މައިންބަފައިންނަށް ހެޔޮކޮށްހިތަންޖެހޭ ސަބަބު އެނގޭނަމަވެސް އެމީހުންގެ ހިތުގަ ޖެހޭނެ ކަމެއް ނުކުރާނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
މައިންބަފައިންނަށް ހެޔޮކޮށްހިތަންޖެހޭ ސަބަބު އެނގޭނަމަވެސް އެމީހުންގެ ހިތުގަ ޖެހޭނެ ކަމެއް ނުކުރާނެ!: މުފްތީ މެންކް

ﷲ ތަޢާލާއަށް އުރެދުމެއްނުވާ ކޮންމެ ކަމެއްގައިވެސް އޮޓީ މައިންބަފައިންގެ ބަސް ޤަބޫލުކުރުމެވެ. އުރެއްދުމެއްވާކަމެއްގައި ކިޔަމަންތެރިވުމެއް ނެތެވެ. އެކަމަކު އެޙާލަތުގައިވެސް އެމީހުންނާ މުޢާމަލާތުކުރަންވާނީ އޯގާތެރިކަމާއިއެކުގައެވެ.  

މިނަޞީޙަތްދިނުމުން އެހާބޮޑު ޤަދަރެއް އެމީހުންނަށް ދޭންޖެހޭ ސަބަބާއިމެދު ސުވާލުކުރާ މީހުންނަށް އޮތްޖަވާބުވެސް ބުނެލާނަމެވެ!  

ތިބާ އުފެއްދެވީ ކޮންފަރާތަކުން ހެއްޔެވެ؟ ޖަވާބަކީ ﷲ ތަޢާލާއެވެ! ތިބާ ދުނިޔެއަށް އުފަންވުމަށް މެދުވެރިކުރެއްވެވީ ކޮންގޮތަކުން ހެއްޔެވެ؟ ޖަވާބަކީ މައިންބަފައިން މެދުވެރިކުރައްވަވައެވެ. މައިންބަފައިން އިޚްތިޔާރުކުރެއްވެވީ ކޮންފަރާތަކުން ހެއްޔެވެ؟ ޖަވާބަކީ ﷲ ތަޢާލާއެވެ.  

ﷲ ތަޢާލާއަށްފަހު މައިންބަފައިންނަށް އިސްކަންދޭންޖެހޭ ސަބަބަކީ މިއީއެވެ. އެއީ އެއްވެސް މީހެއްގެ އެއްވެސް ބާރެއް އޮތް ކަމަކަށްނުވާތީއެވެ. ﷲ ތަޢާލާގެ ނިންމެވުމަކަށްވާތީއެވެ.  

އަހުރެން އުންމީދުކުރަނީ މިވަރުންވެސް މައިންބަފައިންނަށް ހެޔޮކޮށްހިތަންޖެހޭ ސަބަބާއި އެމީހުންގެ ހިތުގައި ޖެހޭނެ ކަމެއް ކޮށްގެން ނުވާނެ ސަބަބު ވިސްނޭނެ ކަމަށެވެ. ނިންމާލަމުންވެސް ހަނދުމަކޮށްލައިދޭނަމެވެ. އެއީ އެއްވެސް މީހަކަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ﷲ ތަޢާލާގެ ނިންމެވުމެކެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން