ކައިވެނީގަ ދެމީހުންގެ މަޤާމު ތަފާތު! ކައިވެނި ކާމިޔާބުކުރެވޭނީ ދެމީހުންވެސް އަނެކާގެ ދަރަޖައަށް ޤަދަރުކުރިވަރަކުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ކައިވެނީގަ ދެމީހުންގެ މަޤާމު ތަފާތު! ކައިވެނި ކާމިޔާބުކުރެވޭނީ ދެމީހުންވެސް އަނެކާގެ ދަރަޖައަށް ޤަދަރުކުރިވަރަކުން!

 

ކިތަންމެ ލޯބިން އެކުގައި އުޅުނަސް ކައިވެނީގައި ދެމީހުންގެ މަޤާމު ތަފާތެވެ. ލޯބިން އުޅޭތީ އެކަކު އަނެކަކަށް އެހީތެރިވެދިނުމަކީ ތަފާތުކަމެކެވެ. ނަމަވެސް އެއީ އަނެކާގެ ދަރަޖަ އޮޅުވާލައިގެންވާނެ ކަމެއް ނޫނެވެ. ކައިވެންޏަށްފަހު ދެމީހުން އުފުލަން ޖެހޭ މަސްއޫލިއްޔަތު ތަފާތުވެގެންދަނީ މި ސަބަބަށްޓަކައެވެ.  

އެހެންކަމާއިއެކުވެސް މިކަންކަން ގިނަބައަކަށް އޮޅިފައި އޮންނާތީ މިގެނެސްދެނީ ކޮންމެ ދެމަފިރިއަކުވެސް ދަސްކުރަންޖެހޭ ފިލާވަޅެކެވެ. އިން ޝާ ﷲ  

ބޭކަލުންނޭ! ފިރިމީހާ އޭނަގެ މަޤާމް، އަނބިމީހާ އޭނަގެ ޙައިޞިއްޔަތު މިދެކަންތައް ދަމަހައްޓަން ޖެހޭނެ! ޒަވާޖީ ޙަޔާތުގާ ފިރިމީހާ ފިރިމީހާގެ ދައުރު އަދާކުރަން ޖެހޭނެ ފިރިހެނެއްގެ ގޮތުގާ އޭނަ އަންހެނެއްގެ މަޤާމަށް ދާކަށް ނުޖެހޭ، ހަމަ އެގޮތަށް އަންތބަކު އަންތބެއްގެ މަޤާމުން ފިރިއެއްގެ މަޤާމަށް އައިސް ދިރިއުޅުން ކާމިޔާބެއް ނުވާނެ.  

އެހެންވީމާ އަނބިމީހާ އަނބިމީހާގެ ގޮތުގާ ފިރިމީހާ ފިރިމީހާގެ ގޮތުގާ އުޅެން ޖެހޭނެ ރަސޫލާ ﷺ ލަޢުނަތް ލައްވާފައިހުރި ކަމެއް ފިރިހެނުން އަންހެންވުމާ، އަންހެނުން ފިރިހެންވުމަކީ، އެއްވެސް ރަށެއްގަ ޤަޥްމެއްގެ ތަނެއްގަ ވެރިޔަކު ނެތިއެއް ކަމެއް ރަގަޅަކަށް ނުހިނގާނެ. 

އެހެންވީމާ ޢިލްމުވެރީން ވިދާޅުވޭ މުސްލިމް ވެރިޔަކު ނެތިއްޔާ އެތަނައް ކާފަރު ވެރިޔަކު ނަމަވެސް ވެރިޔަކު ހުންނަންވާނެ. އެހެންވީމާ ކިހިނެއްތޯ ޒަވާޖީ ޙަޔާތެއްގަ ދިރިއުޅުމެއްގަ ވެރިޔަކު ނެތި ކަމުދާނީ އެހެންވީމާ ވެރިޔަކަށް ކަނޑައަޅުއްވާފައި މިވަނީ ޝަރީޢަތުގާ ފިރިހެންމީހާ، ފިރިމީހާ الرِّجَالُ قَوَّامُونَ عَلَى النِّسَاءِ ފިރިންނަކީ އަންހެނުންގެ ބެލެހެއްޓުން ތެރިޔާއޭ އެހެންވީމާ އަނބިމީހާއަކީ ފިރިމީހާގެ ބެލުމުގެ ދަށުން ޢާއިލާގެ ކަންކަން ހިންގާ ރާވަން ހުންނަ މީހާ. އެހެންވީމާ ދެމީހުން ވެރިކަމާ ތޮޅެންފަށައިފި ކަމަށްވަނީނަމަ ދުނިޔޭގެ ޤަޥްމު ތަކުންނާއި ތަންތަނުން ފެންނަ މަންޒަރަށް ވުރެ މާހަޑި މާކަމުނުދާ މަންޒަރުތައް ފެންނަން ފަށާފާނެ. އެހެންވީމާ ވެރިމީހާއަށް ވެރިކަން ވަޒީރަށް ވަޒީރުކަން ދީގެން  ދެމީހުން ދިރިއުޅެއްޖެކަމުގައި ވަނީނަމަ އުފާވެރި ދިރިއުޅުމެއް އުޅެވޭނެ.

 

- ޑރ. ޢަލީ ޒާހރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން

 

މިއަދު އޮންލައިން