ތިމާ ޚަރަދުކުރަން އަންގަވާފައިވާ މީހުންނަށް ޚަރަދުނުކުރާނަމަ އެންމެ ތަނަވަސް މީހުންނަށްވެސް އުޅެންޖެހޭނީ ނުފުދި ހިތްދަތިކަމުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ތިމާ ޚަރަދުކުރަން އަންގަވާފައިވާ މީހުންނަށް
ޚަރަދުނުކުރާނަމަ އެންމެ ތަނަވަސް މީހުންނަށްވެސް އުޅެންޖެހޭނީ ނުފުދި
ހިތްދަތިކަމުގަ!


ޙަޤީޤަތަށް ބަލައިފިނަމަ ފަޤީރުންނަށްވުރެ ހިތްދަތި ޙާލުގައި އުޅޭތަން ފެންނާނީ ފައިސާލިބުނަސް ބޭނުންތައް ނުފުދިގެން އުޅޭ މީހުންނެވެ. މިކަން މިގޮތަށް މެދުވެރިވާ ސަބަބާއިމެދު ވިސްނައިލަމާ ހިނގާށެވެ!

އެއްބައަކު ކަންބޮޑުވަނީ ތަނަވަސްކަން ލިބުނަސް އުފަލުގައި ދިރިނުއުޅެވޭތީއެވެ. އަނެއްބައަކު ކަންބޮޑުވަނީ ފައިސާ އަތަށް އެރިނަމަވެސް އަތުގައި ހަރުނުލާތީއެވެ. ކުރަން ބޭނުންވާ ކަންކަން ނުކުރެވި އެހެންކަނަކަމަށް ޚަރަދުކޮށް ހުސްކުރަންޖެހޭތީއެވެ.  

އެގޮތްގޮތް މެދުވެރިވާނަމަ ތިމާއަށް ދެއްވަވާ ފައިސާ ޚަރަދުކުރެވޭ ގޮތާއިމެދު ވިސްނާށެވެ! ގިނަ ފަހަރު ތިމާއަށް ކަންކަން ކުރެވޭ ގޮތުންވެސް އެޙާލަތު މެދުވެރިވެއެވެ.

މިޘާލަކަށް ބުނާނަމަ ތިމާ ޚަރަދުކުރުން ވާޖިބުވާ މީހުންނަށް ޚަރަދުނުކުރުމަކީ އެގޮތްގޮތް މެދުވެރިވާ ސަބަބުކަމަށްވެއެވެ. މިޘާލަކަށް އަނބިދަރިންނަށާއި މައިންބަފައިންނަށާއި ޢާއިލާގެ މީހުންނަށް ކުރަންޖެހޭ ޚަރަދުނުކޮށް އެހެން ކަންކަމަށް ޚަރަދުކުރާނަމަ މިބުނި ފަދަ ގޮތްތައް މެދުވެރިކުރައްވަވައެވެ.  

ފިރިމީހާއަކީ ޢާއިލާގެ އެންމެ އިސްމީހާކަމަށްވުމުން އޭނާގެ އަތަށް އަރާ ހުރިހާ ފައިސާއަކީ އޭނާގެ އަމިއްލަ އެއްޗެއްކަމަށް ބަލައިގެން ނުވާނެއެވެ. އެއީ އެތައް ބައެއްގެ ޙައްޤެކެވެ. މިޘާލަކަށް ކުދި ދަރިންނަށް ﷲ ތަޢާލާ ދެއްވަވާ ރިޒުޤް ދެއްވަވާނީ ބައްޕަގެ އަތަށެވެ. އެކުދިންނަކީ މަސައްކަތްކޮށްގެން އާމްދަނީ ހޯދޭނެ ބައަކަށް ނުވާތީއެވެ. ވީމާ އަތަށް އަރާ ހުރިހާ ފައިސާއަކީ ތިމާ ކުރަން ބޭނުންވާހައި ކަމަކަށް ޚަރަދުކުރަން ދެއްވަވާ ފައިސާކަމަށް ބަލައިގެންނުވާނެއެވެ.

އެކަމަށް ނުވިސްނައިފިނަމަ އަތަށް ކިތަންމެ ގިނައިން ފައިސާ ލިބުނަސް ބޭނުންތައް ނުފުދި ދަތިޙާލުގައި އުޅެންޖެހުން އޮންނާނީ ދާދިގާތުގައެވެ. އެއީ ތިބާ އާއި ﷲ ތަޢާލާ ޙަވާލުކުރައްވަވާ އެހެން މީހުންގެ ޙައްޤުތަކަށް ތިބާ ޙުރުމަތްތެރިކޮށް ނުހިތާތީއެވެ.  

މިފަދަ ނަބޭޙަތްތައް އަބަދުހެން ދޭން މިޖެހެނީ މާލީ ނުތަނަވަސްކަން ކުރިމަތިވެ ކަންބޮޑުވުމުގައި އުޅެން ގިނަ ބައަކަށް ޖެހެމުން އަންނާތީއެވެ. ވީމާ މިކަންކަން އިޞްލާޙްކުރާށެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން