ދުނިޔޭގެ ކާމިޔާބީއަށް ބޭނުންވާނަމަ ފުރަތަމަކަމަކަށް ފަރުޟާ ސުންނަތް ނަމާދުތަކަށް މިމަގުން ރައްކައުތެރިވެ ޢަޖުމަބަލައިލަބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ދުނިޔޭގެ ކާމިޔާބީއަށް ބޭނުންވާނަމަ ފުރަތަމަކަމަކަށް ފަރުޟާ ސުންނަތް ނަމާދުތަކަށް މިމަގުން ރައްކައުތެރިވެ ޢަޖުމަބަލައިލަބަލަ!

އެކި މީހުންނަށް ހުންނާނީ އެކި މައްސަލަތަކެވެ.

އެކި މިންވަރަށެވެ. ދިރިއުޅުމުގައި ކޮންމެވެސް މައްސަލަތަކެއް ކުރިމަތިވެފައި ނުވާ މީހަކު ހުންނާނެ ކަމަށް ބުނަން އުނދަގުލެވެ. ކިތަންމެ ކުޑަނަމަވެސް އަދި ބޮޑު ނަމަވެސް އެއްވެސް ބާވަތެއްގެ މައްސަލައެއް އެއްވެސް މިންވަރަކަށް ކުރިމަތިވެއްޖެނަމަ އެކަމަކަށް ޙައްލު ބޭނުން ނުވާނެ ހަމައެކަކުވެސް ނުހުންނާނެއެވެ.  

ދުނިޔޭގެ ކާމިޔާބީ ލިބެން އޮތީވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންނެވެ/ ﷲ ތައާލާގެ ރުހިވޮޑިގަތުން އެންމެ ބޮޑަށް ލިބޭނީ ފަރުޟު ނަމާދަށް ރައްކައުތެރިވާ މީހާއަށެވެ. ބަންގިއަށް ވަގުތުން އިޖާބަދޭ މީހުންނަށެވެ. ފަރުޟްނަމާދުތައް ބަރާބަރަށް ކުރެވެން ފެށުމުން ސުންނަތް ނަމާދުތަކަށް ފަށާށެވެ. ފުރަތަމަ ރަވާތިބް ސުންނަތްތަކެވެ. އެއަށްފަހު ޟުޙާނަމާދަށާއި ވިތުރިއަށް ސަމާލުކަންދޭށެވެ. ދެން ތަހައްޖުދުނަމާދުކުރަން ފަށާށެވެ.  

މިބުނި މަގުން ނަމާދުތަކަށް އިސްކަންދޭ މީހާގެ އެހެން އަމަލުތައްވެސް ދާނީ ފުރިހަމަވަމުންނެވެ.

ނަމާދުތައް ބަރާބަރަށް ކުރާމީހާ ކީރިތި ޤްރުއާން ކިޔަވާ ހިތްވާނެއެވެ. މިސްކިތުގައި ނުވަތަ މުސައްލަމަތީގައި މަޑުކޮށްލަން ބޭނުންވާނެއެވެ. އަދި ތަނަވަސްކަން ހުރި ނަމަ ޞަދަޤާތް ކުރަން ވެސް ބޭނުންވާނެއެވެ.  އެހެނިހެން ހެޔޮ އަމަލުތައް ކުރުން ވެސް އިތުރުކުރަން ބޭނުންވާނެއެވެ. ވީމާ ކޮންމެ ގޮތަކުން ނަމަވެސް ނަމާދުތަކަށް ސަމާލުކަން ދިނުން އިތުރުކުރަން މަސައްކަތްކުރާށެވެ! ތަފާތު ފެންނާނެއެވެ! ތަޖުރިބާކޮށްލާފައި ނިކަން ބުނެބަލާށެވެ! މިބުނި މަގުން ނަމާދުތަކަށް ސަމާލުކަން ދިނުމުން ދިރިއުޅުމަށް ހެޔޮ ބަދަލުތައް ނައިމީހަކާއި އަދި ބައްދަވެފައެއް ނެތެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން