ ވަޙީކުރެއްވި އެއް އާޔަތެއްގަ އެބައޮވޭ އަހަރެމެންނަށް ވަޞިއްޔަތް ކުރައްވާފަ. ޤުރްއާނުގެ އާޔަތެއްގަ وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَىٰ وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ އިންސާނާޔަށް ވަޞިއްޔަތް ކުރެއްވީމޭ އޭނަގެ މައިންބަފައިންނަށް ހެޔޮކޮށް ހިތަން. ކީއްވެ؟ حَمَلَتْهُ أُمُّهُ وَهْنًا عَلَىٰ وَهْنٍ އުނދަގުލުގެ މައްޗަށް އުނދަގޫ.  

އެހެންވީމަ ތުރާލެއްގެ މައްޗަށް ތުރާލެއް އޭނަޔައިގެން ބަލިވެ އިންއިރު އެތައް މަހެއްވަންދެން އުފުލިއޭ. އޭނަގެ ރޭގެ ނިދުން ދޫކޮށްލަފަ ހަށިގަނޑުގެ އަރާމާއި ހިތްހަމަޖެހުމާއި ދެމަފިރިންގެ އަރާމާއި އުފާ ދޫކޮށްލާފަ وَهْنًا عَلَىٰ وَهْنٍ އަދި އޭގެ ފަހުން ވިހެއުމަށް ފަހުގަ ގާތުން ބުއްދިނުމުގަ ދެއަހަރެއްހާ ދުވަސް އޭނަގެ ގާތުން ކުއްޖާއަށް ކާނާ ދެމުން ދިޔައީ. އެހެންވީމާ އެކަލާނގެ އަނަގަވަނީ أَنِ اشْكُرْ لِي ތިމަންރަސްކަލާނގެއަށް ޝުކުރުވެރިވާށޭ. އެއަށްފަހު މައިންބަފައިންނަށް ޝުކުރުވެރިވާންވީ . އެއީ ތިމާއަށް އެއްވެސް ބާރެއް އާރެއް ނެތް ދުވަހު ތިމާޔަށް ތިމާ ބޭނުންވާތަކެތި އަނގަޔަށް ފޯރުކޮށްނުލެވުނު ދުވަހުގަ އެ މައިންބަފައިންގެ ހަށިގަނޑުން އެ ކާނާ އަހަރެމެންނަށް ދިނީތީވެ. މައިންބަފައިން ކުރާ މަސައްކަތުން އަހަރެމެންނަށް ކާންދިނީތީވެ. އެހެންވީމަ އަހަރެމެންނަށް ނިޢުމަތް އެކަލާނގެ ފަހިކޮށްދއްވެވީމަ އެކަމަށްޓަކައި އެ ނިޢުމަތް ދެއްވި ފަރާތަށް އަހަރެމެން ޝުކުރުވެރިވާން ޖެހެނީ. وَلِوَالِدَيْكَ  އަދި މަންމައާއި ބައްޕައަށް. އަދި މަންމައާ ބައްޕައަށް  إِلَيَّ الْمَصِيرُ އަދި އެކަލާނގެ ޙަޟްރަތަށޭ.  ކަލޭމެން އެނބުރި އަންނާނީ. މީ ބަޔާންވެ ދިޔަ ނައްސުގެ ތަފްސީލުތައް މިތާނގަ މި ބަޔާންކޮށްދެވުނީ.

 

- ޝައިޚް ޢަލީ ރިޒާގެ ދަރުސަކުން

 

 

މިއަދު އޮންލައިން