ތިބާ ﷲ ތައާލާ އެންގެވި ގޮތަށް އުޅޭނަމަ އެކަމަށް ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގެން، ތިބާގެ ތަޤްވާވެރިކަން ހުރި މިންވަރު ދެކެވަޑައިގަތުމަށް މަލާއިކަތް ބޭކަލުންނަށް އަންގަވަތެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 45ސ
ތިބާ ﷲ ތައާލާ އެންގެވި ގޮތަށް އުޅޭނަމަ އެކަމަށް ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގެން، ތިބާގެ ތަޤްވާވެރިކަން ހުރި މިންވަރު ދެކެވަޑައިގަތުމަށް މަލާއިކަތް ބޭކަލުންނަށް އަންގަވަތެވެ!

ﷲ ތަޢާލާ ދުނިޔޭގައި އިންސާނުން ލެއްވެވީ އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ. އެހެންކަމުން ކޮންމެ ފަހަރަކު "އިށީންނަން! ތެދުވަން! ކާން! ނުކާން!" ﷲ ތަޢާލާ އެއްވެސް އިންސާނަކަށް އަމުރުފުޅެއް ނުކުރައްވަވާނެއެވެ. ކުރަންވީ ކަންތައްތަކާއި ނުކުރަންވީ ކަންތައްތައް ﷲ ތަޢާލާ ވަނީ މާކުރިން ބަޔާންކުރައްވަވައިފައެވެ.

ﷲ ތައާލާ ބަޔާންކޮށްދެއްވަވާފައިވަނީ ކާންވީ މިންގަނޑުތަކާއި ކާންވީ ޙަލާލްތަކެއްޗެއްވެ. އެއަށްފަހު ދެން އޮތްބައި ވަނީ އިންސާނުންގެ އިކްތިޔާރަށް ދޫކޮށްލައްވަވައިފައެވެ.  

ތިބާ ފެންނުވަރައި ނުތާހިރާ ހުރިނަމަވެސް މަލާއިކަތުން ތިބާ ކޮއްޕަވައި ފާޚާނާއަށް ގެންދަވައި ފެންވަރަން އަމުރުފުޅެއް ނުކުރައްވަވާނެއެވެ. އެކަމަކު ފެންވަރައި ސާފުތާހިރުވެގެން ހުންނަން ﷲ ތަޢާލާ ކުރައްވަވާފައިވާ އަމުރުފުޅު ތިބާގެ މައްޗަށް ދެމިއޮންނާނެއެވެ.  

އިންސާނުން އުފައްދަވައި ދުނިޔޭގައި ލައްވަވަން މަލާއިކަތް ބޭކަލުން ދެކޮޅު ހެއްދެވީ ކީއްވެގެން ހެއްޔެވެ؟ އެއީ މަލާއިކަތުންނަށް ލިބިވަޑައިގެން ނުވާ އިޚްތިޔާރުތަކެއް އިންސާނުންނަށް ދެއްވަވާފައި ވުމުންނެވެ. މިކަމުގެ ވާހަކަތައް ވަނީ ކީރިތި ޤްރްއާނުގައި ބަޔާންވެގެންނެވެ. އަދި ވަރަށް ގިނަދަރުސްތަކުގައި އެކަމުގެ ވާހަކަތައް ދެކެވެއެވެ. ވީމާ އެބައި މިދަރުސްގައި ދޫކޮށްލާނަމެވެ.  

މީސްތަކުން ﷲ ތައާލާ އެންގެވި ގޮތުގައި ދުނިޔޭގައި އުޅުމުން އެކަމަށް ﷲ ތަޢާލާ ފަޚުރުވެރިވެވޮޑިގެންވާ ހާލުކޮޅު މިވެނި އެވެނި މީހާގެ ތަޤްވާވެރިކަން ހުރި މިންވަރު ދެކެވަޑައިގަތުމަށް މަލާއިކަތް ބޭކަލުންނަށް ﷲ ތަޢާލާ އަންގަވަތެވެ. ﷲ ތައާލާގެ އެންގެވުމަށް އެބޭކަލުން އިޖާބަދެއްވަވަތެވެ.  

ދެން ބަލައިލަންވީ ފަރުދާގެ އަނެއް ފަޅިއަށެވެ. ތިބާގެ އަމަލުތައް ހުރީ ﷲ ތަޢާލާ އެންގެވި ގޮތަށް ނޫން ކަމަށްވެފައި ޝައިޠާނާގެ މަގުގައި ކަމަށް ވެއްޖެނަމަ ﷲ ތަޢާލާގެ ލަޢްނަތާއި ކޯފާ އެމީހަކަށް ލިބިގެންދާނެ މިންވަރާއިމެދު ވިސްނައިލުން ކީއްހެއްޔެވެ؟ ކުރާ ކޮންމެ ކަމެއްގައި ވެސް ދެކޮޅު އޮންނަ އުޞޫލުން އިންސާނުންގެ އަމަލުތަކާއިމެދުގައިވެސް އެކަން އެހެން އޮންނާނެކަން ޤަބޫލުކުރަން ޖެހޭނެއެވެ. ނަރަކަ އާއި ސުވަރުގެ ހައްދަވާފައިވުމަކީ މިބުނާ ބަހުގެ ދަލީލެވެ.  

ކާމިޔާބު ލިބޭނީ ގަދައަޅައި މަސައްކަތް ކުރަން ކެރުނު މީހަކަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން