ޢާއިލާއަށް ނުބައި މީހަކަށްވެގެން ތިމާއަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ބޭނުންވާ މީހަކަށް ނުވެވޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ޢާއިލާއަށް ނުބައި މީހަކަށްވެގެން ތިމާއަކީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ބޭނުންވާ މީހަކަށް ނުވެވޭނެ!: މުފްތީ މެންކް

ފުރަތަމަވެސް ވިސްނައިލާށެވެ! އަހުރެމެން އެންމެ ބޮޑަށް މަސައްކަތްކުރަންޖެހޭ ކަމަކީ ﷲ ތަޢާލާގެ ރިހިވޮޑިގަތުން ލިބުމަށް ކުރަންޖެހޭ ކަންކަމެވެ. އެކަމަށް ކުރަން އޮތް އެންމެ ބޮޑުކަމަކީ ﷲ ތަޢާލާ އުފެއްދެވި އެންމެހައި މަޚްލޫޤުންނަށް ހެޔޮކޮށް ހިތުމެވެ. ޚާއްޞަކޮށް އެންމެހައި މީސްތަކުންނަށް ހެޔޮކޮށް ހިތުމެވެ. ވަކިން ޚާއްޞަކޮށް އެމީހެއްގެ ޢާއިލާއަށް ހެޔޮކޮށް ހިތުމެވެ.

ދެން ނިކަން ބުނެބަލާށެވެ! މައިންބަފައިންނަށާއި ރަޙިމުގެ ގުޅުން ބަހައްޓަންޖެހޭ މީހުންނަށާއި އަނބިދަރިންނަށް ހެޔޮކޮށްހިތައިގެން ނޫނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން އެމީހަކަށް ލިބޭނީ ކޮންގޮތަކުން ހެއްޔެވެ؟  

ރަޙިމުގެ ގުޅުން ކަނޑައިފިމީހަކަށް ﷲ ތަޢާލާ ގުޅުން ކަނޑުވައްވަވާނެކަން އެނގެން އެބައޮތެވެ. ދެން އޮތީ ދަރިންނާއި އޮންނަންޖެހޭ ގުޅުމެވެ. އެގުޅުމަކީ ލޭގެ ގުޅުމެކެވެ. ދަރިފުޅު އުފެދުމުގެ އަޞްލަކީ ތިބާގެ ލޭކަމަށްވާތީއެވެ. އެހެންކަމަށްވާއިރު އެގުޅުމުގެ ބުރަދަން ކުޑަވާނެ ކަމަށް ހީކުރަނީ ހެއްޔެވެ؟  

ދެން ބަލައިލަންވީ ދެމަފިރިންގެ ގުޅުމަށެވެ. ދެމަފިރިން ކަމަށްމިވަނީ ﷲ ތަޢާލާގެ ނަންފުޅުގައެވެ. ދެމަފިރިން އެކަކު އަނެކަކު ބަލައިގަންނަނީ އެކަމުގެ ތެރެއިންނެވެ. ވީއިރު ދެމަފިރިންގެ މެދުގައި އޮންނަންޖެހޭ ގުޅުމުގެ މަތިވެރިކަން ކުޑަވާނެކަމަށް ހީކުރަނީ ހެއްޔެވެ؟  

ލޮބުވެތި އެކުވެރިންނޭވެ! މިބަޔާންކުރި ކަންކަމަށް ވިސްނައި ތިމާ ގުޅުން ބާއްވަންޖެހޭ އެންމެންނާއިވެސް ގުޅުން ބާއްވައިގެން ދިރިއުޅެން މަސައްކަތްކުރާށެވެ! އެއިރުން އެމީހެއްގެ ދިރިއުޅުމުގައި ﷲ ތަޢާލާ ބަރަކާތް ލައްވަވާނެތެވެ. އިން ޝާ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން