ގޭތެރޭގެ ކަންކަމުގަ އަނބިމީހާއަށް އެހީތެރިވުމަކީ ދަށުވުންކަމަށް ވިސްނައިދެނީ ތިބާ އުފަލުގަ އުޅެން ނޭދޭމީހުން! އެއީ ދަށުވުމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 54ސ
ގޭތެރޭގެ ކަންކަމުގަ އަނބިމީހާއަށް އެހީތެރިވުމަކީ
ދަށުވުންކަމަށް ވިސްނައިދެނީ ތިބާ އުފަލުގަ އުޅެން ނޭދޭމީހުން! އެއީ ދަށުވުމެއް
ނޫން!


ކައިވެނިކޮށް ދެމީހުން އެކުގައި ދިރިއުޅޭއިރު އެއްވެސް ކަމަކީ ވަކިމީހަކު ކުރަންޖެހޭ ކަމެއް ނޫނެވެ. ދެމީހުން ބޭނުންވާ ގޮތަކަށް މަސައްކަތް ބަހައިލެވިދާނެއެވެ. އަދި ބޭނުންވުމުން ބަދަލުވެސް ގެނެވިދާނެއެވެ. އެއީ ދެމީހުން އެއްބަސްވާ ގޮތަކަށް ކުރަން އޮތް ކަމެކެވެ.

 ގޭތެރޭގެކަންކަމުގަ ފިރިމީހާ އަނބިމީހާއަށް އެހީތެރިވުމަކީ ދަށުވުންކަމަށް ވިސްނައިދެނީ

ތިބާ އުފަލުގަ އުޅެން ނޭދޭމީހުންނެވެ. އެއީ ދަށުވުމެއް ނޫނެވެ. ސުންނަތުން އެކަން އެނގެން އެބައޮތްކަން ތިރީގައިވާ ލިޔުމުން އެނގިލައްވާނެއެވެ. އިން ޝާ ﷲ   

ދެމަފިރިންވެސް އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަކީ ވަރަށް މުހިންމު ކަމެއް!

ރަސޫލާ  ﷺ ގޭތެރޭގާ ކަންކަން ކުރައްވާ އިރުގާ އަނބިއަނބި ކަބަލުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާ ގޭތެރޭގަ މަސައްކަތުގާ އުޅުއްވާ އަމިއްލަ މަސައްކަތް އަމިއްލައަށް ކުރައްވާ ފައިވާން ޖޯޑުކޮޅު ހަމަ އަމިއްލައަށް މަރާމާތު ކުރެއްވުމާ ހެދުންކޮޅުގާ ފޮތިއެޅުއްވުމާ ކަންކަން އަމިއްލަފުޅަށް ކުރައްވަވަނީ.

އަނެއްކާ ގޭތެރޭ ކަންކަމުގާ އެހީތެރިކަން ފޯރުކޮށްދެއްވާ އެއީ އެއްގޮތަކަށްވެސް ލަދުވެތި ކަމެއްނޫން. އަޅުގަނޑުމެންގެ ތެރޭގައި ބައެއްފަހަރަށް  ބައެއްމީހުނަށް ހީވެފާ އޮންނަނީ ގޭތެރޭގަ މިސާލަކަށް ފިރިމީހާ އަނބިމީހާއަށް ކަމެއް ކޮށްދިނުމަކީ އެއީ އަނބިމީހާ ދަށުވުމޭ، ހަމަ އެކަހަލަ ގޮތަކަށްނޫން އަނބިމީހާޔަށް އޭނަވެސް ވަރުބަލިވާނެ އޭނަޔަށްވެސް އެހީތެރިކަން ބޭނުންވާނެ އެހެންވީމާ އެހިތެރިކަން ފޯރު ކޮށްދިނުމަކީ އަމިއްލަޔަށް އެކަން ދަނެގެން ކަންކަން ކޮށްދިނުމަކީ އެއީ ފިރިމީހާގެ ފުރިހަމަކަމުގެ ތެރޭގަ ހިމެނޭ ކަމެއް. 

އެހެންވީމާ މިކަންކަން އަޅުގަނޑުމެން އުފާވެރި ދިރިއުޅުމަކަށްދާން ބޭނުންވާ ކަމަށްވަނީނަމަ އެކަންކަން އެގޮތަށް ހަދަންޖެހޭނީ އޭގެ މާނައެއްނޫން އަނބިމީހާގެ ހުރިހާކަމެއް ނުވަތަ ގޭތެރޭގެ ހުރިހާކަމެއް ކުރަންޖެހޭ މީހަކީ ފިރިމީހާއަކީ ޚާދިމެއް ނުވަތަ އަޅެއް ގޮތަށްބަދަލުވުން .  ނޫން  އޭގެބަދަލުގާ އޭނާ އަމިއްލަޔަށް އެހީތެރިކަމުގެ ގޮތުން ކަންކަން ކޮށްދިނުމަކީ އެއީ އުފަލެއްގެ ގޮތުގާ ދެކެންޖެހޭނީ، އަޅުގަނޑު މެންގެ މުޖްތަމަޢުގެ ތެރޭގާ އެކަން އެގޮތަށް ޤަބޫލުކުރާމީހުން އެބަތިބި. އެކަން އެގޮތަށް ކުރައްވާ ބޭފުޅުންވެސް އެބަތިބި އެއީ އުފާވެރިކަން ދެމީހުންނަށް ލިބުމަށް ބޮޑުބުރަ މަސައްކަތެއްގެ ތެރޭގާ އަނބިމީހާ އުޅޭއިރުގާ އޭނަޔަށް އެހީތެރިކަމެއް ފޯރުކޮށް ދިނުމަކީ އެއީ ޒަވާޖީޙަޔާތް އުފާވެރިވާނެ ކަމެއް ހިތްހަމަޖެހުން ލިބިގެންދާނެ ކަމެއް.

 

--ޑރ. ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްގެ ދަރުސަކުން

 

މިއަދު އޮންލައިން