ވުޟޫކުރަންވާނީ ލިޕްސްޓިކް ފިލުވައިގެން! ތުންފަތުގަ ފެންނުޖެހި ވުޟޫ ޞައްޙައެއް ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ވުޟޫކުރަންވާނީ ލިޕްސްޓިކް ފިލުވައިގެން! ތުންފަތުގަ ފެންނުޖެހި ވުޟޫ ޞައްޙައެއް ނުވާނެ!

ވުޟޫގެ ގުނަވަންތަކާ ފެންޖައްސަންޖެހޭ ސަރަޙައްދު އެނގެން އޮތީ ޙަދީޘްފުޅުތަކުންނެވެ. އެއަށް އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ. އަހުރެމެންނަށް އޮތީ ޢަމަލުކުރުމެވެ. އެއްވެސް ބަދަލެއް ނުގެނެވޭނެއެވެ.  

މިހާރަކަށް އައިސް ލިޕްސްޓިކް ޖައްސާ އަންހެނުން ގިނަވެ ލިޕްސްޓިކް ޖައްސައިގެން ތިބެ ވުޟޫކުރުމާއިބެހޭ ގޮތުން ގިނަ ބައަކު ސުވާލުކުރެއެވެ. އެއީ ހަމަ ރަނގަޅު ކަމެކެވެ. ކޮންމެ ގޮތެއްވިޔަސް ނަމާދުކުރަންޖެހޭނެއެވެ. ނަމާދުކުރެވޭނީ ޞައްޙަގޮތުގައި ވުޟޫކޮށްގެންނެވެ.  

ޖަވާބުގައި ބުނަން އޮތީ ބޭނުން ކުރެވޭ ގިނަ ލިޕްސްޓިކް އުފައްދާފައި ހުންނަނީ ފެން ނުޖެހޭ ގޮތަށެވެ. މާނައަކީ ވޯޓަރޕްރޫފްކޮށެވެ. ވީމާ ލިޕްސްޓިކް ޖައްސައިގެން ހުރެ ވުޟޫކުރާނަމަ އެތަނުގައި ފެނެއް ނުޖެހޭނެއެވެ. ވީމާ ވުޟޫކުރުމުގެ ކުރިން ލިޕްސްޓިކް ރަނގަޅަށް ދޮވެ ސާފުކޮށްލައި ފެންޖެހޭނެ ގޮތް ހަދަން ބޭނުންވާނެއެވެ.  

މޭކަޕަކީ ވަރަށް ފަސޭހައިން ފިލުވައިލެވިދާނެ އެއްޗެކެވެ. ނަމަވެސް ލިޕްސްޓިކްގެ އަސަރު ފިލުވައިލެވޭނީ ރަނގަޅަށް ސާފުކޮށްގެންނެވެ.  

ވުޟޫކުރާއިރު މުޅި މޫނުގައި ފެންޖައްސަން ޖެހޭނެއެވެ. ތުންފަތަކީވެސް މޫނުގެ ބައެކެވެ. ވީމާ ތުންފަތުގައިވެސް ރަނގަޅަށް ފެންޖައްސަންޖެހޭނެއެވެ. ވުޟޫކުރުމަށްފަހު ލިޕްސްޓިކް ޖެއްސުމަކުން މައްސަލައެއް ނެތެވެ.

 

- ޝައިޚް ޢާޞިމް އަލްޙަކީމްގެ ޖަވާބަކުން

މިއަދު އޮންލައިން