މިގޮތަށް ވިސްނާށެވެ! އަހުރެމެން މުސްލިމުން އެންމެ ބޮޑަށް ދާން ބޭނުންވާ ބިމަކީ މައްކާގެ ބިމެވެ. ތިބާއަށް މައްކާއަށް ދެވެނީއެވެ. ފްލައިޓް ޖެއްސީ ޖިއްދާ އެއާޕޯޓަށެވެ. ކަސްޓަމާ އިިގްރޭޝަން ނިންމައިގެން ނުކުމެ ބަހަށް އެރުނީއެވެ. ބަސް މިހާރު އެދުއްވަނީ މައްކާއަށް ދިއުމަށެވެ. ޖިއްދާގެ ސަރަޙައްދު ނިމި މައްކާގެ ސަރަޙައްދަށް ފެށުނީއެވެ. ފެންނަނީ ތިބާގެ އަމިއްލަ ދަނޑުބިންތަކެވެ. ކަދުރު ރުއްދަނޑުތަކެވެ. އެވަޤުތު ތިބާ އުފާނުވާނަން ހެއްޔެވެ؟ އުފަލުން ހިތް ނުފުރޭނެ ހެއްޔެވެ؟ ދެން މިގޮތަށް ވިސްނާށެވެ. އަހުރެމެން އެންމެ ބޮޑަށް އެދޭކަމަކީ ސުވަރުގެ ވެއްދެވުމެވެ. ތިބާ އެކަމަށް ކުރި މަސައްކަތް ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވައި ތިބާ ސުވަރުގެ ވެއްދެވީއެވެ. ވެއްދެވިތަނުން މިފެންނަނީ ތިބާ ދުނިޔޭގައި ހުރެގެން ސުވަރުގޭގައި އިންދާފައިވާ ކަދުރު ރުއްދަނޑުތަކެވެ. ނިކަން ބުނެބަލާށެވެ! އެވަޤުތު ހިތަށް ލިބިގެންދާނެ ހިތްހަމަޖެހުމާއި އުފާވެރިކަން މިއަދު ވަޒަންކުރެވޭނީވެސް ކިހިނަކުން ހެއްޔެވެ؟ މިބޮޑު އުފާވެރިކަން ލިބިގަތުމަށްޓަކައި ދުނިޔޭގައި ހުރެ ސުވަރުގޭގައި ކަދުރު ރުއް އިންދަން އަވަހަށް ފަށަންވީއެވެ. އެކަމަށް ﷲ ތަޢާލާ ވަނީ އަހުރެމެންނަށް ފުރުޞަތު ދެއްވަވައިފައެވެ. ފަރުިވާތެރިވެ ސަމށލުކަންދީފިނަމަ ކޮންމެ 3،4 މިނިޓަކުން 100 ރުއް އިނދައިލެވޭނެއެވެ! ސުވަރުގޭގައި ކަދުރުރުކެއް އިންދަން ކިޔާށެވެ! سُبْحَانَ اللهِ الْعَظِيْمِ وبِحَمْدِهِ މަތިވެރިވެވޮޑިގެންވާ މާތް الله ހުސްޠާހިރުވަންތަވެ ވޮޑިގެންވެއެވެ. އަދި އެއިލާހަށް ޙަމްދު ލިބިވޮޑިގެންވެއެވެ. ކީވަރަކަށް އެދަނީ ކަދުރުރުއްތައް އިންދެމުންނެވެ! ސުވަރުގޭގައި ކަދުރުރުއް އިންދުމުގެ ޕްރޮގްރާމަކީ ދަރިން ބައިވެރިކޮށްގެން އެކުދިން ލައްވައިވެސް ކުރިއަށް ގެންދެވިދާނެ ޕްރޮގްރާމެކެވެ. ބުނާށެވެ! "ދަރިފުޅާއެވެ! ކޮންމެ ދުވަހަކުވެސް ސުވަރުގޭގައި ކަދުރު ރުއްކޮޅެއް އިންދަމާ ހިނގާށެވެ." ގޭގައި ގިނަ ކުދިން ތިބިނަމަ އެންމެ ގިނައިން ރުއް އިންދޭ ކުއްޖަކު ބަލާގޮތަށްވެސް ޕްރޮގްރާމް ކުރިއަށް ގެންދެވިދާނެއެވެ. ކޮންމެ ދުވަހަކު އިނާމެއް ދިނުމުގެ އިތުރުން މަސް ނިމުމުން ހުރިހާ ދުވަހަކަށް ބަލައި އެންމެ ގިނަ ރުއް އިންދި ކުއްޖަކަށް ބޮޑު އިނާމު ދެވިދާނެއެވެ. މިއީ ރޯދަމަހު ރޯދަކުރުކުރަންވެސް އަދި އަހަރުގެ ކޮންމެ ދުވަހަކުވެސް ކުދިންނާއިއެކު ވަޤުތުހޭދަކުރަންވެސް ކުރަން އޮތް ވަރަސް ރަނގަޅު ކަމެކެވެ. މިއީ ބޮޑެތި މީހުންވެސް ކުރަން ކިހައި ރަނގަޅު ކަމެއްތޯއެވެ؟ Filling Jannah with Date-Palm Trees حَدَّثَنَا أَحْمَدُ بْنُ مَنِيعٍ، وَغَيْرُ، وَاحِدٍ، قَالُوا حَدَّثَنَا رَوْحُ بْنُ عُبَادَةَ، عَنْ حَجَّاجٍ الصَّوَّافِ، عَنْ أَبِي الزُّبَيْرِ، عَنْ جَابِرٍ، عَنِ النَّبِيِّ صلى الله عليه وسلم قَالَ ” مَنْ قَالَ سُبْحَانَ اللهِ الْعَظِيمِ وَبِحَمْدِهِ . غُرِسَتْ لَهُ نَخْلَةٌ فِي الْجَنَّةِ ” . قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ صَحِيحٌ غَرِيبٌ لاَ نَعْرِفُهُ إِلاَّ مِنْ حَدِيثِ أَبِي الزُّبَيْرِ عَنْ جَابِرٍ . Jabir (رضي الله عنه) reported: The Prophet (ﷺ) said, “For him who says: `سُبْحَانَ اللهِ الْعَظِيمِ وَبِحَمْدِهِ’- Subhan’Allahil adhim wa bihamdih (Allah is free from imperfection the Magnificent and all praise is due to Him),’ a palm-tree will be planted in Jannah.” [A hasan (good) hadith reported by at-Tirmidhi (3464, 3465), Ibn Hibban (2335). Al-Mundhiri mentioned in At-Targheeb wat-Tarheeb (2/347) saying: ‘Reported by Al-Bazzar with a jayyid (good) chain of narration. It was classed as hasan by al-Hafiz Ibn Hajar in Nataij al-Afkar (1/104). See Sahih at-Tirmidhi of al-Albani (3711,3712) & al-Silsilah al-Saheehah (hadeeth no. 64)] --އިސްލާމީ ތިލަފަތުގެ ދަރުސަކުން