މިމަގުން ވިސްނާނަމަ ޑިޕްރެޝަން ބޮޑުވިޔަނުދީ ހިތްވަރު ލިބިގަނެވޭނެ! އިން ޝާ ﷲ: ޝައިޚް ބިލާލް އައްސަދް

ކިޔުމަށް ހޭދަވާނީ 2މ 13ސ
މިމަގުން ވިސްނާނަމަ ޑިޕްރެޝަން ބޮޑުވިޔަނުދީ ހިތްވަރު ލިބިގަނެވޭނެ! އިން ޝާ ﷲ: ޝައިޚް ބިލާލް އައްސަދް

ޢާއިޝަތު ރަފާޙް ޢަލީ

 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޑިޕްރެޝަން އާއިމެދު ވާހަކަދައްކާލަމާ ހިނގާށެވެ. ޑިޕްރެޝަނަކީ މިވަގުތު ދުނިޔޭގައި އެންމެ ގިނަ މީހުންނަށް ޖެހޭ ނަފްސާނީ ބައްޔެވެ. އަޅުގަނޑު ކުރިންވެސް ބުނި ފަދައިން، އަމިއްލައަށް ބަލި ދެނެނުގަންނާށެވެ. 

ބޮޑު ޑިޕްރެޝަނަކަށް ވާނީ ވަރަށް ގިނަ ކަންތައްތަކެއް ފުރިހަމަވެގެންނެވެ. ނަމަވެސް މިއީ އަބަދު ދެރަވެފައި ހުރުމާއި، އާންމުކޮށް ކުރާ ކަންކަމަށް ހުންނަ ޝައުޤުވެރިކަން ގެއްލި، ދިރިއުޅުމުގެ އާންމު މަސައްކަތްތަކަށް ހުރަސްއެޅޭ ހާލަތެކެވެ. 

މީގެ ސަބަބުތަކަކީ ކޮބައިކަން ސީދާ އެނގެން ނެތް ނަމަވެސް، އާންމުކޮށް މިއީ މާޒީގައި ދިމާވި ނާކާމިޔާބީތަކާއި، ހިތްދަތި ތަޖުރިބާތަކާއި، އެހެން މީހުންގެ ފަރާތުން ލިބުނު ދެރަތަކާއި، މަލާމާތާއި، އުންމީދު ކުރި ގޮތަށް ކަންތައް ނުވުމާއި، ހާސިލުނުވި ހުވަފެންތަކުގެ ނަތީޖާއެވެ. އަދި ދިރިއުޅުމުގައި ދިމާވާ ހާސްކަން ބޮޑު ކަންކަން، މިސާލަކަށް ވަރިވުން، ބަލިވުން، ގާތް މީހަކު މަރުވުން، ވަޒީފާ ގެއްލުން ނުވަތަ މާލީ ދަތިކަން ފަދަ ކަންކަމުގެ ސަބަބުން ވެސް މިއީ ދިމާވާ ކަމެކެވެ.  

މިކަންކަމުގެ ސަބަބުން އަމިއްލަ ނަފްސާ މެދު އޮންނަ އިތުބާރު ކުޑަވެ، "އަހަންނަކީ ބޭކާރު މީހެއް"، "އަހަންނަކީ ކަންކަމަށް ޤާބިލު މީހެއް ނޫން"، "މީހުން އަހަންނާ ބެހޭގޮތުން ބުނާ ވާހަކަތަކަކީ ތެދެއް" ކަމަށް ގަބޫލުކުރަން ފެށެއެވެ. ބައެއް މީހުން މި ނުބައި ޚިޔާލުތައް ދިފާޢުކުރުމަށް ދީން ވެސް ބޭނުންކުރެއެވެ. އެމީހުން ބުނެއެވެ. "ﷲ އަހަރެން ދެކެ ކޯފާވެވޮޑިގަންނަވަނީއެވެ! މިއީ އަދަބެކެވެ. އަހަރެން ކުރާ ދުޢާ އިޖާބައެއް ނުކުރައްވައެވެ، އެއީ ﷲ އަހަރެންދެކެ ރުހިވޮޑިނުގަންނަވާތީއެވެ." މިފަދަ އެތައް ވާހަކައެއް އެމީހުން އަމިއްލައަށް އުފައްދައެވެ. އަދި ބައެއް ފަހަރު ބުނެއެވެ. "މިއީ އަހަރެންގެ މިންވަރެވެ، އަހަރެންގެ ނަސީބު ދެރައީއެވެ، ﷲ އަހަންނަށް ލިޔުއްވާފައިވަނީ ހަމައެކަނި ހިތްދަތިކަމެވެ." 

ނޫނެކެވެ! ﷲ ތިޔަބައިމީހުންނަށް ލިޔުއްވާފައިވަނީ އެފަދައިންކަން އެނގެނީ ކިހިނެއް ހެއްޔެވެ؟ ތިޔަބައިމީހުންނަށް އެނގޭނީ މަރުވާ ވަގުތުގައެވެ. ނޭވާލާހާ ހިނދަކު އުންމީދު އެބައޮތެވެ. އެކި ދޮރުތައް އެބަހުއްޓެވެ. ﷲ ތިޔަބައިމީހުން އެކަނި ދޫކޮށްނުލައްވާނެއެވެ. ޑިޕްރެޝަނަކީ ފަހަތަށް ބަލާފައި، އަހަރެން މި ކަންބޮޑުވަނީ ކޮން ކަމަކާއިމެދުތޯ އަމިއްލަ ނަފްސާ ސުވާލުކުރުމެވެ. އަހަރެން މިކަން ގަބޫލުކުރީ ކީއްވެގެން ހެއްޔެވެ؟ އެއީ މީހުން ބުނީތީ ހެއްޔެވެ؟ ނޫނެކެވެ، އަހަރެން އެކަން ގަބޫލެއް ނުކުރާނަމެވެ. އަދި އަމިއްލައަށް މޮޅު ކަމެއް ކުރަން މަސައްކަތްކުރާށެވެ. ކަމެއް ހާސިލުކުރެވިއްޖެނަމަ، އަމިއްލަ ނަފްސާ މެދު އޮތް ނުބައި ގަބޫލުކުރުންތައް ނެތިގެންދާނެއެވެ. 

ޝައިޚް ބިލާލް އައްސަދުގެ ދަރުސަކުން

 

- މިއަދުނޫސް

 

މިއަދު އޮންލައިން