ނަމާދުގެ ފަހުން ކުރާ ޛިކުރުތައް ކިޔުމުގެ ޢަދަދާ ހުރި ލުއި ގޮތްތައް!-: ޝައިޚް އާސިމް އަލްޙަކީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 38ސ
ނަމާދުގެ ފަހުން ކުރާ ޛިކުރުތައް ކިޔުމުގެ ޢަދަދާ ހުރި ލުއި ގޮތްތައް!-: ޝައިޚް އާސިމް އަލްޙަކީމް

ޢާއިޝަތު ރަފާޙް ޢަލީ

 

ޝެއިޚް "އުއްމު މާލިކާ ރިވާކުރައްވާފައިވާ ޙަދީޘަކާ ބެހޭގޮތުން ސުވާލެއް ކޮށްލަން ބޭނުންވެއެވެ. އެ ޙަދީޘުގައި ވަނީ، އެކަމަނާ ނަބިއްޔާ ﷺ ގެ އަރިހުން ނަމާދުގައި ކިޔާނެ އެއްޗެއް އުނގަންނަވައިދެއްވުމަށް އެދިވަޑައިގަތް ކަމަށާއި، އޭގެ މައްޗަށް ނަބިއްޔާ ﷺ އެކަމަނާއަށް 'ސުބްޙާނަﷲ'، الحمد لله 'ﷲ އަކްބަރު' މި ތިން ޛިކުރު، ކޮންމެ ޛިކުރެއް 10 ފަހަރު ކިޔުމަށް އަންގަވާފައިވާ ކަމަށެވެ.

މި ޙަދީޘާ ގުޅިގެން، ޢިލްމުވެރިންގެ ތެރެއިން އެއް ބޭފުޅަކު އަޅުގަނޑުމެންނަށް އުނގަންނައިދެއްވާފައިވަނީ، މި ޛިކުރުތައް ކިޔަންވާނީ ތަޝައްހުދުގައި ސަލާމްދިނުމުގެ ކުރިން ކަމަށެވެ. އެހެންކަމުން، އަޅުގަނޑުގެ ސުވާލަކީ، މިއީ ޞައްޙަ ގޮތްތޯ ނުވަތަ މި ޛިކުރުތައް ކިޔަންވާނީ ސަލާމްދިނުމަށްފަހުގައިތޯއެވެ؟" 

ޖަވާބު:

އެންމެ ފުރަތަމަ އަޅުގަނޑު ޙަދީޘްތަކަށް ރުޖޫޢަވާން ޖެހެއެވެ. އަޅުގަނޑުގެ ހަނދާން ކުރިއާ އަޅާބަލާއިރު ބަލިކަށިވެފައިވާކަން ފާހަގަކުރަމެވެ. އެހެންނަމަވެސް، އަޅުގަނޑު الحمد لله މި މަޢުލޫމާތު އަޅުގަނޑުގެ ޔޫޓިއުބް ޗެނަލްގައި އަދި ހުދާ ޗެނަލްގައިވެސް ލިބެން ހުންނާނެއެވެ. އަދި ޒާދް ޓީވީ ޗެނަލްގައިވެސް ހުރެދާނެ ކަމަށް ލަފާކުރެވެއެވެ. އަޅުގަނޑަށް ހަނދާން ނެތިއްޖެކަން ފާހަގަކުރަމެވެ.  

ސުބްޙާނަﷲ., الحمد لله ، الله އަކްބަރު" 10 ފަހަރު ކިޔުމަކީ ޞައްޙަ އަދި ނަމާދުން ސަލާމްދިނުމަށްފަހު ކިޔާ ޛިކުރެކެވެ. މިކަން އަޅުގަނޑުމެން އެތައް ފަހަރަކު ބަޔާންކޮށްފައިވާނެއެވެ. އަޅުގަނޑުމެންނަށް "ސުބްޙާނަﷲ"، الحمد لله " الله  އަކްބަރު" 33 ފަހަރު ކިޔުމަށްފަހު، އެއީ އެއް ވިރުދު ކަމުގައި ބެލިދާނެއެވެ. ނުވަތަ "ސުބްޙާނަﷲ" 33 ފަހަރު، " الحمد لله 33 ފަހަރު، " الله  އަކްބަރު" 34 ފަހަރު ކިޔުމަކީވެސް ޞައްޙަ ގޮތެކެވެ. މިއީ އަޅުގަނޑުމެން ނިދަން އޮށޯތުމުގެ ކުރިން ކިޔާ ގޮތާ އެއްގޮތް ޛިކުރެކެވެ. އަދި "ސުބްޙާނަﷲ"، الله އަކްބަރު" 10 ފަހަރު ކިޔުމަކީވެސް ޞައްޙަ ގޮތެކެވެ. 

މީގެ އިތުރުން، 25 ފަހަރު ކިޔުމުގެ ގޮތްވެސް ވާރިދުވެފައިވެއެވެ. މި ހުރިހާ ގޮތަކީވެސް ތަފާތު ވައްތަރުތަކެކެވެ. الحمد لله މި ހުރިހާ ގޮތަކީވެސް ޤަބޫލުކުރެވޭ އަދި ޞައްޙަ ގޮތްތަކެކެވެ. އެހެންނަމަވެސް، މި ވަކި ޛިކުރު ސަލާމްދިނުމުގެ ކުރިން ކިޔަންޖެހޭތޯ ބަލާއިރު، ސަލާމްދިނުމުގެ ކުރިން ކިޔަންޖެހޭ އެއްވެސް ވަކި ޛިކުރެއް އަޅުގަނޑަކަށް އެނގިފައެއް ނުވެއެވެ. މިއީ ނަމާދު ފެށުމުގެ ޛިކުރުގެ ގޮތުގައި ފުރަތަމަ ރަކުޢަތުން ފެށިގެން ކިޔަންޖެހޭ އެއްޗެއްތޯ އަޅުގަނޑު އަލުން ބަލައި ޗެކްކުރަން ޖެހެއެވެ.  

މިލިޔުން ނުވަތަ މިބަސްކޮޅު މިގެނެސްދިނީ ކަންއޮތްގޮތް ރަނގަޅަށް އޮޅުން ނުފިލުވައި އަލަށް ފެންނަ ގޮތްގޮތަށް މީހުން ކަންތައްތައް ބަދަލުކުރާތީ އެހީއެއްގެ ގޮތުންނެވެ. މިބަސްފުޅުން އެނގިގެން މިދަނީ އަޅުގަނޑުމެން މިހާރުވެސް ކިޔަމުންމިގެންދަނީ ހަމަ ރަނގަޅަށްކަމުގައެވެ. މިޛިކުރުތައް ކިޔަން އޮތީ ނަމާދަށްފަހުގައި ކަމެވެ.

 

- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

މިއަދު އޮންލައިން