ކައިވެނިކުރުމަށްފަހު ބައިވެރިޔާއަކީ ތިމާ ބޭނުންވާ ހުރިހާ ކަންކަން އެންމެ ފުރިހަމައަށް ކުރެވެންޖެހޭނެ ކަމަށް ޤަބޫލުކުރާ ބައަކު އުޅެއެވެ. އެހެންވެ ކުރިމަތިވާ ގޮތަކީ ކިތަންމެ ކުޑަކުށެއް ކުރެވުނަސް ރުޅިއިސްކުރެވެނީއެވެ. އެފަދަ މީހަކަށް ކިތަންމެ ރަނގަޅު ބައިވެރިއަކު ލިބުނަސް އޮންނާނީ އެކުގައި ނުއުޅެވިފައެވެ. އެކަން މިބަޔާންކުރާ ދަރުސުން ވަރަށް ރަނގަޅަށް އެނގިލައްވާނެއެވެ. އިން ޝާ ﷲ
އަޅުގަނޑުމެން ހަނދާންކުރަންޖެހޭ އަނެއްކަމަކީ އެއްވެސް މީހަކީ ހުރިހާ ގޮތަކުން ފުރިހަމަމީހެއް ނޫންކަން. އަޅުގަނޑުމެން ޙަޔާތުގެ އަނެއްބައިވެރިޔާގެ ކިބައިން އެދިގެންނުވާނެ ހުރިހާކަމެއް ފުރިހަމަވެފާ ހުންނާކަށް އެއްވެސް ފިރިޔަކީ، އެއްވެސް އންތބަކީ ހުރިހާކަމެއް ފުރިހަމަ މީހެއްނޫން އެހެންވެއްޖިއްޔާ އަޅުގަނޑު މެންނަކީ ވެސް ފުރިހަމަ މީހުންނަށް ނުވާއިރުގާ އަނެކާގެ ކިބައިން ކިހިނެއްތޯ އަޅުގަނޑުމެން ހުރިހާކަމެއް ފުރިހަމަވާން އެދެވޭނީ އެހެންވީމާ އަބަދުވެސް ވިސްނަންޖެހޭ ކަމަކީ އަޅުގަނޑުމެންގެ ކިބާގައިވެސް އުނި ކަންތައްތައް އެބަހުއްޓޭ އެހެންވެއްޖިއްޔާ އަނެކަކުގެ ކިބާގައިވެސް އުނިކަންކަން ހުންނާނެކަން.
ނަބިއްޔާ ﷺ އަޅުގަނޑުމެންނަށް އިރުޝާދު ދެއްވަނީ "لاَ يَفْرَق مُؤْمِنٌ مُؤْمِنَة إِنْ كَرِه مِنْهَا خُلُقًا رَضِيَ مِنْهَا خُلْقًا آخَر" މުއުމިން ފިރިހެނަކަށް އޭނާގެ އަންހެންމީހާގެ ކިބައިން ނޭދެވޭ ކަމެއް ފެނިއްޖެއްޔާ ކިހިނެއް ހަދާށޭ؟ އޭނަގެ ރަގަޅު ކަންތައްތަކުގެ މަތިން ހަނދާންކުރާށޭ، ނުބައި އާދައެއް އިންސާނީ ޠަބީޢަތް އެންމެ އެކަށީގެންވާ ގޮތަކަށްނޫން މުޢާމަލާތެއް ކުރީ.
އޭގެ ބަދަލުގާ ހަނދާންކުރަންވީ އޭނަގެ ކިބައިގައި ހުރި ރަގަޅު ސިފަތައް އޭރަށް އޭތި ހަމަޔަކަށް އެޅޭނީ، އެހެންވީމާ މިއިރުޝާދު ނަބިއްޔާ ﷺ ދެއްވާފަހުރީ ކަމެއް މެދުވެރިވާ ގަޑީގާ އެކަމަކަށް ރަގަޅު ކުރުމަށްޓަކައި މަސައްކަތްކުރުމަކީ ނެތްކަމެއްނޫން އަނބިމީހާ އަށްވާތީ ހުރިހާކަމެއް އޯކޭވެގެން ހުންނާކަށް ނުޖެހޭނެ، ނުވަތަ ފިރިމީހާއަށްވާތީ ހުރިހާކަމެއް އޯކޭވެގެން ހުންނާކަށް ނުޖެހޭނެ. އެކަމަކު އެކަންކަން ރަގަޅުކުރުމުގާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުން ވިސްނުން މިގޮތަށް ގެންގުޅުން އެއްވެސް މީހަކީ ފުރިހަމަމީހެއް ނޫންކަން ތިމާވެސް ފުރިހަމަނޫންކަން ތިމާއަށްވެސް ހުރިހާކަމެއް އެންމެރަގަޅަށް ނުކުރެވޭކަން ޤަބޫލުކުރެވުނީމާ އަނެކަކުގެ ކިބައިންވެސް އެންމެފުރިހަމަޔަށް ހުންނާކަށް ނޭދޭނެ ނުވަތަ ނުހުއްޓަސް އެންމެ ރަގަޅުކަމަށް އޭނަދެކޭނީ.
އެކަމަކު އޭގެބަދަލުގާ އަޅުގަނޑުމެންނަށް މިވާގޮތަކީ މިސާލަކަށް ދެކޮޅަށް ބަލާލާއިރުވެސް ފިރިމީހާޔަށް އަނބިމީހާގެ ފަރާތުން ފެންނަ ކުޑަކަމެއްވެސް ތަހަންމަލްނުވޭ ކާއެއްޗެއްގެ ލޮނުހެޔޮވަރު ނުވިޔަސް ތަހަންމަލް ނުކުރެވޭ އިސްތިރި ކޮށްފަ ހުންނަ އެއްޗެއްގެ ރޫނުފިލާ ހުއްޓަސް ތަހައްމަލް ނުކުރެވޭ ބައެއްފަހަރަށް އަނެއްކޮޅުން އަނބިމީހާޔަށް ފިރިމީހާގެ ފަރާތުން ބައެއް ކަހަލަ ކަންކަން ތަޙަންމަލެއް ނުކުރެވޭ ބޭނުންވާ ކޮންމެއެއްޗެއް ހޯދައިދެވުމަކީ ހުރިހާ ފަހަރެއްގާ ވާކަމެއްނޫން އެކަމަކު އެކަންނުވީމާ އެކަން ތަޙަންމަލް ނުކުރެވޭ ބައެއްފަހަރަށް އެހެންވީމާ މިކަންކަން ރަގަޅުކޮށްގެންނޫނިއްޔާ އަޅުގަނޑުމެންގެ ވިސްނުން ބަދަލުކޮށްގެން ނޫނިއްޔާ ޒަވާޖީ ޙަޔާތެއް އުފާވެރިކޮށް ކުރިޔަށް ނުގެންދެވޭނެ.
- ޑޜ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން