އެމީހެއްގެ މިތުރަކަށް މިދެކަލިމަ ހަދައި ޛިކުރުކުރުން ގިނަކޮށްފި މީހާގެ މީޒާން އެމީހެއްގެ ކޮޅަށް ބޮޑުތަނުން ބަރުވެގެންދާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
އެމީހެއްގެ މިތުރަކަށް މިދެކަލިމަ ހަދައި ޛިކުރުކުރުން ގިނަކޮށްފި މީހާގެ މީޒާން އެމީހެއްގެ ކޮޅަށް ބޮޑުތަނުން ބަރުވެގެންދާނެ! އިން ޝާ ﷲ

ނަމާދުން ބޭރުގައި ވަގުތުހޭދަކުރާގޮތާއި ކުކުރެވޭ ކަންކަމަށް ވިސްނަންވާނެއެވެ. ނިކަން ބުނެބަލާށެވެ!  މިތަނުގައި ތމިތިބަ މީހުންގެ ތެރެއިން ނަމާދުން ބޭރުގައި މިއަދު ކިތައް މީހުން ﷲ ތައާލާއަށް ޛިކްރު ކުރިންހެއްޔެވެ؟  

ﷲ ތައާލާގެ މަތިން ގިނަގިނައިން ހަނދުމަކޮށް ޛިކްރް ނުކުރާ މީހަކު ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދޭނީ ކިހިނަކުން ހެއްޔެވެ؟ ޛިކްރް ކުރުމަކީ އެއްވެސް ބުރަކަމެއް ނޫނެވެ. ނުހަނު ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. މިސާލަކަށް

سُبْحَانَ اللَّهِ  وبِحَمْدِهِ  سُبْحَانَ اللَّهِ الْعَظِيمِ މިދެކަލިމައަށް ވިސްނައިލާށެވެ. ދޫމައްޗަށް ކިހައި ފަސޭހަ ހެއްޔެވެ؟ ނަމަވެސް މިއީ މީޒާނުގައި އިންތިހާއަށް ބުރަ ދެ ކަލިކަމަށް ރަސޫލް ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ.  

ދޫމައްޗަށް ނުހަނު ފަސޭހަ މިފަދަ މަތިވެރި އެތައްބައިވަރު ޛިކުރުތައް ސުންނަތުން އެނގެން އޮތްއިރު، އަދި ދަސްކޮށްގެން ތިބެމެ ޢަމަލު ނުކުރީމާ ޤިޔާމަތްދުވަހު ކުރާނީ ކޮން ފައިދާއެއް ހެއްޔެވެ؟ ޢުމުރުގެ ކުރުކަން ވޒަންކޮށް ހެޔޮ ޢަމަލުތައްކުރުން ގިނަކުރާށެވެ!  

އެމީހެއްގެ މިތުރަކަށް މިދެކަލިމަ ހަދައި ޛިކުރުކުރުން ގިނަކޮށްފި މީހާގެ މީޒާން އެމީހެއްގެ ކޮޅަށް ބޮޑުތަނުން ބަރުވެގެންދާނެއެވެ! އިން ޝާ ﷲ. ވަޤުތު ލިބިގެން ކޮންމެހެން 100 ފަހަރު ކިޔަން މަޑުނުކުރާށެވެ! އެންމެ ފަހަރަކު ނަމަވެސް، 3 ފަހަރުނަމަވެސް އަދި ގިނައިންނަމަވެސް ކިޔުންމަތީގައި ދެމިހުންނާށެވެ! ޤިޔާމަތްދުވަހު ލައްވަވާނެ ބޮޑު ރަޙްމަތަށް އެދޭށެވެ!

 

- އިސްލާމީ ތިލަފަތު ގެދަރުސަކުން

 

މިއަދު އޮންލައިން