ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގަންނަން ކުރަންވީ ކޮންކަމެއްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގަންނަން ކުރަންވީ ކޮންކަމެއްތަ؟

ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބިގަންނަން ކުރަންވީ ކޮންކަމެއްތޯ؟ ގިނަ ބައަކު ސުވާލުކުރެއެވެ. އަހުރެން އެމީހުންނަށް ދެނީ މިޖަވާބެވެ.  

ފުރަތަމަ ކަމަކަށް ވިސްނައިލާށެވެ! ތިބާ ކުޑަކުއްޖަކަށްހުރިއިރު މައިންބަފައިންގެ ރުހުމާއި ލޯބި ހޯދަން ކުރަނީ ކޮންކަމެއް ހެއްޔެވެ؟ ތިބާކުރާނެ ކަމަކީ އެމީހުން ނުރުހޭނެކަންކަން ނުކުރުމާއި ބަސްއަހައި ކިޔަމަންތެރިވުމެވެ.  

ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ހޯދަންވެސް ކުރަން އޮތީ ހަމައެކަމެވެ. އެއީ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކަމެއް ނުކުރުމާއި ﷲ ތަޢާލާގެ އެންމެހައި އެނެގެވުންތަކަށް ޢަމަލުކުރުމެވެ. އެހެން ގޮތަކަށް ބުނާނަމަ ނަހީކުރެއްވެވި ކަންކަން ނުކުރުމާއި ކުރަން އަންގަވާފައިވާ ކަންކަން ކުރުމެވެ. ފާފައަކަށް އަރައިނުގަތުމާއި ވީހާ ގިނައިން އަޅުކަންކުރުމެވެ.  

އެއިރުން އެމީހަކަށް ދާނީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބެމުންނެވެ. އިން ޝާ ﷲ

- އުސްތާޛާ ޔާސްމީން މުޤާހިދުގެ ދަރުސަކުން 

- މިއަދުނޫސް

 

 

މިއަދު އޮންލައިން