އެންމެ ބޮޑަށް ފައިދާކުރާނީ ދުނިޔެއިން އެދޭބައި މަދުކޮށް ސުވަރުގެއަށާ ސުވަރުގޭގެ އެންމެ މަތީ ދަރަޖައަށް އެދި ދެންނެވުން ގިނަކުރީމަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
އެންމެ ބޮޑަށް ފައިދާކުރާނީ ދުނިޔެއިން އެދޭބައި މަދުކޮށް ސުވަރުގެއަށާ ސުވަރުގޭގެ އެންމެ މަތީ ދަރަޖައަށް އެދި ދެންނެވުން ގިނަކުރީމަ!

ދުނިޔެއިން ކަމަކަށް ބޭނުންވިޔަސް އޮތީ ދުޢާކުރުމެވެ. މައްސަލައަކަށް މިވަނީ އާޚިރަތްމަތިން ހަނދުމަނެތިކޮށްލެވޭކަމެވެ. އެގޮތަށް ކަންތައް ނުކުރާށެވެ. ކޮންމެ ކަމަކަށް އެދިގެން ދުޢާކުރިނަމަވެސް ސުވަރުގެއާއި ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވެވުމަށްވެސް އެދޭށެވެ. ތިބާ އެންމެ ބޮޑަށް ބޭނުންވާ ކަމަކީ އެއީކަން ބަޔާކުރުމަކީ އެއީއެވެ. ރަސޫލް ﷺ އެންމެ ގިނައިން ކުރެއްވެވި ދުޢާއަކީ ދުނިޔެއާއި އާޚިރަތް ދެއްވެވުން އެދި ކުރެއްވެވި ދުޢާއެވެ. މިދުޢާގައި ދެންނެވޭ ބަހުގެ ޢިބާރާތާއިމެދު ބައެއް މީހުންގެ ވިސްނުން ތަފާތުވެއެވެ. ބައެއް މީޙުންނަށް ހީކުރެވެނީ މިދެންނެވެނީ ދުނިޔޭގައި ވާހައި ނިޢްމަތްތައް ދެއްވެވުން ކަމަށެވެ. އަދި މިދުޢާކުރުމުން ދުނިޔޭގައި ވާހައި ނިޢްމަތްތަކެއް ދެއްވަވާނެ ކަމަށް އުންމީދުވެސް ކުރެވެއެވެ. ނަމަވެސް ދުޢާގެ މަޤްޞަދަކީ އެއީއެއް ނޫނެވެ! ދުޢާގެ މަޤްޞަދަކަށްވާންޖެހޭނީ ދަތިޙާލުގައި ނުޖެހި ދުނިޔޭގައިވެސް އުޅެލެވޭނެ މިންވަރެވެ. އަދި އާޚިރަތް ދުވަހު ނަރަކައިން ސަލާމަތްކުރައްވަވައި ދެއްވެވުމާއި ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވެވުމެވެ. ޖަންނަތުލްފިރުދައުސް ދެއްވެވުމެވެ. މުސްލިމުންނަކީ ދުނިޔޭގައިވާހައި ނިޢްމަތްތަކަށް އެދެންޖެހޭނެ ބައެއް ނޫނެވެ. އެދެންވީ ވީހައި ކުޑަމިންވަރެކެވެ. ކިރިޔާ ފުދޭ މިންވަރަކަށެވެ. އެގޮތަށް އެދުމުން ﷲ ތަޢާލާ އިރާދަކުރައްވަވާ އަޅަކަށް އިތުރުކުރައްވަވައި ދެއްވަވާނެތެވެ. އެހެނަސް ޖަންނަތުލްފިރދައުސް ދެއްވެވުން އެދި ގިނަގިނައިން ދަންނަވަންވާނެއެވެ. އެކަމަށް ދަހިވެތިކަންވެސް އިތުރުކުރަންވާނެއެވެ! ދަހިވެތިކަން އިތުރުކުރުމަކީ އެކަމަށް ކުރާ މަސައްކަތް އިތުރުކުރުމެވެ. - މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން