ދަރިންގެ މައްޗަށް ޝައިޠޯނާ ބާރުގަދަކުރީމާ ރުޅިއައުމާ ދެރަވުމުގެ ބަދަލުގަ އޮތީ އުފަންވުމުގެ ކުރިން ޝައިޠޯނާގެ ކިބައިން ހިމާޔަތްކުރުން! އެއީ ވަަރަށް ފަސޭހައިން ކުރެވެންވެސް އޮތްކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 40ސ
ދަރިންގެ މައްޗަށް ޝައިޠޯނާ ބާރުގަދަކުރީމާ ރުޅިއައުމާ ދެރަވުމުގެ ބަދަލުގަ އޮތީ އުފަންވުމުގެ ކުރިން ޝައިޠޯނާގެ ކިބައިން ހިމާޔަތްކުރުން! އެއީ ވަަރަށް ފަސޭހައިން ކުރެވެންވެސް އޮތްކަމެއް!

މިހާރަކަށް އައިސް ކޮންމެ ގެއަކަށް ވަދެލިޔަސް އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށް އޮންނާނީ ދަރިންގެ މައްސަލަތަކެވެ. ދަރިން ބަސްޤަބޫލުނުކޮށް ޝައިޠޯނާގެމަގުންދާ މައްސަލަތަކެވެ. މިމައްސަލައަށް ޙައްލުހޯދަން އެދިގެން ފުރަތަމަ ކުރަންޖެހޭ ކަންތައް ޙަދީޘްފުޅުން އެނގެން އެބައޮތެވެ. އެހެންވެ ކައިވެނިކޮށްގެން ތިބި އެންމެންނަށް އިލްތިމާސްކުރަން ބޭނުންވަނީ މިޙަދީޘްފުޅަށް ޢަމަލުކުރަމުން ގެންދިއުމެވެ. ކޮންމެ ރެއަކުވެސް މިދުޢާ ކިޔުމެވެ. އެއީ ދަރިއަކު ދެއްވަވާނެރޭ ނުއެނގޭނެތީއެވެ.   

މިދުޢާއަކީ ފިރިހެނާ އޭނާގެ އަނބިމީހާއާ ރޭކުރުމަށް އެދޭއިރު ކިޔުމަށް ޝަރުޢުކުރެވިފައިވާ ދުޢާއެވެ. އިބްނު ޢައްބާސް رضي الله عنهما ރިވާކުރައްވާފައިވާ ޙަދީޘްގައިވެއެވެ. 

(لَوْ أَنَّ أَحَدَكُمْ إِذَا أَرَادَ أَنْ يَأْتِىَ أَهْلَهُ قَالَ بِسْمِ اللَّهِ اللَّهُمَّ جَنِّبْنَا الشَّيْطَانَ وَجَنِّبِ الشَّيْطَانَ مَا رَزَقْتَنَا فَإِنَّهُ إِنْ قُضِيَ بَيْنَهُمَا وَلَدٌ فِى ذَلِكَ لَمْ يَضُرَّهُ الشَّيْطَانُ أَبَدًا). 

"متفق عليه، ورواه أصحاب السنن وغيره" 

މާނައީ: "ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ."

"ހަމަކަށަވަރުން ތިއަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަނބިމީހާއާ ޖިމާޢުވުމަށް ބޭނުންވެއްޖެ ހިނދު މިފަދައިން ބުނެފިނަމަ "އޭ މާތްﷲއެވެ. އަޅަމެން ޝައިތާނާ އާ ދުރުކޮށްދެއްވާނދޭވެ. އަދި އަޅަމެންނަށް ދެއްވާ ރިޒްޤުންވެސް (އެބަހީ: ދަރީންގެ ކިބައިން) ޝައިޠާނާ ދުރުކޮށް ދެއްވާނދޭވެ." ހަމަކަށަވަރުން އެދެމީހުންގެ ފަރާތުން ދަރިއެއް ލިބުމަށް މިންވަރު ކުރެވިފައިވާނަމަ އެކުއްޖާއަށް އެއްގޮތަކަށްވެސް ޝައިޠާނާގެ އުނދަގޫ ނުފޯރާނެއެވެ."

އަންހެންމީހާ އެދުޢާ ކީ ނަމަވެސް އެއީ މައްސަލައެއްނޫނެވެ. އެހެނީ އަޞްލަކީ [އެކަމަކީ ވަކިބަޔަކަށް] ޚާއްޞަކުރެވިފައިވާކަމެއްކަމުގައި ނުވުމެވެ.

 

- ދިސަލަފިއްޔާ

 

މިއަދު އޮންލައިން