ރަޙިމުގެ ގުޅުން ކަނޑުވައި ޢާއިލީ ގުޅުންތައް ކެނޑުވުމަކީ މުސްލިމުންގެ ޢަދާވާތްތެރިން މުސްލިމުން ބަލިކުރަންދޭ ވަރުގަދަ ޙަމަލާއެއް! އޮތީ ސަމާލުވެ ތިބުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 25ސ
ރަޙިމުގެ ގުޅުން ކަނޑުވައި ޢާއިލީ ގުޅުންތައް ކެނޑުވުމަކީ މުސްލިމުންގެ ޢަދާވާތްތެރިން މުސްލިމުން ބަލިކުރަންދޭ ވަރުގަދަ ޙަމަލާއެއް! އޮތީ ސަމާލުވެ ތިބުން!

އަހަރެމެން މި ދުނިޔޭގަ އަބަދުވެސް ވިސްނަންޖެހޭނެ މާދަމާވެސް އަހަރެމެން މަރުވެދާނެކަން . އެހެންނަމަވެސް އަހަރެމެންގެ މައްޗަށް އޮތް އެހެން ޘަޤާފަތްތައް ބާރުވެރިކަމާއެކު މި އާއިލީގުޅުން ކެނޑިގެންދާގޮތް މެދުވެރިވަނީ. ހުޅަނގުގަ އޮންނަކަމެއް ނޫން މި އާއލީގުޅުން ދެމެހެއްޓުމަކީ. ހުޅަނގުގަ އަމިއްލައަށް އުޅެވޭވަރުވީމާ އޭނަޔަކަށް މަންމައަކާ ބައްޕައަކަށް ގުޅުމެއް ނޯންނާނެ.  

އެހެންނަމަވެސް އިސްލާމްދީނުގައި މި އޮންނަ އެއްޗެއް އާއިލީގުޅުމަކީ ރަހިމުގެ ގުޅުމަކީ. ދުނިޔޭގަ އަހަރެމެން ވިސްނާލައިފިއްޔަ އެނގޭނެ ޢިއްޒތްތެރި އަޚުންނަށް ދުނިޔޭގަ އިސްލާމްދީނާ ދެކޮޅުވެރިވާ ހުރިހާ ފަރާތްތަކަކުން ފުރަތަމަ އެޓޭކް ކުރާނެ ފުރަތަމަ އެކައްޗަކީ ޢާއިލީގުޅުން. އާއިލާގެ ނަޡާމު ހަލާކުކޮށްލުން. އާއިލާގެ ގުޅުން ހަލާކުކޮށްލުމުގެ ތެރެއިން އިސްލާމީ މުޖުތަމަޢު ފުނޑުފުނޑުކޮށްލުން އެއީ އެންމެ ފުރަތަމަ ކުރާނެ ކަމަކީ. އެހެންވީމަ އިސްލާމީ އުއްމަތް ރައްކާތެރިކުރަން ބޭނުން ކަމަށް ވަންޏާ އަހަރެމެންގެ މި މުޖުތަމަޢު ރައްކާތެރިކުރަން ބޭނުންވަންޏާ ފުރަތަމަ އާބާދުކުރަންޖެހޭނީ އަހަރެމެންގެ އާއިލާތައް. އެކަން އަހަރެމެން ދަންނަންޖެހޭނެ.  

އަހަރެމެން އަހަރެމެންގައި ހުރި ކުށެއް އިޞްލާހު ނުކުރާހާ ހިނދެއްގައި އަހަރެމެންގެ މުޖުތަމަޢެއް އިޞްލާހުވެގެންނެއް ނުދާނެކަމީ ކަށަވަރުވެގެންވާ ކަމެއް. ކަލާނގެ ސަފުން ބަދަލުނުކުރައްވަތޭ ޤައުމެއްގެ ހާލާތެއް ނުވާނަމަ ޤައުމުގަ ހާލާތު ބަދަލުކުރުމުގެ ޚިޔާލާތެއް އެހެންވެއްޖެނަމަ ކިޔާލައްވާ إِنَّ اللّهَ لاَ يُغَيِّرُ مَا بِقَوْمٍ حَتَّى يُغَيِّرُواْ އެކަލާނގެ އެއްވެސް ޤައުމެއްގެ އެއްވެސް  ހާލަތެއް ގޯސް ހާލަތެއް ބަދަލެއް ނުކުރައްވާނޭ އެބައިމީހުންގެ އަމިއްލަ ނަފުސުތަކުގައި ހުރި އަސަރު އެބައިމީހުންގެ ކިބައިގާ ހުރި ކަންތައް ބަދަލުކޮށްލައިފިއްޔާ މެނުވީ.  

ބައެއްފަހަރު މުދަލުންވެސް އެހީތެރިވާންޖެހޭނެ އާއިލާގެ މީހުނަށް. އަނެއްބައިފަހަރު ދުޢާއިންވެސް އަނެއްބައިފަހަރު ތާއުން ކޮށްދިނުން އެބައިމީހުންނަށް ކުރަންޖެހޭ ކަމެއް ކޮށްލަދިނުން. އެބައިމީހުންނާ އެކީ މަސައްކަތުގައި ބައިވެރިވެދިނުން. އެއީވެސް ވަރަށް ބޮޑު ކަމެއް. ކީއްވެގެންތޯ ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވަނީ "إنّ اللّه في عَونِ العَبْدِ ما كان العَبْدُ في عَونِ أخيهِ" ﷲ ތަޢާލާ މީހަކަށް އެހީތެރިވެ ވޮޑިގެންނެވުމުގަ ދެމިވޮޑިގެންވެޔޭ އެމީހަކު އޭނާގެ އަޚާއަށް އެހީތެރިވުމުގަ ދެމިހުންނަހާ ހިނދަކު.  އެހެންވީމަ މީ މުހިންމުކަމެއް ކަމުގަ ވެގެންދާކަން ހަމަކަށަވަރުން.  


- ޝައިޚް ޢަލީ ރިޒާގެ ދަރުސަކުން

 

މިއަދު އޮންލައިން