މިއޮތީ ބުރަކޮށް ހުކުރު ދުވަހު މަސައްކަތްކުރަންޖެހޭ ކަނބަލުންނަށް ހުކުރުދުވަސް ފަށަން އެންމެ ފައިދާބޮޑު، ކަހްފި ސޫރަތްކިޔެވި ޙައްޖާއި ޢުމްރާއެއްގެ ޘަވާބުވެސް ލިބިގަނެވޭނެ މަގު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
މިއޮތީ ބުރަކޮށް ހުކުރު ދުވަހު މަސައްކަތްކުރަންޖެހޭ ކަނބަލުންނަށް ހުކުރުދުވަސް ފަށަން އެންމެ ފައިދާބޮޑު، ކަހްފި ސޫރަތްކިޔެވި ޙައްޖާއި ޢުމްރާއެއްގެ ޘަވާބުވެސް ލިބިގަނެވޭނެ މަގު-

ހުކުރު ދުވަހަކީ އެންމެ ގިނަ ވަޤުތު މަސައްކަތުގައި ހޭދަކުރަންޖެހޭ ދުވަހަށްވާތީ ކަހްފި ސޫރަތް ކިޔަވާނެ ވަޤުތު ހޯދަން ވަރަށް އުނދަގޫކަމަށް ވިދާޅުވާ ބޭފުޅުންނަށް މިގެނެސްދެނީ އެންމެ ފަސޭހައިން އެކަން ކުރެވި އަދި ޙައްޖާއި ޢުމުރާއެއްގެ ޘަވާބުވެސް ހޯދެން އޮތްގޮތެވެ.  

ލިޔުމުގައިވާ ގޮތަށް ޢަމަލުކުރެއްވީމާ އެއީ ބުރަކަމަކަށްނުވެ މިބޮޑު ފައިދާ ލިބިލައްވާނެއެވެ. އިން ޝާ ﷲ  

ހުކުރު ދުވަސް ވެފައި އޮންނަނީ އަންހެންވެރިންނަށް އެންމެ ބުރަ ދުވަހަކަށެވެ. ގިނަބާވަތްތަކުގެ ކާބޯތަކެތި ތައްޔާރުކުރަންޖެހެއެވެ. އޮފީހަށްދާތީ ހަފްތާ ތެރޭގައި ނުދޮވެވި ހުރި އަންނައުނު ދޮންނަން ޖެހެއެވެ. މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. އެކި އަންހެނުންނަށް ކުރަންޖެހޭނީ އެކި މަސައްކަތެވެ. ޢާންމު ގޮތެއްގައި ކޮންމެ އަންހެނަކަށްވެސް ހުކުރުދުވަހު ކުރަންޖެހޭ މަސައްކަތްތައް ގިނަވާނެއެވެ.  

ދަރުސްތަކުގައި ކިތަންމެ ވަރަކަށް އިލްތިމާސްކުރިނަމަވެސް ގިނަމީހުންނަށް ކުރިއަށް ނެރެވެނީ ކުރަންހުންނަ މަސައްކަތްތައް ކަމަށްވުމުން ހުކުރު ދުވަހު މިއޮންނަނީ ކަހްފި ސޫރަތް ކިޔަވާލައި އަންނަ ހުކުރާއި ހަމައަށް ﷲ ދެއްވަވާ ނޫރު ލިބިގަތުންވެސް އުނދަގޫކަމަށްވެފައެވެ.  

ލޮބުވެތިކަނބަލުންނޭވެ! އެކަން އަދިވެސް އިތުރަށް ލުއިފަސޭހަކޮށްލަމާ ހިނގާށެވެ! އަދި މާބޮޑު ފައިދާއެއްވެސް ލިބިގަންނަމާ ހިނގާށެވެ. ފަތިސްނަމާދަށް ބަންގޮގޮވުމުން ފަތިސްނަމާދުކުރާށެވެ. އިހުސުންނަތް ކުރުމާއިއެކުގައެވެ. ދެން ދުވަހުގެ ޛިކުރުތައް ކިޔަވައިލާށެވެ! އެއަށްފަހު ކަހްފިސޫރަތް ކިޔަވާށެވެ. އެއިރު ހުންނާނީ އިރުއަރާފައެވެ. ނުވަތަ އިރުއެރުމާއި ގާތްވެފައެވެ. ދެން އިރު އަރައި 15 ވަރަކަށް މިނީތްވެލަންދެން އިތުރު ވަޤުތު އޮތްނަމަ ޤުރްއާން ކިޔެވުން، މާނަކިޔުން ނުވަތަ އެހެންވެސް ޛިކުރެއް ކިޔުން ފަދަ އަޅުކަމެއްގައި ނަމަވެސް ވަޤުތުކޮޅެއް ހާދަކޮށްލާފައި އިރުއަރައި 15 ވަރަކަށް މިނީޜްވުމުން ޟުޙާ ނަމާދުގެ ދެރަކްޢަތް ނަމަވެސް ކޮށްލާށެވެ. އެއިރުން އެލިބިގަނެވުނީ ޙައްޖާއި ޢުމުރާއެއްގެ ޘަވާބެވެ. އަދި ކަހްފިސޫރަތް ކިޔެވި ނޫރުވެސް އެވަނީ ލިބިގަނެވިފައެވެ. އަދި އެދުވަހު ކުރަންޖެހޭ ޟުޙާ ނަމާދުވެސް ކުރެވިފައެވެ.  

ދެން ބައެއް މީހުން ކުރާ ސުވާލަކީ އެވަޤުތުގައި ފާޚާނާކުރަންޖެހިއްޖެނަމަ ވާނެ ގޮތެކެވެ. އެއީ މައްސަލައެއް ނޫނެވެ. ފާޚާނާކޮށް ވުޟޫކޮށްލައިގެން އަނެއްކާވެސް އަޅުކަމާއިގެން ކުރިއަށްދާށެވެ. މިއީ ވަރަށް ފަސޭހައިން ވަރަށް ގިނަ ޘަވާބު ހޯދެން އޮތް ގޮތެކެވެ.  

ބައަކަށް ހީވެފައި އޮންނަނީ ހުކުރު ދުވަހު ކަހްފި ސޫރަތް ކިޔެވުމަކީ ހުކުރަށްދާ މީހުން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެއީ ވަރަށް ބޮޑު އޮޅުމެވެ.  

" Whoever recites Surat al-Kahf on Friday, light shall shine forth for him between the two Fridays. " 

ޙަދީޘްފުޅުގައި އޮތީ ހުކުރަށްދާ، ހުކުރަށް ނުދާ، އަންހެނުން، ފިރިހެނުން ގެ ވާހަކައެއް ނޫނެވެ. މިހެން ބުނިނަމަވެސް ކުރާ އެހެން އަޅުކަން ޤަބޫލުކުރެއްވެވުން އޮތީ ނަމާދުކުރުމުންކަން ހުރިހާ މުސްލިމުންނަށްވެސް އެނގޭނެއެވެ. ހުކުރު ދުވަހު ކަހްފި ސޫރަތް ކިޔަވައިފި ކޮންމެ މީހެއްގެ ވާހަކައެވެ. ވީމާ އަހަރެންގެ އިލްތިމާސަކީ ހަމަ އެންމެންވެސް ހުކުރު ދުވަހު ކަހްފިސޫރަތް ކިޔެވުމުން ދެއްވަވާ ނޫރު ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާ މީހަކަށްވުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން