އެންމެ މީހަކުދެކެނަމަވެސް ރުޅިއައިސް ނަފްރަތުކުރުންމަތީގަ ހުއްޓާ މަރުވާންޖެހުމަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ
އެންމެ މީހަކުދެކެނަމަވެސް ރުޅިއައިސް ނަފްރަތުކުރުންމަތީގަ ހުއްޓާ މަރުވާންޖެހުމަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު ދެރަ!

ސުވަރުގެ ވައްދަވާނެ އަޅުންނާއި ނުވައްދަވާނެ އަޅުން ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އަހުރެމެންނަށް އޮތީ ކީރިތި ޤުރްއާނާއި ޙަދީޘްފުޅުތަކުން ފެންނަންހުރި ކަންކަން ބަލައިގަނެ ޢަމަލުކުރުމެވެ. ސުވަރުގެ ނުވައްދައިފާނެ އެންމެ ކަމެއްވެސް ނުކޮށް ހުންނަން މަސައްކަތްކުރުމާއި ސުވަރުގެވައްދަވާނެ ކަންކަން ވީހާ ގިނައިން ކުރުމެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެއްވެސް މީހަކު ދެކެ ރުޅިއައިސް އެމީހަކާއި އަނގައި ނުބުނެ ނުހުންނާށެވެ! ހިތުގައި ޙަސަދަވެރިކަން ބާއްވައިގެން ނުހުންނާށެވެ! ތިބާއަކީ ސަސްޕެންޑް ކުރެވިފައިވާ އަޅަކަށްވެދާނެއެވެ. އެއިރުން ވާނެ ގޮތް އެނގޭ ހެއްޔެވެ؟

«تُعْرَضُ الأعمالُ يومَ الاثنين والخميس، فَأُحِبُّ أَنْ يُعْرَضَ عَملي وأنا صائم». وفي رواية: «تُفْتَحُ أبوابُ الجَنَّةِ يومَ الاثنين والخميس، فَيُغْفَرُ لكلِّ عبد لا يُشْرِكُ بالله شيئا، إِلا رجلا كان بينه وبين أخيه شَحْنَاءُ، فَيُقَالُ: أَنظِروا هذيْن حتى يَصْطَلِحَا، أنظروا هذين حتى يصطلحا». وفي رواية: «تُعْرَضُ الأَعْمَالُ في كلِّ اثْنَيْنِ وَخَميسٍ، فَيَغْفِرُ اللهُ لِكُلِّ امْرِئٍ لا يُشْرِكُ بالله شيئاً، إِلاَّ امْرَءاً كانت بينه وبين أخِيهِ شَحْنَاءُ، فيقول: اتْرُكُوا هذَيْنِ حتى يَصْطَلِحَا» 

ޢަމަލުތައް އުފުއްލަވަނީ ހޯމަ ދުވަހާއި ބުރާސްފަތި ދުވަހުއެވެ. އެހެންކަމުން ތިމަންކަލޭގެފާނުގެ ޢަމަލުތައް އުފުއްލަވާއިރު ރޯދައަށް ހުންނެވުމަށް ލޯބިކުރައްވަމެވެ.

އަދި އެހެން ރިވާޔަތެއްގައިވެއެވެ. ހޯމަ އަދި ބުރާސްފަތި ދުވަހު ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. ޝިރުކު ކުރުމާއި ދެމީހެއްގެ ދެމެދުގައި މައްސަލައެއް ޖެހުން ނުވަތަ ޙައްޤަކަށް އަރައިގަތުން ފިޔަވާ ކޮންމެ އަޅަކުވެސް ކޮށްފައިވާ ފާފައެއް ﷲ ތަޢާލާ ފުއްސަވާ ދެއްވައެވެ. ބުނެވޭނެއެވެ. އެދެމީހުން ޞުލްޙަ ވަންދެން މަޑުކުރާށެވެ.  

އަދި އެހެން ރިވާޔަތެއްގައިވެއެވެ. ކޮންމެ ހޯމަ، ބުރާސްފަތި ދުވަހެއްގައި ޢަމަލުތައް އުފުއްލެވެއެވެ. ޝިރުކު ކުރުމާއި ދެމީހެއްގެ ދެމެދުގައި މައްސަލައެއް ޖެހުން ނުވަތަ ޙައްޤަކަށް އަރައިގަތުން ފިޔަވާ ކޮންމެ އަޅަކުވެސް ކޮށްފައިވާ ފާފައެއް ﷲ ތަޢާލާ ފުއްސަވާ ދެއްވައެވެ. ބުނެވޭނެއެވެ. އެދެމީހުން ޞުލްޙަ ވަންދެން ދޫކޮށްލާށެވެ.  

ސުވާލަކީ މިފަދަ ޙާލަތެއްގައި ތިބާ ވަނިކޮށް މަރުވެއްޖެނަމަ ދެން ކަންކަން ވާނީ ކިހިނަކުން ހެއްޔެވެ؟ ސަސްޕެންޑް ދާއިމީ ސަސްޕެންޑަކަށް ވެއްޖެނަމަ ކުރިމަތިވާނީ ކޮންފަދަ ނިކަމެތި ޙާލަތެއް ހެއްޔެވެ؟ އެމީހަކު ކުރި ނުބައިކަމެއް އެމީހަކަށް ދޫކޮށްލާފައި ހިތް ސާފުކުރަން މިބުނަނީ އެހެންވެގެންނެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

މިއަދު އޮންލައިން