ތިމާކުރާ ދުޢާ އިޖާބަ ކުރެއްވެޗުމަށާ އެކަން އަވަސްވުމަށް އެދޭމީހާ ފުރަތަމަ ކަމަކަށްވެސް އެދުވަހަކު ތިމާ އަދާކުރަންޖެހޭ ވާޖިބްތައް އަދާކުރުމަށް ފަރުވާތެރިވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ތިމާކުރާ ދުޢާ އިޖާބަ ކުރެއްވެޗުމަށާ އެކަން
އަވަސްވުމަށް އެދޭމީހާ ފުރަތަމަ ކަމަކަށްވެސް އެދުވަހަކު ތިމާ އަދާކުރަންޖެހޭ
ވާޖިބްތައް އަދާކުރުމަށް ފަރުވާތެރިވާށެވެ!


ގިނަ ބައަކު އެމީހުންނަށް މިއަދު ކުރަން ޖެހޭ އަޅުކަން މާދަމާއަށް އެބަ ލަސްކުރެއެވެ. އެފަދަ މީހުންވެސް ދުޢާ ކުރާއިރު މިއެދެނީ މިހިނދުން މިހިނދަށް އިޖާބަކޮށް ދެއްވެވުމަށެވެ. މިއީ ކިހިނަކުން ކުރެވޭނެ ކަމެއް ހެއްޔެވެ؟

މިއަދު ކުރަން ޖެހޭ އެއްވެސް އަޅުކަމެއް މާދަމާއަށް

ލަސް ނުކުރާށެވެ! އެއިރުން އެވާގޮތަކީ އެއް ދުވަސް ފަހަތަށް ޖެހެވެނީއެވެ. ހަމައެކަނި އެއް ދުވަހެއް ނޫނެވެ. އެގޮތަށް މާދަމާ ކުރަން ބެހެއްޓޭ ގިނަ ކަންތައްތައް ނުކުރެވި ހުރުމުގެ ސަބަބުން ކޮންމެ އަހަރެއް ނިމިގެންދާއިރު އޮންނަނީ އެތައް ދުވަހެއް ފަހަތަށް ޖެހެވިފައެވެ.

ޙަޤީޤަތުގައި މިއަދު ކުރަންޖެހޭ އަޅުކަން ނުކޮށް މާދަމާ ކުރަން ލަސްކުރަނީ ﷲ ތައާލާ މިއަދު ތިބާއަށް ދެއްވަވާފައިވާ ނިޢްމަތްތައް އިޙްޞާޞް ނުކުރެވޭ މީހުންނެވެ. ތިމާއަށް މިއަދުވެސް މިވަނީ އެތައް ބައިވަރު ނިޢްމަތްތައް ދެއްވަވާފައިކަމާއި އެކަންކަމަށް ޝުކުރުވެރިވާން ޖެހޭނެކަން ޤަބޫލުކުރެވޭނަމަ މިއަދު ކުރަން ޖެހޭ އެއްވެސް އަޅުކަމެއް މާދަމާއަށް ލަހެއް ނުކުރާނެއެވެ. ވީމާ ބަންޑެލި ޖަހައި އަޅުކަންތައްތައް މާދަމާއަށް ލަސްކުރާ މީހަކަށް ނުވާށެވެ!  

ކުޑަކުޑަ ހެއްކެއް ދައްކައިފާނަމެވެ. މާދަމާ ކިޔަވާލަން، ނުވަތަ މާދަމާ އިތުރަށް ކިޔަވައިލަން ތިބޭ މީހުންނަށް އަދި އޮންނާނީ ހަމަ އެއްވެސް ވަރެއް ނުކުރެވިފައެވެ. ނަމަވެސް އެންމެ ކުޑަމިނުން ކީރިތި ޤްރުއާނުން އެންމެ ފޮތެއް ނަމަވެސް ޤަވާއިދުން ކިޔަވަމުންދާ މީހާއަށް ދާނީ ދުވާލަކު ފޮތެއް ކިޔެވެމުންނެވެ. މަސްނިމޭއިރު ޚަޠިމެއް ކުރެވޭނެއެވެ. އިން ޝާ ﷲ

--މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން