އާދެ ޢިއްޒަތްތެރި އަޚުން ﷲ ސުބުޙަނަހޫވަތަޢާލާ އެންމެ ވަރުގަދަ މީސާޤެއްގެ ސިފަ ޖެއްސެވީ ތަވްހިދަށާ ކައިވެނީގެ ގުޅުމަށް. ކައިވެނީގެ ގުޅުމުގެ ތެރެއިން އަންނަ ގުޅުމެއް މީ މައިންބަފައިންގެ ގުޅުމަކީ. ނިކަން އަޑުއައްސަވާ ﷲ ސުބުޙާނަހޫ ވަތަޢާލާގެ މި ބަސްފުޅަށް. ހަމަ މި އާޔަތުގަވެސް މި އޮންނަނީ އެ ގުޅުމަށް އިޙްތިރާމްނުކުރާ މިހާ ނޫންނަމަ އާއިލީ ގުޅުން ކަނޑާ މިހާއަކީ ބިން ފަސާދަކުރާ މީހެއްކަމުގައި ސިފަކުރައްވާފަ.
އެހެންވީމަ އެކަމަށް އެބަ ބާރުދޭ ހުރިހާ ކަމަކީވެސް ޢިއްޒަތްތެރި އަޚުން ބިން ފަސާދަކުރުން. الَّذِينَ يَنقُضُونَ عَهْدَ اللَّهِ مِن بَعْدِ مِيثَاقِهِ، ﷲ ގެ އަހްދެއް ވަރުގަދަވުމަށް ފަހުގައި ބަދަހިވުމަށް ފަހުގައި އެ ގުޅުން ކަނޑާލާ ހަލާކުކޮށްލާ މީހާއަކީ وَيَقْطَعُونَ مَا أَمَرَ اللَّهُ بِهِ أَن يُوصَلَ ގުޅުވުމަށް އެކަލާނެ އެންގެވި ކަންތައްތައް ކަނޑާލާ ދޫކޮށްލާ މީހުނޭ އެއީ وَيُفْسِدُونَ فِي الْأَرْضِ ۚ أُولَٰئِكَ هُمُ الْخَاسِرُونَ އެއްޔޭ ބިން ފަސާދަކުރާނެ ބަޔަކީ ނުވަތަ ކުރާ ބަޔަކީ. أُولَٰئِكَ هُمُ الْخَاسِرُونَ އެއީއްޔޭ އަބާއްޖަވެރި ބަޔަކީ . ވަރަށް ސާފުކޮށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން 2 އިމާމުން އިއްތިފާޤުން ރިވާކުރެއްވި ޙަދީޘްފުޅެއްގަ މި އޮންނަނީ لا يدخل الجنَّةَ قاطع رحمٍ ރަޙިމުގެ ގުޅުން ކަނޑާލާ މީހާ ސުވަރުގެ ނުވަންނާނޭ. ރަޙިމުގެ ގުޅުން ކަނޑާލާ އެކަކީ ޢިއްޒަތްތެރި އަޚުން ދެންމެ މި ބުނި ފަދައިން މައިންބަފައިންނާ ގުޅުންކަނޑާލާ މީހާ. އެބައިމީހުންނަކީ އެއީ ދުނިޔޭގަވެސް އަދި އާޚިރަތުގަވެސް މި ގެއްލުމުގެ ތެރޭގައި ވާނެ މީހެއް. ﷲ ސުބުޙާނަހޫ ވަތަޢާލާ ސޫރަތުއް ރަޢުދުގަ އެންގެވިފަދައިން ލަޢުނަތް ލެއްވިގެންވާ ބައެއް އެބައިމީހުންނަކީ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވަނީ أُولَٰئِكَ لَهُمُ اللَّعْنَةُ وَلَهُمْ سُوءُ الدَّارِ އެބައިމީހުންނަށް ގެއްލުންދެނިވި ގޯއްޗެއް ޤިޔާމަތް ދުވަހުން އެބައިމީހުންނަށް ލިބިގެންދާނެއެވެ. އެހެންވީމާ އަދި މިވަރަކުން ނޫނޭ ޢިއްޒަތްތެރި އަޚުން. އީމާންކަން ފުރިހަމަވުމުގެ ހެއްކެއް އެއީ އެމީހާ އޭނާގެ މައިންބަފައިންނަށް ހެޔޮކޮށްހިތުން. އެހެންވީމާ އިމާމު އަބޫހުރައިރާ ރަޟިޔﷲ ތަޢާލާ ޢަންހު ވިދާޅުވަނީ من كان يؤمن بالله واليوم الآخر فليكرم ضيفه، ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވާ މީހެއްކަމުގައިވާނަމަ އޭނާގެ މެހެމާނުންނަށް ކަމޭހިތާށެވެ. ދެން ޙަދީޘް ކުރައްވަނީ ومن كان يؤمن بالله واليوم الآخر فليصل رحمه ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވާ މީހެއްކަމުގައިވާނަމަ އޭނާ ރަޙިމުގެގުޅުން ދަމަހައްޓާށޭ. ومن كان يؤمن بالله واليوم الآخر فليقل خيرا أو ليصمت.
- ޝައިޚް ޢަލީ ރިޒާގެ ދަރުސަކުން