ދޮގުހަދަން ބިރުވެތިވާށެވެ! ތިބާއަކީ ދޮގުވެރިއެއް ކަމަށް ލިޔުއްވެވިއްޖެނަމަ ދެންވާނެގޮތާއިމެދު ވިސްނައިލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
ދޮގުހަދަން ބިރުވެތިވާށެވެ! ތިބާއަކީ ދޮގުވެރިއެއް ކަމަށް ލިޔުއްވެވިއްޖެނަމަ ދެންވާނެގޮތާއިމެދު ވިސްނައިލާށެވެ!

ދޮގުހެދުން ޢާންމުވެއްޖެއެވެ. ދޮގުހަދަން ބިރުވެތިވަނީ ވަރަށް މަދުމީހެކެވެ. އެހެންކަމުން މިޙަދީޘްފުޅަށް ވިސްނައިލުން ވަރަށް މުހިންމެވެ.  

حدثنا عثمان بن أبي شيبة: حدثنا جرير، عن منصور، عن أبي وائل، عن عبد الله رضي الله عنه عن النبي ﷺ قال: إن الصدق يهدي إلى البر، وإن البر يهدي إلى الجنة، وإن الرجل ليصدق حتى يكون صديقا، وإن الكذب يهدي إلى الفجور، وإن الفجور يهدي إلى النار، وإن الرجل ليكذب حتى يكتب عند الله كذابا. 

ޢަބްދު ﷲ ބިން މަސްޢޫދު رَضِيَ اللَّهُ عَنْهُ ރިވާ ކުރެއްވިއެވެ: ނަބިއްޔާ ﷺ ޙަދީޘް ކުރެއްވިއެވެ: ”ހަމަކަށަވަރުން ތެދުވެރިކަން މަގުދައްކަނީ ހެޔޮކަމަށެވެ. އަދި ހަމަކަށަވަރުން ހެޔޮކަން މަގުދައްކަނީ ސުވަރުގެއަށެވެ. އަދި ހަމަކަށަވަރުން ތެދުވެރިއެއްކަމުގައި ވެއްޖައުމަށް ދާންދެން މީހަކު ތެދުހެދުމުގައި ދެމިހުރެދާނެއެވެ. އަދި ހަމަކަށަވަރުން ދޮގުވެރިކަން މަގުދައްކަނީ ނުބައިކަމަށެވެ. އަދި ހަމަކަށަވަރުން ނުބައިކަން މަގުދައްކަނީ ނަރަކައަށެވެ. އަދި ހަމަކަށަވަރުން ﷲގެ ހަޒްރަތުގައި ދޮގުވެރިއެއް ކަމުގައި ލިޔެވިއްޖައުމަށް ދާންދެން މީހަކު ދޮގުހެދުމުގައި ދެމިހުރެދާނެއެވެ.“ 

صحيح البخاري #6094 

- ޝައިޚް ޖަޢްފަރު މުޙައްމަދު ޢުޘްމާން 

- ހަދީޘްގެ ޝަރަޙަ އަޑުއައްސަވާލައްވަން:

 

މިއަދު އޮންލައިން