އަޢުރަނިވާކުރަން އޮތީ ހަމައެކަނި ނަމާދުކުރަން ކަމަށް ވިސްނޭނަމަ އެއީ ބޮޑު ކުށެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
އަޢުރަނިވާކުރަން އޮތީ ހަމައެކަނި ނަމާދުކުރަން
ކަމަށް ވިސްނޭނަމަ އެއީ ބޮޑު ކުށެއް!

މުސްލިމުންނަކީ ވަކި ތަނަކަށް ވަންނަމުން ނުވަތަ

ވަކިތަނެއްގައި އުޅެމުން ވަކިގޮތަކަށް އުޅެންޖެހޭ ބައެއް ނޫނެނެވެ. މުސްލިމުންނަކީ އެމީހަކު އުޅޭ ކޮންމެ ތަނެއްގައިވެސް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް އުޅެންޖެހޭ ބައެކެވެ. އެހެންކަމުން ހަމައެކަނި ނަމާދުކުރަންވުމުން އަޢުރަ ނިވާ ކުރާ އަންހެނުންނާއިމެދު ބައެއް މީހުން ސުވާލުކުރެއެވެ.

މިއީ ކޮންމެ މީހަކުނަމަވެސް އަމިއްލައަށް ވިސްނައިލުމުންވެސް ވަރަށް ފުރިހަމައަށް ޖަވާބު ލިބޭނެ ކަމެކެވެ. އަންހެނަކު މިސްކިތަށް ވަންނަނީނަމަ ނިވާވެއެވެ. އަދި ގޭގައި ހުރެ ނަމާދުކުރި ނަމަވެސް ނިވާވެއެވެ. ނިވާވަނީ ކީއްކުރަން ހެއްޔެވެ؟

ސުވާލުގެ ޖަވާބަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން ކަމަށްވާނަމަ ރުހިވޮޑިގަތުން ހޯދަން މިސްކިތަށް ދިއައިރު ނުވަތަ ނަމާދުކުރަން ފެށުމުގެ ކުރިން ﷲ ތަޢާލާގެ ރުހިވޮޑިގަތުން ބޭނުން ނުވަނީހެއްޔެވެ؟ ﷲ ތަޢާލާ އެންގެވި ގޮތުގައި ހުރުމުން ލިބެން އޮތް ރުހިވޮޑިގަތުން ހޯދަން މަސައްކަތް ނުކޮށް ތިއަ އުޅެނީ ކީއްވެގެން ހެއްޔެވެ؟ މިކަންކަމަށް އެކަނި ވިސްނައިލި ނަމަވެސް ފުދޭނެއެވެ.  

ހަމައެޢާއިއެކު ޙައްޖުވުމަކީ ފަރުޟެއްކަން ޤަބޫލުނުކުރާ މުސްލިމަކު ނުހުންނާނެއެވެ. ޙައްޖަށް ދާން ބޭނުން ނުވާ މުސްލިމަކުވެސް ނުހުންނާނެއެވެ. ޙައްޖަށް ފުރަން ވުމުންނާއި ޙައްޖަށް ގޮސް ތިބޭއިރު ތިބެނީ ނިވާވެގެންނެވެ.

އެހެންކަމަށްވާއިރު ނިވާނުވެ ދިރިމިއުޅެނީ ކީއްވެގެން ހެއްޔެވެ؟ މިކަންކަމަށް އަމިއްލައަށް ވިސްނައިލުމުންވެސް އަންހެނުން އަބަދުވެސް ތިބެން ޖެހޭނީ ކީރިތި ޤުރްއާނުގައިވާ މިންވަރަށް ނިވައިވެގެންކަން އެނގިގެންދާނެއެވެ. ކޮންމެހެން މީހަކު މަޖުބޫރުކުރާކަށްވެސް ނުޖެހެއެވެ. އެއްވެސް މީހަކު ތިމާއަށް އެކަން މަޖުބޫރު ނުކުރި ނަމަވެސް ޤުރްއާނުގައި އޮތުމުން އެއީ ތިމާ ކުރަންޖެހޭ ކަމެއްކަން ކޮންމެ މުސްލިމަކަށްވެސް ޤަބޫލުކުރެވޭނެތީއެވެ.

-      މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން