ތަކްލީފެއްގަ ހުރި ނުވަތަ ހިތްދަތިކަމުގަ ހުންނަ މީހަކަށް ހެޔޮނަޞީޙަތްދޭން އަވަސްވެގަތުމުގެ ކުރިން އޭނާގެ ޙާލު އޮޅުންފިލުވައިލުން މާމުހިންމު! ނަޞީޙަތުގެ ފައިދާކުރާނީވެސް އެއިރުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ތަކްލީފެއްގަ ހުރި ނުވަތަ ހިތްދަތިކަމުގަ ހުންނަ
މީހަކަށް ހެޔޮނަޞީޙަތްދޭން އަވަސްވެގަތުމުގެ ކުރިން އޭނާގެ ޙާލު
އޮޅުންފިލުވައިލުން މާމުހިންމު! ނަޞީޙަތުގެ ފައިދާކުރާނީވެސް އެއިރުން!


ވަރަށް ބޮޑު ތަކްލީފެއްގައި ހުންނަ މީހަކާ ބައްދަލުވުމުން އޭނާގެ ޙާލަތަށް ވިސްނާނުލައި ބައެއް މީހުން ހެޔޮ ބަސްތައް ބުނެ ނަޞޭޙަތްދޭން ފަށައެވެ. ގިނަ ފަހަރު އެފަދަ ޙާލެއްގައި ހުންނަ މީހަކު ހުންނާނީ ނަޞީޙަތުގެ ބަސްތަކެއް އަޑުއެހުމަށް ތައްޔާރުވެގެނެއް ނޫނެވެ. އޭނާއަށް މުހިންމުވާނީ އޭނާގެ ޙާލުގެ ވާހަކަ އޮޅުންފިލުވައި އެހީތެރިކަމެއް ލިބުމުންނެވެ.

އެފަދަ ހާލުގައި ތިބޭ މީހުން ޢާންމު ގޮތެއްގައި ތިބޭނީ އެމީހުންގެ ހިތުގައިވާ އުދާސްތައް ބޭރުކޮށްލާނެ ފުރުޞަތަކަށް އެދިއެދިއެވެ. އެމީހުންގެ ހިތުގައި އަޅަމުންދާ ވޭންތައް އެހެން މީހަކާއި ޙިއްޞާކުރަން ބޭނުންވެގެންނެވެ.

އެހެންވީމާ ފުރަތަމަ ކަމަކަށް އޭނާގެ ވާހަކަތައް އަޑުއަހާށެވެ! އަޑުއެހުމަށްފަހު އޭނާއަށް ހަމަޖެހުން ލިބޭނެ ގޮތަކަށް ހެޔޮ ނަޞޭޙަތްދޭށެވެ! ފައިދާކުރާނީ އެއިރުންނެވެ! އިން ޝާ ﷲ  

ތިރީހައިވާ ލިޔުމަށް ވިސްނަވައިލައްވާށެވެ!

މުސްލިމުންނަށް އޮތީ އަބަދު ހަނުހުރުމެއް ނޫނެވެ. ހެޔޮބަސް ބުނަން ޖެހެއެވެ. އަނެކާއަށް ފައިދާކުރާނެ ބަސްތައް ބުނަން ޖެހެއެވެ. ނަމަވެސް އެބަސް ބުނަންވާނީ އަޑުއަހާ މީހާއަށް ހިތްހަމަޖެހުން ލިބި އެކަމުން އެމީހަކަށް ފައިދާކުރާނެ ގޮތަށެވެ.

ހެޔޮބަސް ބުނަން ﷲ ތަޢާލާ ވަނީ އަމުރުފުޅު ކުރައްވަވައިފައެވެ. ވީމާ ކޮންމެ މީހަކުވެސް ވީހާ ގިނައިން ހެޔޮ ބަސްބުނަން މަސައްކަތްކުރަންވާނެއެވެ. ނަމަވެސް އެބަސް ބުނަންވާނީ މި ބަޔާންކުރި ކަމަށް ވިސްނައިގެންނެވެ.

ހެޔޮބަސްބުނުމުގެ މުހިންމުކަން ނިކަން ދެކިބަލާށެވެ! ހެޔޮބަސް ބުނަން އަމުރުފުޅު ކުރައްވަވާފައި އެއިގެ ފަހަތުން ނަމާދުކުރުމާއި ޒަކާތްދިނުމަށްވެސް އަމުރުފުޅުކުރައްވަވާފައިވެއެވެ. ވީމާ ހެޔޮބަސް ބުނުމަށް އެވަނީ ދީނުގެ ފަރުޟުތައް އަދާކުރުމާއި އެކުއެކުގައި ވަޙީކުރައްވަވާފައެވެ. 

އެހެންކަމާއިއެކުގައިވެސް ބައެއް މީހުންނަށް ވިސްނާނުލައި ބަސްތައް އެބަ ބުނެލައެވެ. އެމީހުން ބުނަނީ ތިމާ މިބުނަނީ ހެޔޮބަސް ކަމަށެވެ. އެކަމަކަށް އަހަރެން ދެކޮޅެއް ނުހަދަމެވެ. އެބުނަނީ ހެޔޮ ބަސް ކަމުގައިވެދާނެއެވެ. ނަމަވެސް މައްސަލައަކަށްވަނީ ބަސްބުނެ އުޅޭ ގޮތެވެ.

ވީމާ ހެޔޮބަސް ބުނުމުގައި މިބުނި ކަންކަމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމެވެ 

--ޑރ. ޢަބްދުﷲ ޝިހާމްގެ ދަރުސަކުން

މިއަދު އޮންލައިން