ބޭނުންވާ ކަންތަކަށް އެދިގެން ކުރާނެ ރަނގަޅު ދުޢާއެއް ނުފެނުމަކީ މައްސަލައެއް ނޫން! މިމަގުން ދުޢާކުރީމާ ހިންމަވައިދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ބޭނުންވާ ކަންތަކަށް އެދިގެން ކުރާނެ ރަނގަޅު ދުޢާއެއް ނުފެނުމަކީ މައްސަލައެއް ނޫން! މިމަގުން ދުޢާކުރީމާ ހިންމަވައިދެއްވަވާނެ! އިން ޝާ ﷲ

"އަޅުގަނޑު ﷲ ގެ ޙަޟްރަތަށް ދަންނަވަން ހުރީ ވަރަށް "އަމިއްލަ" ކަންތައްތަކެއްގެ ވާހަކައެވެ. ވަރަށް މަސައްކަތް ކުރުމުންވެސް އެކަންކަމުގެ ވާހަކަ ދެންނެވޭނެ ދުޢާއެއް ޢަރަބި ބަހަކުން ނުފެނުނެވެ. އަޅުގަނޑުގެ ސުވާލަކީ ދިވެހި ނޫނީ އިނގިރޭސިބަހުން ދުޢާކުރެވިދާނެތޯއެވެ؟"  

ކިޔުންތެރިޔާގެ ސުވާލަށް ތިރީގައިވާ ލިޔުމުން ޖަވާބު ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.  

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ކޮންމެ ކަމަކަށް އެދި ދުޢާކުރަން ބޭނުންވުމުން ޢަރަބި ބަހުން އޮންނަ ދުޢާއެއް ހޯދައިގެން ނޫނީ ނުކުރެވޭނެ ކަމަށެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތް ނޫނެވެ! 

"ދިވެހި ބަހުން ދުޢާކުރި ނަމަވެސް ދުޢާކުރަން ފަށަންވާނީ ﷲ ތަޢާލާއަށް ހަމްދުކޮށް ރަސޫލާ (ﷺ)އަށް ޞަލަވާތާއި ސަލާމް ލެއްވެވުން އެދި ދުޢާކުރުމުން ކަމަށެވެ.   

"(ދުޢާކުރުމުގަ އޮތީ) ﷲ އަށް ޙަމްދު ކުރަމެވެ. ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވެވުން އެދި ދުޢާކުރަމެވެ. ދެން ބޭނުންވާ ދުޢާއެއް ކުރިއަށް ގެންދަންވީ (ކުރަންވީ) އެވެ."

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

ޢިލްމުވެރިން ވިދާޅުވަނީ ކަންކަމަށް ބޭނުންވުމުން ނުވަތަ ކަންކަމަށް އެދިގެން ދުޢާކުރާއިރު ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ ދުޢާތައް އަދި ކައު އިތުރު ރަސޫލާ (ﷺ) ކުރެއްވެވި ދުޢާތައް ކުރުމުގެ ބޭނުމަކީ އެ ދުޢާތަކަށްވުރެ ފުރިހަމައަށް ދުޢާ ނުކުރެވޭނެތީ ކަމަށެވެ. އެހެންކަމުން އެންމެ މަތިވެރި ގޮތަކީ އެއީ ކަމަށެވެ. ނަމަވެސް އެފަދަ ދުޢާއެއް ނުއެނގޭނަމަ އެމީހަކު ވާހަކަ ދައްކާ ބަހަކުން ދުޢާކުރަންވީ ކަމަށެވެ. 

ކަމަކަށް އެދި ﷲ ތަޢާލާއަށް ދުޢާ ކުރުމަށް ވަކި ބަހެއް ނެތެވެ. އެހެނީ ހުރިހާ ބަސްތަކެއްވެސް ﷲ ތަޢާލާ އެންމެ މޮޅަށް ދެނެވޮޑިގެންވާތީއެވެ. ނަމަވެސް ކަންކަމަށް އެދި ދުޢާ ކުރުމުގައި ކީރިތި ޤްރުއާނުގައި ބަޔާންވެގެންވާ އަދި ރަސޫލް (ﷺ) ގެ ޙަދީޘްފުޅުތަކުން ފެންނަންހުރި ދުޢާ ކުރުން މޮޅު އިތުރުވެގެންވެއެވެ. އެފަދަ ދުޢާއެއް ނުއެނގޭނަމަ، ހަމަ ކޮންމެ ބަހަކުން ނަމަވެސް ދުޢާކުރަންވީއެވެ. ދިވެހި، އިނގިރޭސި، ޢަރަބި ފަދަ އެމީހަކަށް ފަސޭހަ ބަހަކުން ހަމަ ދުޢާކުރަންވީއެވެ. ދުޢާ ކުރުމަށް ވަކިބަހެއް ނެތެވެ! ބޭނުންވަނީ އިޚްލާޞްތެރިކަމެވެ.  

 

މިއަދު އޮންލައިން