ދުޢާ ކުރެވެ. ހިތުން ދަސްކޮށްލަންވެސް ފަސޭހައެވެ. އެކަމަކު މިދުޢާގައި ނުހިމެނޭ ކަމެއް ނެތެވެ.
رَبَّنَا آمَنَّا فَاغْفِرْ لَنَا وَارْحَمْنَا وَأَنتَ خَيْرُ الرَّاحِمِينَ
"އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން އީމާންވެއްޖައީމުއެވެ. ފަހެ، އަޅަމެންނަށް ފާފަފުއްސަވައި، އަޅަމެންނަށް ރަޙްމަތް ލައްވަވާނދޭވެ! އިބަރަސްކަލާނގެއީ، ރަޙްމަތް ލައްވަވާ އެންމެހެޔޮ ރަސްކަލާނގެއެވެ." (އަލް މުއްމިނޫން: 109)
މިދުޢާގެމާނައަށް ބަލައިފިނަމަ ﷲ ތަޢާލާގެ ޙަޟްރަތުގައި ނިކަމެތިކަމާއިއެކު ފުރަތަމަ މިދަންނަވަނީ ތިމާ މިހުރީ ﷲ ތަޢާލާއަށް އީމާންވެގެންކަމަށެވެ. ދެން މިއެދި އާދޭސްދަންނަވަނީ ކުރެވިފައިވާ ފާފަތައް ފުއްސަވައި ރަޙްމަތް ލައްވަވައިދެއްވުން އެދިއެވެ.
މިއީ ސަޖިދައިގައި އޮވެގެންވެސް އަދި ދެއަތް އުފުލައިވެސް ގިނަގިނައިން ކުރަން އޮތް ދުޢާއެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން