އެންމެ ގިނަ ބައެއްގެ އޮތް އެންމެ ބޮޑު އެއްކަންބޮޑުވުމަކީ ކައިވެނީގެ ތެރެއިން ލިބެންޖެހޭ އުފާވެރިކަން ނުލިބުމެވެ. ބައިވެރިޔާގެ ކިބައިން ލިބެން ބޭނުންވާ އުފާވެރިކަން ނުލިބުމެވެ. ތިރީގައި އެވަނީ އެކަމަށް އޮތް އެންމެ ބޮޑު ހުރަސް ބަޔާންކުރައްވައި ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް ދެއްވާފައިވާ ދަރުސެއްގެ ބައެކެވެ.
ދެމަފިރިންގެ ދިރިއުޅުން އުފާވެރިކޮށް ކުރިޔަށް ގެންދަން ބޭނުންވަންޏާ ބޭފުޅުންނޭ ދެމީހުންނަށް ހުސްވަޤުތު އެބަބޭނުންވޭ، ހުސްވަޤުތު އެބަބޭނުންވޭ ދެމީހުން އެކަނި ވަޤުތު އެބަހޭދަކުރަންޖެހޭ. އެވަރިހަމަ ދަރިން ތިއްބަސް ދަރިންނާވެސް ވަކިން ހޭދަ ކުރާނެ ވަޤުތު އެދެމީހުނަށް އެބަލިބެންޖެހޭ.
ހަމައެކަނި ދެމީހުންނާ ދިމާވަނީ ނިދާގަޑީގަ ކަމަށް ވެގެންނެއް ކަމަކު ނުދާނެ އޭގެބަދަލުގާ ވަޤުތުކޮޅެއް އުފާވެރިކޮށް ވާހަކަދައްކާލާ މުޢާމަލާތްތައް ކުރާނެ އުފާވެރި ވަޤުތު ދެމީހުންނަށް އެބަބޭނުންވޭ ނަބިއްޔާ ﷺ އެކަލޭގެފާނުގެ މަސްއޫލިއްޔަތު ތަކާ ޒިންމާ ތަކާ ހުރިހާކަމެއް އެހާބޮޑުކޮށް އޮތްއިރުވެސް އެކަލޭގެފާނު މިކަންކަމަށް ރިޢާޔަތްކޮށްފަ ހުރި މިންވަރަކީ އާދަޔާޚިލާފު މިންވަރެއް.
ހަބަސީންގެ ހަބަޝްކަރައިގެ މީހުން މިސްކިތުގެތެރޭގައި ހަނގުރާމައިގެ އުކުޅުތަކެއް ދައްކާލި ދުވަހެއްގައި ނަބިއްޔާ ﷺ ގެ ފަހަތްޕުޅުގާ ހުންނަވައިގެން އެކަލޭގެފާނުގެ އަނބިކަނބަލުން ޢާއިޝާ ރަޟިޔަﷲ ތަޢާލާ އެކުޅިވަރުތައް ބެއްލެވި އެކަމަނާ ވިދާޅުވަނީ ތިމަންނާ ދާންވެގެން ދަންދެން ނަބިއްޔާ ﷺ ހުންނެވިކަމަށް. ވިދާޅެއްނުވޭ ޢާއިޝާއޭ ދެން ތިމަންނައަކަށް ނުހުރެވޭނޭ ދާންވެއްޖޭ ހިނގާށޭދާން އެކަމަނާ ވިދާޅުވަނީ ތިމަންނާކަހަލަ ޢުމުރުން ހަގުކުއްޖަކު އެކަހަލަ ކަންކަމަށް ކިހާ ޝައުޤުވެރިކަން ހުންނާނެހޭ؟ ނަބިއްޔާ ﷺ ވިދާޅެއްނުވޭ މެދުކަނޑުއްވައެއް ނުލައްވާ އެކަމަނާ ނިމިގެން ދާންވީމަ ދެން އެކަލޭގެފާނު ވަޑައިގަތީ.
ހަމަ އެގޮތަށް ވަޤުތު ދެއްވުމުގާ އަނެއް މިސާލަކީ ޢާއިޝަތުގެފާނު އެއްފަހަރެއްގާ ކިޔައިދެއްވަނީ ވަރަށްދިގު ވާހަކައެއް 10 އަންހެނުން އެމީހުންގެ ފިރިންނާ ދިމާވި ކަންކަމުގެ ވާހަކަތަކެއް އެހުރިހާ ވާހަކައެއް ކޮންމެމީހެއްގެ ކަންކަން ހުރިގޮތާ ވަރަށް ތަފްސީލުކޮށް އެވާހަކަތައް ކިޔައިދެއްވަނީ ރަސޫލުﷲ ﷺ އަޑުއައްސަވަނީ އެއްގޮތަކަށްވެސް ވާހަކަ މެދުކަނޑައެއް ނުލައްވަވާ.
ނިމުނީމާ ވިދާޅުވަނީ އެވާހަކައިގެ ތެރޭގައައި އެންމެ ރަނގަޅު މީހަކީ އަބޫޒަރަޢަ ކިޔޭމީހެއް. އޭނާގެ އަނބިކަބަލުންނަކީ އުއްމު ޒަރަޢަ ޙަދީޘް ކުރެއްވީ ތިމަނާ ކަމަނާއާމެދުގާ މުޢާމަލާތް މިކުރަނީ އަބޫޒައްރު އުއްމު ޒައްރުއާ ދޭތެރޭގައި މުޢާމަލާތް ކުރިގޮތަށޭ. ވަރަށް ދީލަތި ވަރަށް އަޅާލާ ވަރަށް އެހީތެރިކަން އެކަމަކު ތަފާތަކީ ފަހުގަޑީގާ އަބޫޒައްރު އުއްމުޒައްރު ވަރިކުރުމޭ. ތިމަންނަ ކަމަނާ ވަރިއެއް ނުކުރަމޭ،
މާނައަކީ: ނަބިއްޔާ ﷺ އަޅުގަނޑު މީގާ ނުކުތާއަކީ، ވަގުތުދެއްވާ، އަޑުއައްސަވާ، އަންހެނެއްގެ އެވާހަކަތަކާ ކަންކަމާ އިޙްސާސްތަކާ އެކަންކަމަށް ވަޤުތުދިނުން ބައެއްފަހަރަށް ބައެއް ފިރިންނަށް އެއީ އެހާ މުހިންމު ކަމެއްކަމަށް ނުވޭ އެއީދެން ކޮންކަމެއްހޭ؟ ދެންމިހާރު ދުނިޔޭގަދިރިއުޅެ އަހަރެމެން މިހާރު މިތިބީ މުސްކުޅިވެފައޭ. ތިވާހަކަ ކޮންވާހަކައެއްހޭ މިހާރު، އެގޮތަކަށް ދިރިއުޅުމެއް ކަމަކު ނުދާނެ، ދިރިއުޅުމުގަ ވަޤުތުދޭންޖެހޭނެ، އަޑުއަހަން ޖެހޭ، ފިރިމީހާގެ ވާހަކަ އަނބިމީހާ އަޑުއަހަންޖެހޭ، އަނބި މީހާގެ ވާހަކަ ފިރިމީހާ އަޑުއަހަން އެބަޖެހޭ.
- ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން