މަސްއޫލިއްޔަތުން ބަރީޢަވެވޭ އެކަކުވެސް ނެތް! އަނެކުންގެ ވާހަކަ ދެއްކީމާ ތިމާގެ މަސްއޫލިއްޔަތު އަދާކުރެވޭ ކަމަށްވާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 48ސ
މަސްއޫލިއްޔަތުން ބަރީޢަވެވޭ އެކަކުވެސް ނެތް! އަނެކުންގެ ވާހަކަ ދެއްކީމާ ތިމާގެ މަސްއޫލިއްޔަތު އަދާކުރެވޭ ކަމަށްވާނެތަ؟

ގިނަ ބައަކު އެންމެ ގިނައިން ކުރާ އެއްކަމަކީ ކޮންމެވެސް މީހަކު ޢޭނާގެ މަސްއޫލިއްޔަތު އަދާނުކުރާކަމުގެ ވާހަކަ ދެއްކުމެވެ. މަދުމީހަކު ނޫނީ ތިމާއަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭކަމާއިމެދު ވިސްނައިވެސް ނުލައެވެ. އެހެންކަމުން މިޙަދީޘްފުޅު ހަނދުމަކޮށްލައިދޭނަމެވެ.  

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.  

(كُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ الإِمَامُ رَاعٍ وَمَسْئُولٌ عَنْ رَعِيَّتِهِ وَالرَّجُلُ رَاعٍ فِي أَهْلِهِ وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ وَالْمَرْأَةُ رَاعِيَةٌ فِي بَيْتِ زَوْجِهَا وَمَسْئُولَةٌ عَنْ رَعِيَّتِهَا وَالْخَادِمُ رَاعٍ فِي مَالِ سَيِّدِهِ وَمَسْئُولٌ عَنْ رَعِيَّتِهِ وَكُلُّكُمْ رَاعٍ وَمَسْئُولٌ عَنْ رَعِيَّتِهِ)-رواه البخاري ومسلم

މާނައަކީ: "ތިޔަބައިމީހުންކުރެ ކޮންމެ މީހަކީވެސް މަސްއޫލުވެރިޔެކެވެ. އިމާމްމީހާ ނުވަތަ ގައުމުގެ ވެރިޔާ އަކީ ރަޢްޔިތުންގެ މަސްއޫލުވެރިޔާއެވެ. އޭނާގެ މަސްއޫލިއްޔަތާއި ބެހޭ ގޮތުން ސުވާލުވެވޭނެއެވެ. ފިރިމީހާ އަކީ އޭނާގެ އަހުލުވެރިންގެ ބެލެނިވެރިޔާއެވެ. އެމީހުންގެ ކަންތައްތަކާއި ބެހޭގޮތުން އޭނާ އާ ސުވާލުކުރެވޭނެއެވެ. އަނބިމީހާ އަކީ އޭނާގެ ފިރިމީހާގެ ގޭގެ މަސްޢޫލުވެރިޔާ އެވެ. އޭނާގެ މަސްއޫލިއްޔަތާ ބެހޭގޮތުން ސުވާލުވެވޭނެއެވެ. ޚާދިމް މީހާ އަކީ އޭނާގެ ސާހިބު މީހާގެ މުދަލުގެ މަސްއޫލުވެރިޔާއެވެ. އެކަމާއި މެދު އޭނާ އާ ސުވާލުކުރެވޭނެއެވެ. ތިޔަބައިމީހުންކުރެ ކޮންމެ މީހަކީވެސް ބެލެނިވެރިޔެކެވެ. ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހުންނާއި މެދު ސުވާލު ކުރެވޭނެއެވެ" 

- ޝައިޚް ޖަޢްފަރު މުޙައްމަދު ޢުޘްމާން 

ޝަރަޙަ އަޑުއައްސަވާލައްވަން:

 

މިއަދު އޮންލައިން