ކޮންމެ މީހަކަށްވެސް ހިތްދަތިކަން އިޙްޞާޞްކުރަން ޖެހެއެވެ. އެކަމުން ސަލާމަތްވެވިގެންހުރި ހަމައެކަކުވެސް ނުހުންނާނެއެވެ. ހަމައެކަނި އޮތް ތަފާތަކީ އެކިމީހުންނަށް އެކިމިންވަރަށް އިޙްޞާޞްކުރަންޖެހޭ ކަމެވެ.
ތިމާއަށް އެންމެ ބޮޑު ހިތްދަތިކަމެއް ލިބެނީ ކޮންކަމަކުންކަމާ ކާކުގެފަރާތުންކަން އެނގޭހެއްޔެވެ؟
- ތިމާއަށް ހިތްދަތިކަން ލިބެނީ ތިމާ އެމީހަކު ދެކެ އެންމެ ބޮޑަށް ލޯބިވެ އެމީހަކަށްޓަކައި ތިމާއަށް އެންމެ ބޮޑަށް އެދެވުނުމީހާގެ ފަރާތުންކަމަށްވުން،
- ތިމާ އެމީހަކަށްވަފާތެރިވި މީހާގެ ފަރާތުންކަމަށްވުން
- ރޭގަނޑުގެ ނިދި ނަގާލައި އެމީހަކަށްޓަކައި އެންމެ ގިނައިން ދުޢާކުރި މީހާގެ ފަރާތުންކަމަށްވުން،
އެނގޭހެއްޔެވެ؟ ކޮންމެ މީހަކަށްވެސް އެންމެ ބޮޑު ހިތްދަތިކަމެއް ލިބެނީ މިބުނި މީހުންގެތެރެއިން މީހަކު ތިބާއަށް ދެރަދީ ހިތްދަތިކުރުވުމުންނެވެ. ތިބާގެ އާދޭސް ޤަބޫލުނުކޮށް މޫނު އަނބުރާލުމުންނެވެ.
ވީމާ މީހަކުދެކެ ކިތަންމެ ބޮޑަށް ލީބިވިޔަސް އަދި އެމީހަކަށް ކިތަންމެ ބޮޑަށް އެދެވުނު ނަމަވެސް އެމީހާގެ ފަރާތުން އެކަންކަން ލިބިދާނެކަމަށް އެހާބޮޑަށް ޔަޤީންނުކުރާށެވެ. އިމެއްގައި ކަންކަން ހިފަހައްޓާށެވެ. ނޫނީ އޮންނާނީ ކުރަންޖެހޭ ހިތާމަ އެންމެ ބޮޑުވެ އެކަމުން ސަލާމަތްވާން އުނދަގޫވެފައެވެ.
- މުފްތީ މެންކުގެ ދަރުސަކުން
- -މިއަދުނޫސް