ކިތަންމެ ލޯބިން އެކުގަ އުޅުނަސް ކޮންމެ މީހަކުވެސް ބައިވެރިޔާއާ މި 2 ސުވާލުކުރާނަމަ ދިރިއުޅުމުގަ ޖެހޭނެ މައްސަލައެއް ނުއޮންނާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ކިތަންމެ ލޯބިން އެކުގަ އުޅުނަސް ކޮންމެ މީހަކުވެސް ބައިވެރިޔާއާ މި 2 ސުވާލުކުރާނަމަ ދިރިއުޅުމުގަ ޖެހޭނެ މައްސަލައެއް ނުއޮންނާނެ!

ކޮންމެ މީހެއްގެ ވިސްނުމަށްވެސް އަބަދުވެސް ބަދަލުތަކެއް އަންނާނެއެވެ. ބޭނުންވާ ކަންކަމާއި ގޮތްވެސް ތަފާތުވާނެއެވެ. ވީމާ ކިތަންމެ ލޯބިން އެކުގައި އުޅުނަސް ކޮންމެ ދުވަހަކުވެސް ބައިވެރިޔާއާއި ދެމީހުންވެސް 2 ސުވާލެއް ކުރަން އެބަޖެހެއެވެ.  

-- ފުރަތަމަ ސުވާލަކީ އަހުރެންނަށް މިއަދު ކުށެއް ކުރެވުނު ހެއްޔެވެ؟

-- ތިބާއަށް އިތުރަށް އުފާވެރިކަން ލިބޭނީ ކޮންކަމަކުން ހެއްޔެވެ؟  

މިއީ ވަރަށް އާދައިގެ 2 ސުވާލެވެ. އެކަމަކު ބުނަންހެއްޔެވެ؟ މި ދެ ސުވާލުކޮށް ޖަވާބުހޯދަމުން ގެންދާނަމަ ދެމަފިރިންގެ މެދުގައި މައްސަލަ ޖެހެންޖެހޭނެ ކަމެއް ކުރިމައްޗެއް ނުވާނެއެވެ. ބުނަންހެއްޔެވެ؟ ސުވާލުކުރުމަކުން އެކަނި ނުފުދޭނެއެވެ. އަނެކާގެ ސުވާލަށް ޖަވާބުދޭންވާނެއެވެ. އަދި އަނެކާ ދައްކާ ވާހަކަ ކެތްތެރިކަމާއިއެކު ރަނގަޅަށް އަޑުއަހަންވާނެއެވެ.  

އެއްދުވަހަކު އަނބިމީހާ "އަހުރެންނަށް މިއަދު ކުށެއް ކުރެވުނުތޯ؟" ސުވާލުކުރުމުން ފިރިމީހާ ބުނީ މިއަދު ހިނިތުންވީ މާމަދުން ކަމަށެވެ. ޖަވާބުގައި އަނބިމީހާ ބުންޏެވެ. "ކޮންމެ ދުވަހަކު ހަނދާންކޮށްދޭއިރުވެސް ދެއުނދުނުން އެއް އުނދުން ހަލާކުވެފައި ހުންނަތާ ހަފްތާއެއްވީއެވެ." އަނބިމިހާގެ ޖަވާބާއިއެކު ފިރިމީހާ ގެއިން ނުކުމެގެންގޮސްފައި އެނބުރި އައީ އުނދުނެއް ގަނެގެންނެވެ. އައިސް ބުންޏެވެ. "ވަޤުތުވީމާ އެއުނދުން ހަދައި އެއް އުދުން ރިޒާވުގަ ބައިންދާނީއެވެ."  

މި ދެ ސުވާލުކުރެވެމުން އަންނަ ނަމަ މިފަދަ ކަންކަން ޙައްލުކުރަންވެސް ފަސޭހަވާނެއެވެ. ނުވެ ހުންނަ ކަންކަން ހިތުގައި އަޅައިގެން ތިބޭކަށްވެސް ނުޖެހޭނެއެވެ. ބައިވެރިޔާއަށް ބޭނުންވާ ބަދަލުތައް ގެންނަންވެސް ފަސޭހަވެގެންދާނެއެވެ. ނަތީޖާއަކަށްވާނީ އުފަލުގައި ދިރިއުޅެވުމެވެ.

 

- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން