އިމެއް ނެތި ﷲ ތަޢާލާ ޘަވާބު ދެއްވަވާ 2 ކަންތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
އިމެއް ނެތި ﷲ ތަޢާލާ ޘަވާބު ދެއްވަވާ 2 ކަންތައް-

އިމެއް ނެތި ﷲ ތަޢާލާ ޘަވާބު ދެއްވަވާ 2 ކަމެއް ވެއެވެ.

އެކަމަކު އެދެ ކަންތަކަށްވެސް ގިނަ ބައަކު މާބޮޑު ސަމާލުކަމެއް ނުދެއެވެ. އެހެންވެ ހަނދުމަކޮށްލައިދޭނަމެވެ.   

އެ 2 ކަމަކީ ކެތްތެރިކަމާއި ރޯދަހިފުމެވެ. މިދެކަމަކީވެސް އެކަންކުރާ އަޅުންނަށް އިމެއް ނެތި ޘަވާބު ދެއްވަވާ އަދި ރަޙްމަތް ލައްވަވާ 2 ޢަމަލުކަމުގައި ޢިލްމުވެރިން ބަޔާންކުރައްވައެވެ. ޤުރްއާނާ ޙަދީޘްފުޅުތަކުން އެކަން އެނގެން އޮތުމުންނެވެ.

ފުރަތަމަ ކަމަކީ ކެތްތެރިކަމެވެ. ﷲ ތަޢާލާ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުގައެވެ. ވީމާ ކަމެއް ކުރިމަތިވާއިރަށް ވިސްނައިވެސް ނުލައި ރުޅިއައިސް ފުންމައިގަންނަ މީހުން އެނަގައިލަނީ ލިބެން އޮތް ކިހައި ގިނަ ޘަވާބުފުނިވަރުތަކެއް ހެއްޔެވެ؟  

ހަމައެއާއިއެކު ހަމައެކަނި ރަމަޟާންމަހުގެ ރޯދަހިފާ މީހުންވެސް އެނައިގައިލަނީ ލިބެން އޮތް ކިހައި ގިނަ ޘަވާބުފުނިވަރުތަކެއް ހެއްޔެވެ؟ ސުންނަތް ރޯދަ (ހޯމަ، ބުރާސްފަތި، 13،14،15) ހިފާ މީހަކަށް އަހަރު ނިމނިގެންދާއިރު 11 މަސްދުވަހުން ހިފޭނެ ރޯދައިގެ ޢަދަދަށް ވިސްނައިލާށެވެ. ޢާންމު ގޮތެއްގައި މަހަކު 11 ރޯދަ ހިފޭނެއެވެ. އެއީ 121 ރޯދައެވެ.

121 ދުވަހު ރޯދަހިފައިފި މީހާ، 8470 އަހަރުގެ ރާސްތާއަށް ނަރަކައާއި ދުރުކޮށް ދެއްވަވާނެތެވެ. މިއީވެސް ދެއްވަވާ ކޮންފަދަ ބޮޑު ނިޢުމަތެއް ހެއްޔެވެ؟

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން