އެއްވެސް ހެޔޮ ޢަމަލަކީ ކުޑަކަމެއްކަމަށް ބަލައި ނުކޮށް ދޫކޮށްނުލާށެވެ! ﷲ ތަޢާލާއީ ޘަވާބު ދެއްވެވުމުގަ ދީލަތިވަންތަ ރަސްކަލާނގެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
އެއްވެސް ހެޔޮ ޢަމަލަކީ ކުޑަކަމެއްކަމަށް ބަލައި ނުކޮށް ދޫކޮށްނުލާށެވެ! ﷲ ތަޢާލާއީ ޘަވާބު ދެއްވެވުމުގަ ދީލަތިވަންތަ ރަސްކަލާނގެ!

މުސްލިމުން އެކަކު އަނެކަކާއި ބައްދަލުވާއިރު ހިނިތުންވުން ގިނަކުރަންވާނެއެވެ. އެހެނީ އެކަކު އަނެކަކާއި ބައްދަލުވާހިނދު ހިނިތުންވުމަކީ ﷲ ތަޢާލާ ނުހަނު ގިނަ ގުނަ ސަވާބު ދެއްވަވާ ކަމެއްކަމެއްކަން ރަސޫލް (ﷺ)ގެ ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ވީމާ މިއީ ވެސް ކުޑަކަމެއް ކަމަށް ބަލައި ދޫކޮށްލައިގެން ވާނެ ކަމެއް ނޫނެވެ.  

އެހެން މީހުންނަށް އުނދަގޫވާ ގޮތަށް މަގުމަތީގައި އޮތް އެއްޗެއް އެއްކައިރި ކޮށްލުމަކީވެސް ނުހަނު ގިނަގުނަ ސަވާދު ދެއްވަވާ ހެޔޮ ކަމެކެވެ. ވީމާ އެ ސަވާބު ލިބިގަންނަން މަސައްކަތްކުރަންވާނެއެވެ.

ބުއްދިވެރިންނަކީ ކިތަންމެ ކުޑަ ކަމެއް ނަމަވެސް އެއީ ހެޔޮކަމެއް ނަމަ އެކަމެއް ނުކޮށް ދޫކޮށް ނުލާ މީހުންނެވެ. ރަސޫލް (ﷺ)ގެ ޙަދީޘްފުޅުގައި އޮތީ ކަދުރުއޮށެއްގެ ފަޅިއަކުން ނަމަވެސް ޞަދަޤާތްކޮށް ނަރަކައިން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތްކުރުމަށެވެ. ވީމާ ކޮންމެހެން ބޮޑު އަދަދަކުން ނޫނީ ޞަދަޤާތް ނުކުރަން މަޑުނުކުރާށެވެ. ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް އެމީހަކަށް ލިބުނު މިންވަރަކުން ޞަދަޤާތް ކުރާށެވެ.  

ހަމައެކަނި މިކަންކަމަށް ބަލައިލުމުން އެނގިގެންދަނީ ކިތަންމެ ކުޑަ ނަމަވެސް ހެޔޮ ކަމެއް ކޮށްފި މީހަކަށް އެމީހަކު ކުރި ހެޔޮކަމެއްގެ ސަވާބާއި ދަރުމަ ލިބިގެންދާނެ ކަމެވެ. ވީމާ އެއްވެސް ހެޔޮ އަމަލަކީ ކުޑަކަމެއް ބަލައި ނުކޮށް ދޫކޮށް ނުލާށެވެ!  

ތިމާ ކުރާ ހެޔޮ އަމަލެއް، އެއީ ކިތަންމެ ބޮޑުކަމެއް ނަމަވެސް ނުވަތަ ކިތަންމެ ކުޑަ ކަމެއް ނަމަވެސް އެކަމަކަށް ސަވާބް ދެއްވަވާނީ 2 ޝަރުޠެއް ހަމަވުމުންނެވެ.  

ފުރަތަމަ ޝަރުޠަކީ ހަމައެކަނި ﷲ ތަޢާލާއަށްޓަކައި އެކަމެއް ކުރުމެވެ. ދެވަނަ ޝަރުޠަކީ ޝަރީޢަތާއި އެއްގޮތަށް ކަންކަން ކުރުމެވެ. ވީމާ ކުރާ ކޮންމެ ހެޔޮ އަމަލެއްވެސް މި 2 ޝަރުޠު ހަމަވާ ގޮތަށް ކުރުމަށް ނަޞޭހަތްތެރިވަމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

 

މިއަދު އޮންލައިން