ތިމާއަށް ލިބޭ ހެޔޮނަޞީޙަތް ޤަބޫލުކޮށް ޢަމަލުކުރުމަކީ ރިޒުޤް ތަނަވަސްވާ ސަބަބެއް! ޤަބޫނުލުކުރުމަކީ ބޮޑެތި ކޯފާ ލައްވަވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ތިމާއަށް ލިބޭ ހެޔޮނަޞީޙަތް ޤަބޫލުކޮށް ޢަމަލުކުރުމަކީ ރިޒުޤް ތަނަވަސްވާ ސަބަބެއް! ޤަބޫނުލުކުރުމަކީ ބޮޑެތި ކޯފާ ލައްވަވާ ކަމެއް!

"މީހަކު ހެޔޮ ނަޞީޙަތެއް ދީފިނަމަ އަޑުއެހުމަށްފަހު އެކަން ޤަބޫލުކުރާ ކަމަށް ނިކަން ފަސޭހައިން ބުނެއެ. ނަމަވެސް ފަހުން ހަނދާނެއްވެސް ނުހުރެއެވެ. އެގޮތަށް ކަންތައް ކުރި މީހުންނަށް ކަންކަން ވެގެންދިއަ ގޮތް އިސްވެދިއަ ޒަމާންތަކުން އެހުރީ ފެންނާށެވެ!  

ޞާލިޙްގެފާނުގެ ޤައުމުގެ މީހުންނަށް އެކަލޭގެފާނު ގޮވައިލެއްވެވި ގޮވައިލެއްވެވުން ޤަބޫލުނުކުރުމުގެ ސަބަބުން ކޯފާ ފޮނުއްވެވުމުން މީސްތަކުން މަރުވެގެން ބިންމައްޗަށް ވެއްޓިފައި ތިބިތަން ފެނިވަޑައިގަތުމުން އެކަލޭގެފާނު ވިދާޅުވިއެވެ. "ތިއަބައިމީހުންނަށް ތިމަންކަލޭގެފާނު ނަޞޭޙަތް ދެއްވެވީމެވެ. ތިއަބައިމީހުން ޤަބޫލުނުކުރީއެވެ.  

ޢުމަރުގެފާނު ވިދާޅުވެފައިވެއެވެ.

"މީސްތަކުންނަށް ހެޔޮ ނަޞޭޙަތް ނުދޭނަމަ އެބައެއްގެ ކިބައިގައި އެއްވެސް ހެޔޮކަމެއް ނުވެއެވެ. އަދި ދެވޭ ހެޔޮ ނަޞޭހަތް ޤަބޫލުނުކުރާނަމަ އެމީހާގެ ކިބައިގައިވެސް އެއްވެސް ހެޔޮކަމެއް ނުވެއެވެ."  

ޢުމަރުގެފާނުގެ މިބަސްފުޅުގެ މާނައަކީ ހެޔޮކަންކަމަށް ނަޞޭޙަތްދޭންޖެހޭނެ ކަމާއި ނަޞޭޙަތް ޤަބޫލުކުރަންވެސް ޖެހޭނެކަމެވެ. އެހެން ނޫންނަމަ އެބައެއްގެ ކިބައިން ހެޔޮކަން ނެތިގެން ހިނގައިދާނެކަމެވެ. މުޖުތަމައުގެ ކަންކަން އިޞްލާޙްވެ މީސްތަކުން ހެޔޮ ޢަމަލުކުރަމުން ގެންދާނީ އެބައެއްގެ ތެރޭގައި ނަޞޭހަތްދިނުމާއި ނަޞޭޙަތް ޤަބޫލުކުރުން އޮތްވަރެއްގެ މައްޗަށް ކަމެވެ. 

މުޅި އިސްލާމްދީން ބިނާވެގެންވަނީ ނަޞޭޙަތުގެ މައްޗަށެވެ. "ދީނަކީ ނަޞޭޙަތް" ކަމަށް ރަސުލް ޙަދީޘްފުޅުކުރައްވަވާފައި އޮތުމުން އެކަން އެނގިގެންދެއެވެ.  

ވީމާ ނަޞޭޙަތްދޭންވީ ވަކިމީހަކު ވަކިމީހަކަށް ނޫނެވެ. އެންމެން އެންމެންނަށެވެ. ފިރިމީހާ އަނބިދަރިންނަށެވެ. އަނބިން ފިރިމީހާއަށެވެ. ދަރިން މައިންބަފައިންނަށެވެ. ވީމާ އެއްވެސް މީހަކު ދީނުގައިވާ ކަންކަމަށް ނަޞޭޙަތް ދީފިނަމަ ޤަބޫލުކުރަންވާނެއެވެ. ޤަބޫލުކުރުމަކީ އަޑުއަހައި ޢަމަލުކުރުމެވެ. 

ނެޞޭޙަތަކީ ރިޒްޤް ކަމަށް ބުނެވެއެވެ. އެއީ މީސްތަކުން އިޞްލާޙްވާނީ ނަޞޭޙަތްދީގެންކަމަށްވެފައި ދެވޭ ހެޔޮ ނަޞޭޙަތް ޤަބޫލުކޮށް ޢަމަލުތައް އިޞްލާޙްކުރުމުން އެމީހަކަށް، އެބައަކަށް ﷲ ތައާލާ ރިޒްޤްތަނަވަސްކުރައްވަވައި ދެއްވަވާތީއެވެ.

 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން 

 

މިއަދު އޮންލައިން