ބައިވެރިޔާޢާއެކު އުޅެން ބޭނުންވެ، ކުށެއް ނުކޮށް ހުއްޓައި ކައިވެނި ރޫޅިއްޖެނަމަ ޔަޤީންކުރަންވީ އެކަން އެ މިންވަރުކުރެއްވެވީ ތިމާއަށް ނުއެނގޭ ސިއްރުތައް ދެނެވޮޑިގެންވާ ﷲ ތިމާއަށް ފައިދާއަކަށްކަން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ބައިވެރިޔާޢާއެކު އުޅެން ބޭނުންވެ، ކުށެއް ނުކޮށް ހުއްޓައި ކައިވެނި ރޫޅިއްޖެނަމަ ޔަޤީންކުރަންވީ އެކަން އެ މިންވަރުކުރެއްވެވީ ތިމާއަށް ނުއެނގޭ ސިއްރުތައް ދެނެވޮޑިގެންވާ ﷲ ތިމާއަށް ފައިދާއަކަށްކަން!

ޒަވާޖީޙަޔާތާއިގެން ކުރިއަށްދިއުމަށް މަސައްކަތްކުރަނިކޮށް، އަދި ތިމާ ކުށެއްނުކޮށް ހުއްޓައިވެސް ކައިވެނި ރޫޅިއްޖެނަމަ ގިނަ ބައަކު ކަންބޮޑުވާނެއެވެ. ދެރަވެސްވާނެއެވެ. ހިތުގައި ބައިވަރު ސުވާލުތައްވެސް އުފެދޭނެއެވެ.  

އެފަދަ ޙާލަތުގައި ވިސްނާލަންވީ ބައިވެރިޔާ އާއިމެދު ތިމާއަށް ނުއެނގޭކަންކަން ﷲ ތަޢާލާ ދެނެވޮޑިގެންވާ ކަމެވެ. ބައިވެރިޔާގެ ނިޔަތާ، ކުރަމުން ގެންދާ ކަންކަމާ ކުރަން ރާވަމުން ގެންދާ ކަންކަންވެސް ﷲ ތަޢާލާ ދެނެވޮޑިގެންވާކަމެވެ. އެހެންވެ ލިބެން އޮތް ބޮޑު ގެއްލުމަކުން ސަލާމަތްކުރެއްވެވީ ކަމެވެ.  

ޔަޤީންކުރާށެވެ! އެޙާލަތު ކުރިމަތިކުރައްވަވާނީ ކައިވެނި ރޫޅި އެކަނިވެރިވާ ވަޤުތު ލިބިގެންދާ ހިތްދަތިކަމަށްވުރެ ފަހުން ލިބެން އޮތް މާބޮޑު ހިތްދަތިކަމަކުން ސަލާމަތްކުރެއްވެވުމަށެވެ.  

ޔަޤީންކުރާށެވެ! މީހަކު ނުވަތަ ބައަކު ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް ތިބާއަށްޓަކައި ﷲ ތަޢާލާ ލިޔުއްވަވާފައިވާ އެއްވެސް ކަމަކުން ތިބާ މަޙްރޫމެއް ނުކުރެވޭނެއެވެ. ޛައްރެއްގެ މިންވަރު އުނިވެސް ނުކުރެވޭނެއެވެ. ހަމައެއާއިއެކު ﷲ ތަޢާލާ ލިޔުއްވަވާފައިވާ ކޮންމެ ކަމެއްވެސް ކުރިމަތިވާނެއެވެ. ވީމާ ހުރިހާ ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. އަހުރެމެންނަށް އޮތީ ތަޤްވާވެރިވެ ދުޢާކުރުން ގިނަކުރަމެވެ. 

ދެން މިބުނަނީ އެންމެ މުހިންމު ބައެވެ. އެއީ މިބުނި ގޮތަށް ކަންކަން މެދުވެރިކުރައްވަވާނީ ތިބާ ޙައްޤުގޮތުގައި ހުރިނަމައެވެ. ތެދުވެރިކަމާއިއެކު ބައިވެރިޔާއާއިއެކު ދިރިއުޅެން މަސައްކަތްކުރާނަމައެވެ. ﷲ ތަޢާލާއަށް ތިބާ އަދާކުރަންޖެހޭ ޙައްޤުތައް އަދާކުރުންމަތީގައި ދެމިހުރިނަމައެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން