ހަނދުމަކޮށްދިނުމެއް!: ނިޔާވެފައިވާ މައިންބަފައިންނަށް ރޯދަހިފައިދިނުމުގެ ޙުކުމް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ހަނދުމަކޮށްދިނުމެއް!: ނިޔާވެފައިވާ މައިންބަފައިންނަށް ރޯދަހިފައިދިނުމުގެ ޙުކުމް-

ނިމިގެންދިއަ ރަމަޟާންމަހުވެސް ތަފާތު ސަބަުތައް ކުރިމަތިވެ ފަރުޟް ރޯދަ ނުހިފުނު މައިންބަފައިން ތިބޭނެއެވެ. ރޯދަތަކެއް ގެއްލިފައިވަނިކޮށް ނިޔާވި ބައަކުވެސް ޔިބޭނެއެވެ. ވީމާ ދަރިން ޢަމަލުކުރަން އޮތްގޮތް ބަޔާންކޮށްދޭނަމެވެ. އިން ޝާ ﷲ

މައިންބަފައިންނަށް ރޯދަހިފައިދިނުމުގަ ފުރަތަމަކަމަކީ މައިންބަފައިން ދުނިޔޭގައި ތިބި އިރުގަ އެމީހުންނަށް ރަމަޟާންމަސް އައިއިރުގާ ނުހިފިހުރި ރޯދަތައް އެރޯދަތައް އަޅުގަނޑުމެންނަށް ހިފޭނީ. އެހެން ނަމަވެސް މަރުވެފައިވާ މީހެއް މަރުވުމަށްފަހުގާ ދެންއަންނަ ރަމަޟާންމަހުގެ ރޯދަތައް އެއީކީ އެމީހުންނަށް ހިފައިދޭންޖެހޭ ނުވަތަ އެމީހުން ހިފަންޖެހޭ ރޯދައެއްވެސްނޫން.  

ބަލިވެ އުޅޭމީހާގެ ރޯދައިގެ މައްސަލައިގައި މިއޮންނަނީ ދެގޮތެއް. އެއްގޮތަކީ އެބައްޔަކީ އެއީ ފަސޭހަވާނެ ކަމުގެ އުއްމީދު ނެތް ބައްޔެއް މިސާލަކަށް ބުނާނަމަ ކެންސަރުގެ އެންމަފަހު ސްޓޭޖްގަ ހުރި މީހެއް ނުވަތަ މުސްކުޅި ބަލީގެ ސަބަބުން ރޯދަ ހިފުމުގެ ކުޅަދާނަކަން ނެތްމީހާ ނުވަތަ ދާއިމީ ގޮތެއްގައި ބޭހެއް ކާންޖެހުމުގެ ސަބަބުން ރޯދަ ހިފުމުގެ ކުޅަދާނަކަން ނެތްމީހާ. 

އެހެންވީމާ، މިފަދަމީހާ އެބައްޔެއްގެ ސަބަބުން އެބަލީގަ އޭނަޔަށް އެއްވެސް ގޮތަކަށް އެބަލި ފަސޭހަވާނެ ކަމުގެ އުއްމީދު ނެތްބަލިމީހުން އެފަދަ ބަލިމީހުން ރޯދަހިފުމުގެ ބަދަލުގަ މިސްކީނަކަށް ކާންދިނުން އޮތީ. ކޮންމެ ރޯދަޔަކަށް މިސްކީނަކަށް ކާންދޭނީ. އެހެން ނަމަވެސް ފަސޭހަވާނެ ކަމުގެ އުއްމީދު އޮތް ބައްޔެއް ނަމަ، މިސާލަކަށް ބުނާނަމަ ތަނެއް ބިންދައިގެން ގޮސްގެން ނުވަތަ އޮޕަރޭޝަނެއް ކޮށްގެން އޭނަޔަށް ރަމަޟާންމަހުގެ ރޯދައެއް ނުހިފުނީ އެހެންވެއްޖެ ކަމަށްވަނީނަމަ އޭނަޔަށް ﷲ ގެ ރަޙްމަތާއެކު އޭނަ ރަގަޅުވީމަ އެރޯދަ ހިފުމުގެ ފުރްޞަތު އެބައޮތް إنشَاء الله  

އެހެންވީމާ އެފަދަ މީހަކަށް އޮތްގޮތަކީ އޭނަ އެބަލި ފަސޭހަވީމަ ރޯދަހިފުން އެހެންނަމަވެސް އެރޯދަ އޭނަޔަށް ނުހިފި ނުވަތަ ޤަޟާ ނުކުރެވި ހުއްޓާ އޭނަގެ އަޖަލު އައިސް މިދުނިޔެއާއި ވަކިވެގެން ދާންޖެހިއްޖެ ކަމަށްވަނީނަމަ މިޙާލަތުގަ އޭނަގެ ޢާއިލާގެ މީހަކަށް ނުވަތަ އޭނަޔަށް ހެޔޮއެދޭ މީހަކަށް އޭނަގެ ގެއްލިފައިވާ ރޯދަ ހިފައިދެވިދާނެ. 

އެހެނެއްނޫން! އޭނަ މަރުވުމަށްފަހު ދެންއަންނަ ރަމަޟާންމަހުގެ ރޯދަތައް  އެއީކީއެއް އަޅުގަނޑުމެން ހިފަންޖެހޭ އެއްޗެއްނޫން.

 

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން