ކުޑަކުޑަ މިޘާލަކުން ފަށާނަމެވެ. ފޯނަށް ގުޅައިލީމާ ނަމާދުކުރަން ނަޞޭޙަތްދޭ ރިންގޓޯނުތަކުގެ ވަރަށް ގިނައިން އިވޭނެއެވެ. މިވެނި ފާފައެއް ނުކުރަން ނަޞޭޙަތެރިވާ ރިންޓޯންތަކުގެ އަޑާ ޤުރްއާނުގެ އަޑުވެސް އިވޭނެއެވެ. ޓޯންތައް އަޅައި މީސްތަކުންނަށް އިލްތިމާސްތައް އިއްވުމަކީ ވަރަށް ރަނގަޅު ކަމެކެވެ. އެކަމަކު ސުވާލަކީ ތިބާ ނަމާދުކުރަން ހެއްޔެވެ؟ އަދި ފާފަނުކޮށް ހުންނަން މަސައްކަތްކުރަން ހެއްޔެވެ؟ ތިބާ ޤުރްއާން ކިޔަވަން ހެއްޔެވެ؟ އެކަންކަން ތިބާ ނުކުރާނަމަ ދެން ތިބާ ހިމެނޭނެ ކެޓަގަރީ އާއިމެދު އަމިއްލައަށް ވިސްނައިލާށެވެ!
މުސްލިމުންގެ ތެރެއިން ސްމާޓް ފޯން ގެންގުޅޭ ގިނަ
އަދަދެއްގެ މީހުން އެމީހުންގެ ފޯނުގައި ޤްރުއާން ގެންގުޅެ، އެމީހުން ދާހައި ތަނަކަށް ޤްރުއާން ގެންދެއެވެ. ނަމަވެސް ފޯނުގައިވާ ކީރިތި ޤްރްއާނުން އަކުރެއް ކިޔަވަނީ ކިތައް މީހުން ހެއްޔެވެ؟ ވީއިރު އެއީ ތިމާއަކީވެސް ޤުރްއާނަށް ލޯބިކުރާ އަދި ޤުރްއާން ކިޔަވާ މީހަކު ކަމަށް ދެއްކެން ކުރާ ކަމެއް ނޫންހެއްޔެވެ؟ ދެއްކުންތެރި ކޮންމެ ޢަމަލަކީ ފާފައެކެވެ. ދެއްކުންތެރިކަން ޛައްރެއްގެ މިންވަރަށް ހިމެނޭ ޢަމަލެއްވެސް ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެތެވެ.
"ފޯނަށް ޤްރްއާން އެޕްލިކޭޝަން
އެޅުމަކީވެސް ހެޔޮ އަމަލެއް. ނަމަވެސް އެ އަމަލު ހެޔޮ އަމަލަކަށްވާނީ އެއިގެ ބޭނުން ހިފީމަ. ފޯނުން ކީރިތި ޤްރްއާން ނުކިޔަވާނަމަ އެޕްލިކޭޝަނެއް ބެއިންދުމުގެ ބޭނުމަކީ ކޮބާ؟"
ރަމަޟާން މަސް އައުމުންވެސް ބައެއް މީހުން ކީރިތި
ޤްރުއާން ކިޔަވަން ބޭނުންވަނީ ކޮންމެވެސް ޗުއްޓީ ދުވަހެއްގައެވެ. ނަމަވެސް އެއީ ދެކޮޅުޖެހޭ ކަމެއް ނޫނެވެ. "މިސާލަކށް އަންނަ ހޯމަ ދުވަހަކީ ބަންދު ދުވަހެއް. ކާކަށް އެނގެނީ އެދުވަހު ކުރިމަތިވާނެ ކަންތައްތައް؟ އެދުވަހަކީ ތިމާއަށް ޗުއްޓީ ދުވަހަކަށް ވާނެކަން؟ އެދުވަހު ބޮޑު ކަމެއް ޖެހިގެން ވަގުތުތައް ހޭދަކުރަންޖެހޭނީ ކޮންކަމަކަށްކަން އެނގެނީ ކާކަށްތަ؟"
ކީރިތި ޤްރްއާން ކިޔެވުންފަދަ ކަންކަން މާދަމައަށް
ނުބާއްވައި ކޮންމެ ދުވަހަކުވެސް ވީހައި ގިނައިން ކިޔަވާށެވެ. ޚާއްޞަކޮށް ރަމަޟާންމަހު ކީރިތި ޤްރްއާން ވީހައި ގިނައިން ކިޔެވުމަށް ވަރަށް ބޮޑަށް އިލްތިމާސްކުރަމެވެ.
ކޮންމެ އަހަރަކުވެސް ރަމަޟާން މަހު ކީރިތި ޤްރްއާން
ކިޔެވުން އިތުރުކުރަމުއެވެ. ރަމަޟާން މަސް ނިމުމުން އެކަން ނިންމައި ޗެޕްޓަރު ބަންދުކުރަނީއެވެ. މިއީ މުސްލިމުންގެ އަމަލުތައް ހުރެގެންވާނެ ގޮތެއް ނޫނެވެ. މުސްލިމުން ވާންޖެހޭނީ އަބަދުވެސް ނަމާދުކުރާ ތަޤްވާވެރި ބައަކަށެވެ. މާތް ﷲ އެންގެވި ގޮތުގައި އަބަދުވެސް އުޅޭ ބައަކަށެވެ.
--މުފްތީ މެންކްގެ ދަރުސަކުން