ބައެއް ޢިލްމްވެރިން ސިފަކުރައްވާ ގޮތުގައި މިއަދު ދުނިޔެއަށް ފެތުރެމުން މިދަނީ ދައްޖާލުގެ ފިތުނައެވެ. އެފިތުނައިގެ ސަބަބުން މުސްލިމް އުންމަތް މިވަނީ ބައިބައިވެފައެވެ. ޢަޤީދާ އަންނަނީ ބަލިކަށިވަމުންނެވެ. ލޭއޮހޮރުންވުންތަކާއި އަމިއްލަ އެދުން ބޮޑުވުން އަންނަނީ އިތުރުވަމުންނެވެ.
މީސްތަކުން ނުވަތަ ދުނިޔެ ތައްޔާރުވަމުން މިދަނީ ދައްޖާލަށް މަރުޙަބާ ކިޔުމަށެވެ. ވީމާ ދައްޖާލުގެ ފިޔުނައިން ސަލާމަތްކުރެއްވެވުން އެދިގެން ދުޢާކުރަންވާނެއެވެ. ފަހުއައްތަޙިއްޔާތުގައި ކިޔާ މިންވަރަށްވުރެ އިތުރަށްވެސް ދުޢާކުރާށެވެ. ނަމާދުގައި އެދުޢާކުރަން ސުންނަތުން އައިސްފައިވަނީ މިކަންކަން އަހުރެމެންނާއި ބައްދަލުކުރާނެތީއެވެ.
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!
އާދެ! އޭނަގެ (ދައްޖާލުގެ) ފިތުނައަކީ ވަރަށްބޮޑު ފިތުނައެކެވެ. ރިވާޔަތެއްގަ އަންނަނީ އާދަމް ޢަލައިހިއްސަލާމް ޚަލްޤު ކުރެއްވި ދުވަހުން ފެށިގެން ދުނިޔެ ނިމެންދެން މިއޮތްހާދުވަހަށް އެންމެ ބޮޑު ފިތުނައަކަށް ދުނިޔެއަށް މެދުވެރިވާނީ އޭނަގެ ފިތުނައެވެ. އޭނަގެ ފިތުނަ އަޑުއައްސަވާ ވަރަށް ގިނަ ރިވާޔަތްތައް ދެން ހަމަ އަޅުގަނޑު ހަމަ ފަހަރަކު ރިވާޔަތެއްގަ އަންނަ ބައެއްކަހަލަ ކަންތައްތައް ޒިކުރު ކޮށްލާނަން.
އޭނަގެ ފިތުނަ ބޮޑުވެގެންދަނީ އޭނަ ދަޢުވާކުރާނެ އޭނައަކީ ކަލެއްގެ ގޮތުގަ. ކަލެއްގެ ގޮތުގަ ދަޢުވާކުރާނެ، ތިމަންނައަކީ އިލާހެކޭ. ދެން އޭނައަށް ތަބާވާމީހުން ބުނާނެ، ތިބާއަކީ އިލާހެއްކަމުގައިވާނަމަ އިލާހެއްކަން ތިމަންނާމެންނަށް ޕްރޫފްކޮށްދޭށޭ. ދަލާލަތުކޮށްދޭށޭ. ބުނީމަ އޭނަ އުޑަށް އިޝާރަތްކޮށްލީމަ އުޑުން ވާރޭ ވެހިގެން އަންނާނެ. ބިމަށް އިޝާރާތް ކޮށްލީމަ ގަސް ފަޅައިގެން އަންނާނެ. އެހިސާބުން އެމީހުން ވަރަށްބޮޑަށް ޤަބޫލު ކުރާނެ، މީ ކޮންމެކޮންމެ މީހަކަށް (ﷲ ތަޢާލާ އެކަމަށް ބާރު ދެއްވެވުމުން ނޫނީ) ކުރެވޭނެކަމެއްނޫން.
- އައްޝައިޚް އަބްދުﷲ ސަޢުދާން.