މަންމައަށް ހެޔޮކޮށްހިތުމާ ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ޤިޔާމަތްދުވަހު އެމީހެއްގެ ޙިސާބުބެއްލެވުން ފަސޭހަވެ ކާމިޔާބުވުމަށް އޮތް އެންމެ ފަސޭހަ މަގު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 30ސ
މަންމައަށް ހެޔޮކޮށްހިތުމާ ރަޙިމުގެ ގުޅުން ދެމެހެއްޓުމަކީ ޤިޔާމަތްދުވަހު އެމީހެއްގެ ޙިސާބުބެއްލެވުން ފަސޭހަވެ ކާމިޔާބުވުމަށް އޮތް އެންމެ ފަސޭހަ މަގު!

އާދެ! ގުޅުން ކެނޑުމުގެ ނުބައިކަން މި ވާހަކަ އަޅުގަނޑުމެން މިތާނގަ މިދެކެވެނީ. ގުޅުން އުފެއްދުމުގެ މަތިވެރިކަމުގެ ވާހަކަ. ކީރިތި ޤުރްއާނުގަވެސް ޢިއްޒަތްތެރި އަޚުން ވަރަށް ގިނައިން މިކަހަލަ ވާހަކަތައް އެބަހުރި ބަޔާންކޮށްފަ. އެހެންނަމަވެސް އަޅުގަނޑު މިކަހަލަ ހުރިހާ ވާހަކަޔަކަށް ނުދާނަން. ހަމަ ދެތިން ވާހަކައެއް ނުވަތަ ދެތިން އާޔަތަކަށް އިޝާރާތްކޮށްލާފަ އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލާނަން. ބައެއް އާޔަތްތަކުގަ އެކަލާނގެ އަންގަވަނީ އާއިލީގުޅުންތައް ދަމަހައްޓާ ފަރާތްތަކަށް މަންމައަށް އެހީތރިކަން ދަމަހައްޓާ ފަރާތްތަކަށް ތަޢުރީފުގެ ބަސް .ސީދާކޮށްވެސް ނުސީދާކޮށްވެސް އައިސްފަ އެބަހުރު.  

ނިކަން މި އާޔަތައް ވިސްނާލަމާހިނގާ. وَالَّذينَ يَصِلونَ ما أَمَرَ اللَّهُ بِهِ أَن يوصَلَ وَيَخشَونَ رَبَّهُم وَيَخافونَ سوءَ الحِسابِ އެބައިމީހުންނަކީ އެއީ ﷲ އެ ގުޅުމެއް ރައްކާތެރިކުރުމަށް ދެމެހެއްޓުމަށް އަމުރުކުރި ގުޅުމެއް ދަމައްޓާމީހުންނެވެ. ތަޢުރީފުގެ ބަސް. މާނައަކީ މައިންބަފައިންނާއި ރަހުމުގެ ގުޅުން ދަމަހައްޓާ މީހުންނަށް. وَالَّذينَ يَصِلونَ ما أَمَرَ اللَّهُ بِهِ أَن يوصَلَ وَيَخشَونَ رَبَّهُم وَيَخافونَ سوءَ الحِسابِ ޤިޔާމަތްދުވަހުގައި ހިސާބުބެއްލެވުމުގެ ގޯސް ނަތީޖާއަށް ބިރުވެތިވާމީހުންގެ ސިފައެއްގެ ގޮތުގައި ﷲ ސުބުޙާނަހޫވަތަޢާލާއަށް ބިރުވެތިވާ މީހާގެ ސިފައެއްގެ ގޮތުގައި މި އާޔަތުގައި އެކަލާނގެ މިއޮތީ ގެންނަވާފަ. މައިންބަފައިންނަށް ކަމޭހިތުމާއި އާއިލީ ގުޅުން ދެމެހެއްޓުން.  

ދެން އާއިލީ ގުޅުން ކެނޑުމުގެ ނުބައިކަން ކިހިނެއްތޯ ކީރިތި ޤުރްއާނުގަ ސިފަކުރަނީ. ބިމަށް ގެންނަ ބޮޑު ފަސާދައެއްގެ ގޮތުގަ. ނިކަން ތިބޭފުޅުން މާތް ﷲގެ މި ބަސްފުޅަށް ވިސްނަވާ. މީ ހަޤީގަތުގައި ފަހަރުގަ ވެދާނެ ކުރީގެ ޝަރީޢަތެއްގެ ވާހަކައަކަށް އިޝާރާތްކުރާ ކުރުމެއްކަމަށް. ޔަހޫދީން ނުވަތަ އެނޫންވެސް ބަޔަކަށް. އެހެންނަމަވެސް އެ ޒަމާނުގެ މީހުންނަށްވެސް ޤުރްއާނުގަ އަންނަ ވާހަކަތަކަކީ އެއީ އޭގެ ޢިބްރަތް އަހަރެމެންނަށްވެސް އަންނާނެ އެއްޗެއް. އެހެންވީމަ އޭގެ ޢިބްރަތް އެވާހަކަތަކުގެވެސް ޢިބްރަތް އަހަރެމެން ޙާޞިލުކުރަންޖެހޭ. މި ޝަރީއަތުގަ ޢަމަލުކުރަންޖެހޭނެ އެއްޗެއް. 

فَهَلْ عَسَيْتُمْ إِن تَوَلَّيْتُمْ أَن تُفْسِدُوا فِي الْأَرْضِ وَتُقَطِّعُوا أَرْحَامَكُمْ  މި އާޔަތުގައި މި އޮންނަނީ ޢިއްޒަތްތެރި އަޚުން ފަސާދަކުރުމެއް ކަމުގަ. ބަޔާންކުރައްވާފަ ރަހުމުގެ ގުޅުން ކެނޑުން. ރަހުމުގެ ގުޅުން ކެނޑުމުގެ އެންމެ ފުރަތަމަ އެންމެ ނުރައްކާތެރި ފިޔަވަޅަކީ މައިންބަފައިންނަށް ނުކިޔަމަންތެރިވުން. މައިންބަފައިންނަށް އަޅާނުލުން. މައިންބަފައިންނަށް ނުކިޔަމަންތެރިވުން މީގެ އެންމެ ނުރައްކާތެރި އެއްކަމަކީ. ޢިއްޒަތްތެރި އަޚުން އެހެންވީމަ ހަޤީގަތުގަ މީ ވަރަށް ނުރައްކާތެރި ކަމެއްކަމުގައި ވެގެން އެބަދޭ. އެހެންވީމާ އިސްލާމްދީނުގެ މަތިވެރި ޢިލްމުވެރިން މިކަމަކީ ބޮޑުކަމަކަށްވާތީ މިކަމުގެ ނުބައިކަން މިކަމުގެ ޙުކުމް ބަޔާންކުރައްވާ އެއީ ބޮޑު ފާފައިގެ ތެރޭގައި ހިމެނޭ ކަމެއްކަން ބަޔާންކުރައްވާފައި އެބަވޭ.  

އެހެންވީމާ ޤާޟީ އިޔާޟް ރަޙްމަތުﷲ ޢަލައިހި ވިދާޅުވަނީ ولا خلاف أن صلة الرحم واجبة في الجملة, އެއްކޮށް އެއީ ވާޖިބެކޭ. ރަހިމުގެ ގުޅުން ދެމެހެއްޓުމަކީ. އޭގެތެރެއިން އެންމެ ފުރަތަމަ ކަންތައް އެއީ މައިންބަފައިންނަށް ގުޅުން ދެމެހެއްޓުން. وقطيعتها معصية من كبائر الذنوب އެއީ ބުޑުވެގެންވާ ފާފައެކޭ އެގުޅުން ކެނޑުމަކީ. އެހެންވީމަ އަލްއިމާމު އަލް ޤުރްތުބީ ރަހިމަހުﷲ ޢަލައިހިވެސް ވިދާޅުވަނީ إتَّفَقو أنَ العمّة މުޅި އިސްލާމީ އުއްމަތް އެކަމަށް އިއްތިފާޤުވެފައޭ ވަނީ ގާތްތިމާގެ ކަމުގެ ގުޅުން ދެމެހެއްޓުމަކީ އެއީ އަހަރެމެންގެ މައްޗަށް އޮތް ވާޖިބެއްކަމަށް. އެހެންވީމާ މި ވާޖިބު ކޮންމެސް އެއްސިފައެއްގަ އަހަރެމެން ޖެހޭ އަދާކުރަން. 

 

- ޝައިޚް ޢަލީ ރިޒާގެ ދަރުސަކުން

މިއަދު އޮންލައިން