އެންމެ އިތުރުކަން ބޮޑުވެ ތިމާއަށް އެންމެ ފައިދާބޮޑުވާނެ ގޮތަށް ޛިކުރުކުރެވޭނެ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
އެންމެ އިތުރުކަން ބޮޑުވެ ތިމާއަށް އެންމެ ފައިދާބޮޑުވާނެ
ގޮތަށް ޛިކުރުކުރެވޭނެ ގޮތް-

ޛިކުރުތައް ޢާންމުކޮށް ކިޔައިއުޅޭ މީހުންގެ ތެރެއިންވެސް

ގިނަބައަކަށް އެކަންކުރެވެނީ ތިމާއަށް އެންމެ ފައިދާހުރި ގޮތަކަށް ނޫނެވެ. ކިޔައިލަނީ ހަމައެކަނި ދުލުންނެވެ. އެހެންކަމުން ތިރީގައިވާ ލިޔުމުގައިވާ ގޮތަށް ޛިކުރުކުރަން މަސައްކަތްކުރާށެވެ. އެންމެ އިތުރުކަން ބޮޑުވެފައި އެންމެ ބޮޑަށް ފައިދާކުރާނީ އެއިރުންނެވެ. އިން ޝާ ﷲ

ނަމާދު ނިމިގެން ހެނދުނާއި ހަވީރުގެ ޛިކުރުތައްކިޔާއިރު މިކަންކަމަށް ސަމާލުކަންދޭށެވެ! އެންމެ ފުރިހަމަ ގޮތުގައި ޛިކުރުކުރެވޭނީ އެއިރުންނެވެ. ތިމާ ކުރާ ޛިކުރުތަކާއި ﷲ ތަޢަލާގެ ހަޟްރަތާއި އެންމެ ބޮޑަށް ގުޅިގެންދާނެ ގޮތަށް ޛިކުރުކުރަން މަސައްކަތްކުރާށެވެ! 

ހިތުންނާއި ދުލުންވެސް ޛިކުރުކުރެވިދާނެއެވެ. އެންމެ ފުރިހަމަ ޛިކުރުކުރުމަކީ، އަދި އެންމެ މަތިވެރިވެފައި، މަންފާބޮޑުވެފައި، ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ: ހިތާއި ދޫ އެކުވެގެންކުރާ ޛިކުރެވެ. ފަހެ، އެމީހެއްގެ ދުލުން ޛިކުރުކުރަމުންދާއިރު، އެމީހާގެ ހިތުން އެ ޛިކުރުތަކާމެދު ވިސްނާ ފިކުރުކުރުމެވެ. އަދި އެ ޛިކުރުތަކުގެ މާނަތަކާއި، މަޤްޞަދުތަކާމެދު ހެކިވަމުން ޛިކުރުކުރުމެވެ.

ދެން، އެންމެ މަތިވެރިވެގެން ވަނީ ހަމައެކަނި ހިތުން ޛިކުރުކުރުމެވެ. އެއީ؛ މާތް ﷲގެ މަތިވެރިވަންތަކަމާއި، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކާއި، އެކަލާނގެ މިލްކުވަންތަވެރިކަމާމެދު ހިތުން ފިކުރުކޮށް، ވިސްނުމެވެ. އަމުރަކާމެދު ހަނދުމަކޮށްފިކަމުގައިވާނަމަ އެކަމެއް ކުރުމެވެ. އަދި ނަހީވެގެންވާ ކަމަކާމެދު ހަނދުމަކޮށްފިނަމަ އެކަމަކުން ދުރުހެލިވުމެވެ. މިގޮތަށް ކަންކުރާކަމުގައިވާނަމަ؛ ކަންކަން އެނގުން އިތުރުކޮށްދޭނެއެވެ. އަދި ލޯތްބާއި، ބިރުވެތިކަމާއި، ފަރާތްފަރާތަށް ނަފުސު ދިޔަކަނުދީ ބެލެހެއްޓުމާއި، ފާފަތަކުން ދުރުކުރުމުގެ ޤާބިލުކަން އަށަގަންނުވައިދޭނެއެވެ.

ދެން ހަމައެކަނި ދުލުން ޛިކުރުކުރުމެވެ، 

"ޛިކުރުކުރުމުގެ މުރާދަކީ: ހިތް ޙާޟިރުކުރުމެވެ. ޛިކުރުކުރާމީހާގެ މަޤްޞަދެއްކަމުގައި ވާންވާނީ މިކަމެވެ. އަދި މިކަން ޙާޞިލުކުރުމަށްޓަކައި ގަދައަޅައިމަސައްކަތްކުރަންޖެހޭނެއެވެ. އަދި އެމީހާ އެކުރާ ޛިކުރަކާމެދު ވިސްނާ ފިކުރުކުރަންޖެހޭނެއެވެ. އަދި އެ ޛިކުރުތަކުގެ މާނައާމެދު ވިސްނަންޖެހޭނެއެވެ.

ފަހެ، އެއްޗެއް ކިޔާއިރު ވިސްނާ ފިކުރުކުރަމަކީ އެދެވިގެންވާކަމަކަށްވާއިރު ޛިކުރުކުރާއިރުވެސް އެ ޛިކުރުތަކާމެދު ވިސްނާ ފިކުރުކުރުމަކީ އެދެވިގެންވާކަމެކެވެ. އެހެނީ، ޙާޞިލުކުރަން ބޭނުންވާ މަޤްޞަދަށް ބަލާއިރު، ކިޔުމާއި ޛިކުރުކުރުމުން ޙާޞިލުކުރަން ބޭނުންވާ މަޤްޞަދަކީ އެއްމާނައެއްގެ ތެރޭގައި ހިމެނޭ މަޤްޞަދެކެވެ."

--މަސްދަރު: ދިސަލަފިއްޔާ

 

މިއަދު އޮންލައިން