ކައިވެނިކޮށްގެން ތިބެވެސް ލޯބިނުވާއިރު މަކަރުހެދުމުގެ ނިޔަތުގަ ލޯބިވާކަމަށް ބުނުމަކީ މުނާފިޤުންގެ ސިފައެއް! މުނާފިޤުން ތިބޭނީ ނަރަކައިގެ އެންމެ އަޑީގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 56ސ
ކައިވެނިކޮށްގެން ތިބެވެސް ލޯބިނުވާއިރު މަކަރުހެދުމުގެ ނިޔަތުގަ ލޯބިވާކަމަށް ބުނުމަކީ މުނާފިޤުންގެ ސިފައެއް! މުނާފިޤުން ތިބޭނީ ނަރަކައިގެ އެންމެ އަޑީގަ!

ފުރަތަމަ މިދައްކަނީ ކޮންމެ މުސްލިމަކުވެސް އެންމެ ބޮޑަށް ސަމާލުވާންޖެހޭނެ ކަންތަކުގެ ވާހަކައެވެ. ތިމާއަކީ މުނާފިޤަކަށްވެ ނަރަކައިގެ އެންމެ ގަދަފަދަ ޢަޛާބްލިބޭނެ މީހަކަށްވެދާނެ ކަމަށްޓަކައެވެ. ވީމާ ނަރަކައާއި ނަރަކައިގެ ޢަޛާބުގެ ހުރި ބިރުވެރިކަމަށް ވިސްނާށެވެ.  

ސުވަރުގޭގައި މީހެއްގެ ދަރަޖަ މަތިވެރިވާނަމަ އެމީހެއްގެ ދަރަ ދާނީ އުފުލެމުންނެވެ. ދެއްވަވާ ނިޢްމަތްތައް އިތުރުވަމުންނެވެ. ނަމަވެސް ނަރަކައިގައި އެކަން ހިނގާނީ އެގޮތަކަށް ނޫނެވެ. މީހާގެ ފާފަތައް ގިނަވެ ޢަޒާބު ބޮޑުވާވަރަކަށް އެމީހެއްގެ ވަތްގަނޑު ނުވަތަ އެމީހަކު އޮންނަން ޖެހޭ ބައި ދާނީ ތިރިވަމުންނެވެ. އެންމެ ގަދަފަދަ ޢަޛާބު ލިބޭނީ އެންމެ ފުލުގައި ތިބޭބައަކަށެވެ. އެންމެ ފުލުގައި ތިބެ އެންމެ ގަދަފަދަ އަޒާބު ލިބޭނީ މުނާފިޤުންނަށެވެ.  

މުނާފިޤުންނަކީ ދުނިޔޭގައި ދެމޫނު ދައްކައިގެން އުޅޭ މީހުންނެވެ. ބޭރުފުށުން އިސްލާމެއްކަމަށް ދައްކައިގެން ތިބޭއިރު އތެރެފުށުން ﷲ ތަޢާލާއަށް އީމާން ނުވާ މީހުންނަކީ މުނާފިޤުންނެވެ. ހަމަ އެކަނި އީމާންވުމުގައެއް ނޫނެވެ. އެމީހަކު ކުރާ އަމަލުތަކުގައި ދެފުށް ދެ ގޮތް މީހުންނަކީވެސް ހަމަ މުނާފިޤުންނެވެ. ދެފުށް ދެގޮތްވުމަކީ މުނާފިޤުންގެ ސިފައެކެވެ. 

މީސްތަކުންގެ ކުރިމަތީގައި އޯގާތެރި ބަސްތައް ބުނަމުން މީސްތަކުންގެ ހައްޤުތަކަށް އަރައިގަނެ މީސްތަކުންނަށް އަނިޔާވެރިވާ މީހުންނަކީ ވެސް މުނާފިޤުންނެވެ. ވީމާ މުނާފިޤުންނަކީ ހަމައެކަނި ﷲ ތާޢާލާއަށް އީމާން ނުވެ ތިބެމެ އީމާންވާކަމަށް ބުނާ މީހުން ކަމުގައި ބަލައިގެންވާކަށް ނެތެވެ. އެމީހެއްގެ ބަހާއި އަމަލު ދިމާނުވާނަމަ އެމީހަކީ މުނާފިޤްކަމުގެ ސިފަތައް ހުރި މީހެކެވެ.  

ނަރަކައިގައިވެސް ތަފާތު ދޮރުތަކެއް ވެއެވެ. އެމީހަކު ނަރަކައަށް ވައްދަވާނީ އެމީހެއްގެ ދަރަޖައަށް ކަނޑައެޅިފައިވާ ދޮރަކުންނެވެ. ކޮންމެ ދޮރެއް ގުޅިފައިވަނީ ވަކި ބައަކާއިއެވެ. މާނައަކީ ކޮންމެ މީހަކުވެސް ނަރަކައަށް ވައްދަވާނީ ކޮށްފައިވާ ފާފަތަކުގެ ސަބަބުން އެމީހަކަށް ކަނޑައެޅިފައިވާ ބައަކަށެވެ. ކޮންމެ ބައެއްގައިވެސް ލިބޭ ޢަޒާބު ތަފާތުވާނެއެވެ. ލިބޭ ޢަޒާބު ވެސް ތަފާތުވާނެއެވެ. ޔަޤީން ކުރަންޖެހޭނެ ކަމަކީ ނަރަކައިގެ އެންމެ ކުޑަ ޢަޛާބަށްވެސް އެއްވެސް މީހަކަށް ކެތް ނުކުރެވޭނެ ކަމެވެ.  

މުޅި ނަރަކަ ބެލެހެއްޓެވުމަސް ތިއްބަވާނީ 19 މަލާއިކަތުންނެވެ. އެތައް ޓްރިލިއަން ޓްރިލިއަން  ބައަކު ނަރަކައިގައި ތިބޭއިރު މުޅި ނަރަކަ ބަލަހައްޓަވަން އެންމެ 19 މަލާއިކަތުން ތިއްބެވުމުން އެގެނީ ނަރަކަށް ވެއްދެވުމަށްފަހު އެއްވެސް މީހަކަށް ލިބޭނެ އެއްވެސް އިނާޔަތެއް ނެތްކަމެވެ. އޮންނާނީ އެމީހަކަށް ކަނޑައެލިފައިވާ ގަދަފަދަ އަޒާބުގައި ދެމިއޮތުން ކަމެވެ. ރޯ ރުއިމަކަށް ނުވަތަ ކުރާ އާދޭހަކަށް އަޅައިލާނެ އެއްވެސް މީހަކު ނުހުންނާނެ ކަމެވެ.  

ސުވާލަކީ ނަރަކައިގެ ބިރުވެރިކަން އެނގެނި ކިހައިވަރަކަށް ހެއްޔެވެ؟ ނަރަކައިން ސަލާމަތްވާން ކުރެވެނީ ކޮން މަސައްކަތެއް ހެއްޔެވެވެ؟ މިއަދު އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކީ ދެ މޫނުގެ ވެރިންނެވެ. ވެރިމީހާއަށް ދައްކަނީ ތަފާތު މޫނެކެވެ. އަނބިމީހާއަށް ނުވަތަ ފިރިމީހާއަށް ދައްކަނީ ތަފާތު މޫނެކެވެ. ނިކަން ބުނެބަލާށެވެ! މުނާފިޤެއްގެ ގޮތުގައި މަރުވެދާނެ ކަމަށް ހަމަ ބިރު ނުގަންނަނީ ހެއްޔެވެ؟   

އެކަމަކު އެއްކަމެއް ބުނެލާނަމެވެ. ދިމާވާ ގޮތަކުން ބައިވެރިޔާދެކެ ލޯބިނުވެވެނީއެވެ. ނުވަތަ ލޯބިވާ މިންވަރުކުޑަވީއެވެ. އެކަން އިޞްލާޙްކޮށް ދެމީހުން އެކުގައި އުލުމުގެ ނިޔަތުގައި ލޯބިވާކަން ބައިވެރިޔާއަށް ދެއްކުން ތަފާތެވެ. އެއީ އޭނާގެ ނިޔަތާއި މަޤްޞަދު ޠީހިރުވެގެންވާތީއެވެ. ހެޔޮކަންބޮޑު ޢަމަލެއްކުރަން މަސައްކަތްކުރާތީއެވެ. އެޙާލަތުގައި އެއީ މުނާފިޤް ކަމުގެ ސިފައަކަށް ނުވާނެއެވެ. ވާނީ ކުރެވޭ ހެޔޮ ޢަމަލަކަށެވެ.  

ދުނިޔޭގައި އުޅެން މިލިބޭ މަދުދުވަސްކޮޅުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ. ނަރަކައިން ސަލާމަތްވުމަށް އެމީހަކަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަމުން ގެންދާށެވެ. ފާފަތައް ފުއްސަވައި ދެއްވެވުން އެދި ގިނަގިނައިން ދުޢާކުރާށެވެ!


- ބިލާލް އައްސަދުގެ ދަރުސަކުން

 

މިއަދު އޮންލައިން