އޭނާ ފިރިމިހާއަށް އޭނާ ޝަކުވާ ނުކުރިނަމަވެސް އޭނާގެ ހަށިގަނޑުގައިވާ އިޙްޞާޞްތައް އޭނާއާ ކުރާ ޝަކުވާތަކަށް ކެތްނުކުރެވުނު އަންހެނެއްގެ ޢިބްރަތްތެރި ބަސްކޮޅެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 13ސ
އޭނާ ފިރިމިހާއަށް އޭނާ
ޝަކުވާ ނުކުރިނަމަވެސް އޭނާގެ ހަށިގަނޑުގައިވާ އިޙްޞާޞްތައް އޭނާއާ ކުރާ
ޝަކުވާތަކަށް ކެތްނުކުރެވުނު އަންހެނެއްގެ ޢިބްރަތްތެރި ބަސްކޮޅެއް!

 

"ލޯބިވާ ފިރިމީހާއެވެ! ކައިވެންޏަށް 3 އަހަރުވީއެވެ. ކާންބޯން ލިބެއެވެ. އަންނައުނާއި ބޭނުންކުރާނެ އެއްޗެތިވެސް ލިބެއެވެ. ނަމަވެސް ތިބާގެ ކިބައިން އަންތބަކަށް ލިބެންޖެހޭ އުފާވެރިކަމުން އަހުރެންނަށް ދެވުނީ ކިހާ މިންވަރެއް ހެއްޔެވެ؟

އާދޭސްކޮށްކޮށްވަރުބަލިވެއްޖެއެވެ. އެހެންވެ އާދޭސްކުރުން ހުއްޓައިލިތާވެސް އަހަރުވީއެވެ. އެކަމަކު ތިބާއާ ޝަކުވާއެއްވެސް ނުކުރަމެއް ނޫން ހެއްޔެވެ؟ އެކަމަކު އަހުރެންގެ ހަށިގަނޑު އަހުރެންނާއި ޝަކުވާކުރެއެވެ. އެހެންވެ ތަދު އިޙްޞާޞްކުރަންޖެހެއެވެ. އަބަދުހެން ހުންނަން މިޖެހެނީ އެކަމުގެ ވޭނުގައެވެ.

މިވޭނަށްވެސް ކެތްކުރަންވަރަށް މަސައްކަތްކޮށްފީމެވެ. އިތުރަށް ކެތްކުރަން ވެއްޖެނަމަ އަހުރެންނަށް ފާފައަކަށް އަރައިގަނެވިދާނެ ކަމުގެ ބިރު މާބޮޑުވުމުން އަހުރެން މިދަނީ ގެއަށެވެ. ކޮށްދިން ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. އުންމީދުކުރަނީ މައްސަލައަކަށް ނުހަދައި މިކަން ނިންމާލަދޭނެ ކަމަށެވެ! –ވާޞިފާ 

މިއީ ދާދިފަހުން ފިރިއަކުޙިއްޞާކުރި ނޯތެއްގައިވާ ލިޔުންކޮޅެކެވެ. އޭނާ ބުނީ އަނބިމީހާ ބުނެފައި އެވަނީ ޙަޤީޤަތް ކަމަށެވެ. ބިޒީކަމުން އަނބިމީހާއަށް ވަޤުތު ނުދެވުނީ ކަމަށެވެ. "އަހުރެންގެ އަނބިމީހާއަކީ ވަރަށް ރަނގަޅު އަންހެނެއް! ގެއްލޭކަށް ބޭނުމެއް ނޫން! އެހެންވެ މިގެންދަނީ މާފަށް އެދި އާދޭސްކުރަމުން! އުންމީދުކުރަނީ ޙައްލުކުރެވޭނެ ކަމަށް!" ކަމުގައިވެސް ބުންޏެވެ.

މިއީ ވަރަށް ގިނައިންކުރިމަތިވާ މައްސަލައެކެވެ. އެހެންކަމުން މިގެނެސްދެނީ މިމައްސަލައާއި ގުޅުން ހުރި، ކިޔުންތެރިންނަށް ފައިދާކުރާނެ ލިޔުމެކެވެ. އިން ޝާ ﷲ  

އަޅުގަނޑުމެންގެކައިވެންޏަށް 2 އަހަރުވެއްޖެއެވެ. އެންވާސަރީވެސް ފާހަގަކުރެވުނެވެ. ނަމަވެސް އެދުވަހަކު ނޫނެވެ. މާފަހުންނެވެ. ސަބަބަކީ އަޅުގަނޑުގެ ފިރިމީހާ ގާތު ކޮންމެ ކަމަކަށް އެދުނަސް އެކަމެއް ކޮށްދެނީ އޭނާއަށް ވަޤުތުވީ އިރަކުންނެވެ. އިންތިޒާރުގައި ހުންނަތާ އެތައް ދުވަހެއް ފަހުންނެވެ.

