އެކުށްކުރީ އިބިލީސް ބުނެގެން ކަމަށްބުނިމީހާއަށް ކޯޓުން ޙުކުމްކުރީ 25 އަހަރަށް ޖަލަށްލުމަށާ 2 މިލިއަން ޑޮލަރު ދައްކަން! ފާފަކުރުމަށްފަހު ޝައިޠޯނާގެ ބޮލުގަ އަޅުވާ މީހުންނަށް ޢިބްރަތަކަށް ފުދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
އެކުށްކުރީ އިބިލީސް ބުނެގެން ކަމަށްބުނިމީހާއަށް ކޯޓުން ޙުކުމްކުރީ 25 އަހަރަށް ޖަލަށްލުމަށާ 2 މިލިއަން ޑޮލަރު ދައްކަން! ފާފަކުރުމަށްފަހު ޝައިޠޯނާގެ ބޮލުގަ އަޅުވާ މީހުންނަށް ޢިބްރަތަކަށް ފުދޭނެ!

މަގުމަތިން ދިއަ އަންހެނަކު ހިފަހައްޓައި ގަދަކަމުން ކާރަށް އަރުވަން އުޅުނު ކަމުގެ ކުށުގައި ފުލުހަށް ޙާޒިރުކުރެވުނު މީހެކެވެ. އޭނާ ބުނީ އެކަން ކުރުވީ ޝައިޠޯނާ ކަމަށެވެ. ޝައިޠޯނާ އެކަން ކުރުވީ ކިހިނަކުންތޯ ސުވާލުކުރުމުން ބުނީ ވަސްވާސްދިނީ ކަމަށެވެ.  

ފުލުހުން އިތުރަށް ސުވާލެއް ނުކުރެއެވެ. އޭނާ ބުނި ގޮތަށް އޭނާގެ ބަޔާން ނަގާފައި ކޯޓަށް ފޮނުވީއެވެ. އޭނާ ވަރަށް ހެވިފައި ހުރެގެން ކޯޓަށް ދިއައީ އެންމެ މަޝްހޫރު ޤާނޫނީ ވަކީލުންގެ ތެރެއިން މީހަކު ގޮވައިގެނެވެ.

ދަޢުވާ ހުށަހެޅުމުން ކުށްވެރިޔާގެ ދިފާޢުގައި ވަކީލް ވަރަށް ސަޅި ޢިބާރާތްތަކުން ވާހަކަ ދައްކައި ނިންމާލުމުން ޤާޟީ އެދުނީ އެންމެ ކަމަކަށެވެ. އެއީ ޝައިޠޯނާ ވަސްވާސްދީގެން ކުށެއް ކުރީމާ އަދަބު ލުއިވާނެ ނުވަތަ އަދަބުން ސަލާމަތްވެވޭނެ ގޮތަށް ޤާނޫނުލްޢުޤޫބާތުގައި އެއްވެސް މާއްދާއެއް އޮތްނަމަ އެމާއްދާ ފާހަގަކޮށްދިނުމަށެވެ.  

ވަކީލް ބުނީ އެއީ ލިޔެވިފައި ނެތްނަމަވެސް ބުއްދީގެ ހަމަތަކުން ޤަބޫލުކުރަންޖެހޭނެ ކަމެއް ކަމަށެވެ. ފަނޑިޔާރުބުނީ އެހެންވީމާ ތިއަ ބުނެވެނީ ލިޔެވިފައި އޮތް ޤާނޫނުލްޢުޤޫބާތެއްގެ ބޭނުމެއް ނެތްކަމަށާއި ބުއްދީގެ ހަމަތަކުން ކަންކަން ނިންމީމާ ރަނގަޅުވާނެ ކަމަށެވެ. އެހެންވީމާ ތިއަވާހަކައިން އެނގެނީ ލިޔެވިފައިވާ ޤާނޫނުތަކަށް ޢަމަލުކުރާ ޤައުމެއްގައި ޤާނޫނީ ވަކީލުކަން ކުރަން ކަލޭ ކުފޫހަމަނުވާކަމެވެ. އެހެންވީމާ އަހުރެން ފުރަތަމަ ޙުކުމް ކުރާނީ ކަލޭގެ މައްސަލަ މަތީކޯޓުން ވަކިގޮތަކަށް ނިމެންދެން ކަލެއަށް އެއްވެސް މީހެއްގެ އެއްވެސް މައްސަލައެއްގައި ވަކާލާތު ނުކުރެވޭނެ ކަމަށެވެ. އަދި ހުށަހެޅިފައިވާ ދައުވާއަށް އިއްވާ ޙުކުމަކީ މީހަކަށް ގެއްލުންދޭން ބޭނުންވެގެން އޭނާ ވަގަށް ނަގަން އުޅުނުކަމުގެ ކުށުގައި 25 އަހަރަށް ޖަލަށް ލުމަށާއި އެކަމުގެ ސަބަބުން އޭނާއަށް ލިބުނު ޖިސްމާނީ އަދި ނަފްސާނީ ގެއްލުންތަކަށް ބަދަލެއްގެ ގެތުން އޭނާއަށް 2 މިލިއަން ޑޮލަރު ދިނުމަށެވެ.  

މިހުރީ ދުނިޔޭގެ ކޯޓުތަކުގައި ކުރާ ޙުކުމެވެ. އެހެންކަމަށްވާއިރު ފާފަތައް ކުރުމަށްފަހު އެއީ ޝައިޠޯނާ ވަސްވާސްދީގެން ކުރެވުނު ކަމެއް ކަމަށް ޤިޔާމަތް ދުވަހު ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވޭނީ ކޮންގޮތަކުން ހެއްޔެވެ؟ ﷲ ތަޢާލާ ވަނީ ޝައިޠޯނާއަކީ އިންސާނުންގެ އެންމެ ބޮޑު ޢަދާވާތްތެރިޔާކަމާއި އޭއްޗަށް ނުހެއްލުމަށް މީސްތަކުންގެ މައްޗަށް ކީރިތި ޤުރްއާނުގައި ގަދައަމުރުފުޅަކުން އަމުރުފުޅު ކުރައްވަވައިފައެވެ.  

އެހެންކަމާއިއެކުވެސް އެކިވަރުގެ ފާފަތައް ކޮށްފައި ގިނަ ބައަކު ބުނަނީ އެކަންކުރެވުނީ އިބްލީސް ވަސްވާސްދީގެން ކަމަށެވެ. މިއީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއް ނޫންކަން މިބަޔާންކުރީ ޤުރްއާނުންނެވެ. ވީމާ ފާފަކުރުމަށްފަހު އެބާވަތުގެ ވާހަކަނުދައްކާށެވެ. ޒިންމާ އުފުލައި އަވަހަށް ތައުބާވެ އިތުރު ފާފައެއް ނުކުރަން ގަދައަޅައި މަސައްކަތްކުރާށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން