ތިމާއަކީ އެކަނިވެރިއެއްކަމަށް ޤަބޫލުކުރެވުން ހުއްޓި އެންމެން ލޯބި ހޯދެން އޮތް ފަސާހަ މަގެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ތިމާއަކީ
އެކަނިވެރިއެއްކަމަށް ޤަބޫލުކުރެވުން ހުއްޓި އެންމެން ލޯބި ހޯދެން އޮތް ފަސާހަ
މަގެއް!


ބައެއް މީހުންބުނެއެވެ. "އެއްވެސް މީހެއްގެ ލޯބި ނުލިބުނަސް އަހުރެންނަކަށް މައްސަލައެއް ނެތެވެ." ނަމަވެސް އެއީ ހަމައެކަނި ބުނެލާ ބަހެކެވެ. ކޮންމެ މީހަކަށްވެސް އެހެން މީހުންގެ ލޯތްބާއި އަޅައިލުންވެސް ބޭނުންވާނެއެވެ.

ޢާއިލާގެ ކިތަންމެ ގިނަ ބައަކާއިއެކު ދިރިރިއުޅުނަސް، ކައިވެނިކޮށް ޒަވާޖީ ޙަޔާތެއްގައި ދިރިއުޅަސް ކުރިމަތިވާ ކަންކަމުގެ ސަބަބުން ތިމާއަކީ އެކަނިވެރިއެއްކަން އިޙްޞާޞްކުރަންޖެހުމަކީ ވަރަށް ގިނައިން ކުރިމަތިވާ ކަމެކެވެ. އެޙާލަތުގައި މާޔޫސްކަން ލިބުމަކީވެސް ހަމަ ވަރަށް ޢާންމު ކަމެކެވެ.  

ތިމާއަކީ އެކަނިވެރިއެއްކަމަށް އިޙްޞާޞްކުރެވޭނަމަ ކީރިތި ޤުރްއާން ހުޅުވައިލާށެވެ. ކޮންމެވެސް އާޔަތެއްގައި އިނގިލިޖައްސައި ފާހަގަކޮށްލާށެވެ. އެއާޔަތުގެ  މާނައާ ތަފްސީރު ކިޔައިލާށެވެ. 

މިމޭރުމުން ތިބާ ޢަމަލުކުރަން ފަށާއިރަށް ހުސްވަގުތު ހޯދައިގެންވެސް ޤުރްއާނުގެ ޢިލްމް އުނގެނެން ޝައުޤުވެރިކަން އިތުރުވާންފަށާނެއެވެ. އިން ޝާ ﷲ  

އެއިރުން ތިބާއަށް ވަޤުތު އެހޭދަކުރެވެނީ ﷲ ތަޢާލާގެ ފޮތާއިއެކުގައެވެ. އެކަމުގެ

ހެޔޮނަތީޖާއަކަށްވެގެންދާނީ އެކަނިވެރިކަން ފިލުމެވެ. މިކަން ތަޖުރިބާކުރި ގިނަ މީހުން ބުނަނީ އެގޮތަށް ކަންތައް ކުރަން ފެށުމުން ވަރަށް ގިނަ ފައިދާތައް ލިބޭކަމަށެވެ. އިން ޝާ ﷲ  

އެއިގެ ތެރޭގައި އަޅައިލުން ނުލިބޭ މީހުންގެ ކިބައިން އަޅައިލުން ލިބުމާއި ލޯބި ނުލިބޭ މީހުންގެ ކިބައިން ލޯބި ލިބެންފެށުމާއި އަދި ބައިވެރިއަކު ނުލިބިގެން މާޔޫސްވެފައި ހުންނަން ޖެހުމުގެ މައްސަލައަށްވެސް ޙައްލުތައް ލިބޭ ކަމަށެވެ.

 އެހެން އެކަންކަން މެދުވެރިނުވާންވީ ކީއްވެގެންހެއްޔެވެ؟ ﷲ ތަޢާލާއަށް ލޯބިވާން އަހަރެމެންނަށް

ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ އެކަލާނގެ ފޮތަށް ލޯބިކުރުމެވެ. އެފޮތުގައިވާ އެއްޗެއް އުނގެނި ދަސްކުރުމެވެ. އިޚްލާޞްތެރިކަމާއިއެކު ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުމަށް އެދޭ މީހާއަށް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

--އިސްލާމީތިލަފަތުގެ ދަރުސްކުން

 

މިއަދު އޮންލައިން