މިކަމާއިހުރެ މިހާރުފިރިމީހާގެ މަތިން ފޫހިވާން ފަށައިފިއެވެ. އެކަގައި އުޅޭހިތް ކުޑަވާން ފަށައިފިއެވެ. އެކަމަކު ތުއްތު ދަރިފުޅަކު އޮތުމުން ވަރިވުމަކީވެސް ކުރަން ފަސޭހަ ކަމެއް ނޫނެވެ. މިޙާލަތުގައި ފިރިމީހާއަށް ވިސްނައިދޭން ކުރެވޭނެ ކަމެއް ބުނެދެއްވަފާނަންތޯ؟  

ޖަވާބުގައި ބުނެލަން އޮތީތިއަ ވިދާޅުވާ ފަހުން ތިއައީ ވަރަށް ބޮޑު މައްސަލައަކަށްވެފައި އޮންނަ ކަމެކެވެ. އެހެންކަމުން ފިރިމީހާއަށް ތިރީގައިވާ ލިޔުން ޙިއްޞާކޮށްލައްވާށެވެ! ފަހަރެއްގައި އިޞްލާޙްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އިން ޝާ ﷲ

 

ފަހުން ބައިވެރިޔާއަށްލޯބިދީ ހެޔޮކޮށް ހިތަން ހުއްޓައި އިންތިޒާރު ދިގުލައި ރޫޅިގެންދާ ކައިވެނިތައް މަދުނޫންކަމެވެ. ކަންކަން ވިސްނި، ބައިވެރިޔާގެ އަގު ވަޒަންކުރެވިގެން ކަންކަން ރަނގަޅުކުރަންބަލާއިރު އޮންނަނީ ވަގުތު ފާއިތުވެފައެވެ. ވީމާ މިއީ ހަމަ ކޮންމެ މީހަކުވެސް ވިސްނައިލުން މުހިންމު ކަމެކެވެ.

 

ލިޔުމުގެ ތިރީގައި އެވަނީ"މުޙައްމަދު އަސްލަމް" ސޯޝަލްމީޑިއާގައި ޙިއްޞާ ކުރައްވާފައިވާ ޕޯސްޓެކެވެ. މިވާހަކަކޮޅު ކުރުނަމަވެސް މިއީ ވަރަށް ޢިބްރަތްތެރި ވާހަކަކޮޅަކަށްވާތީ މިއަދުނޫހުގެ ކިޔުންތެރިންނާއިވެސް ޙިއްޞާކޮށްލީއެވެ.


ފަހުން" ދޯ؟ 

- ފަހުން ވާހަކަ ދައްކާލާނަން!

- ފަހުން ގުޅާލާނަން!

- ފަހުން ބައްދަލު ކޮށްލާނަން!

- ފަހުން ގޮވައިގެން ހިނގާލަން ދާނަން!

- ފަހުން އެ ވާހަކަ ކިޔައިދޭނަން!

މިހާރު އަހަރެމެންނަށްހުރިހާ ކަމެއް ވެސް ބެހެއްޓެނީ ފަހަށެވެ. އެކަމަކު 'ފަސް' އެއީ އަހަރެމެންނާ އެކީގައި ވާ ވަގުތެއް ނޫން ކަމެއް އަހަރެމެން ހަނދާނެއް ނުހުރެއެވެ.

 

ފަހުން - އަހަރެމެންލޯބިވާ ފަރާތްތައް އަހަރެމެންނާ އެކީގައި ނުވާނެއެވެ.

ފަހުން - އަހަރެމެންކިތަންމެ ބަލަން ބޭނުންވިޔަސް، އެމީހުންގެ ސޫރަ އަހަރެމެންނަށް ފެންނާކަށެއް ނުހުންނާނެއެވެ.  

ފަހުން - އަހަރެމެން އަޑުއަހަން ބޭނުންވިޔަސް އެމީހުންގެ އަޑެއް ނީވޭނެއެވެ.  

ފަހުން - އެމީހުން ވާނީހަމައެކަނި އަހަރެމެންގެ ހަނދާން ތަކަކަށެވެ. 

ފަހުން - ދުވާލުގެއަލިކަން ފަނޑުވެ ރޭގަނޑުގެ ކަނު އަނދިރި ކަމަށް ބަދަލުވެއެވެ. 

ފަހުން - އަހަރެމެންގެއާރާއި ބާރު ނެތި ހިނގައިދެއެވެ. 

ފަހުން - އަހަރެމެންގެހިނިތުންވުން މިލައި މޯޅިވެދެއެވެ.  

ފަހުން - ހަށިގަނޑާއިފުރާނަ ވަކިވެ ކަށްވަޅުގެ ފަސްގަނޑު ދަށުވެދެއެވެ.

"ފަހުން" - މާ "ފަސް" ވެއްޖެއެވެ. ވަގުތުފާއިތުވެއްޖެއެވެ.

~ ތަރުޖަމާ ~

--މުޙައްމަދު އަސްލަމް

މިއަދު އޮންލައިން