ނަމާދަށް ހުންނައިރު ނޭވާހާސްވެ ހިތްބިރުގަނޭތަ؟ ސަބަބާ ޙައްލު މިއޮތީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ނަމާދަށް ހުންނައިރު ނޭވާހާސްވެ ހިތްބިރުގަނޭތަ؟ ސަބަބާ ޙައްލު މިއޮތީ!

ނަމާދަށް ހުންނައިރުގާ ނޭވާހާސްވެ ހިތްބިރުގަންނަ ކަމަށްވަނީނަމަ އޭގެ މާނައަކީ ރޫޙާނީ ގޮތުން  ކޮންމެސްކަހަލަ މައްސަލަތަކެއް އެބަހުރިކަމެވެ. ޞިއްޙީ ގޮތުނ ކުރިމަތިވާ ކަމެއްނަމަ އެކަން ކުރިމަތިވާނީ ހަމައެކަނި ނަމާދަށް ހުއްޓުމަކުން ނޫނެވެ. ތިރީގައި އެވަނީ އެޙާލަތު މެދުވެރިވާ ސަބަބާ އަދި ޙައްލު އެނގިލައްވާނެ ލިޔުމެކެވެ. އިން ޝާ ﷲ  

އެހެން ގަޑިތަކުގާ ނުވާކަމެއް ހަމައެކަނި ނަމާދަށް އެރީމާ ވާންވެއްޖެ ކަމުގައިވަނީނަމަ އޭގެ މާނައަކީ ކޮންމެވެސް ކަހަލަ ޝައިޠާނީ އުނދަގޫ ތަކެއް އޭނަޔަށް އެބަހުރިކަމެވެ. ނަމާދު ކުރެވުނަނުދޭން ޝައިޠާނާ އޭނާޔަށް އުދަގޫތަކެއް އެބަކުރިމަތިކުރުވާކަމެވެ.

އެހެންވީމާ އެބާވަތުގެ ކަންތައްތަކުން ސަލާމަތްވުމަށްޓަކައި ޙަޤީޤަތުގާ އެންމެ ރަގަޅު ގޮތަކަށްވާނީ ޝައިޠާނާގެ މައްޗަށް ގަދަވެގަތުމަށް މަސައްކަތްކުރުމެވެ. އަޅުގަނޑުމެން އަބަދުވެސް އެކަމަށް މަސައްކަތް ކުރަން ޖެހޭނެއެވެ. ޝައިޠާނާގެ މައްޗަށް ގަދަވެގަތުމަށްޓަކައި އަޅުގަނޑުމެން ކުރާ އެންމެމުހިންމު އެއް މަސައްކަތަކީ ބަރާބަރަށް ފަރުޟު ފަސްނަމާދަށް ރައްކާތެރިވުމެވެ.  

ފަރުޟު ފަސްނަމާދަށް އޭގެ ވަޤުތުގައި ރައްކާތެރި ވުމާއެކީގާ އަދި ހެނދުނާއި ހަވީރުގެ ޛިކުރުތައް ބަރާބަރަށް ކިޔައި އަދި ﷲގެ ޙަޟްރަތުން ޝައިޠާނާގެ ވަސްވާސްތަކާއި އޭނާގެ އުދަގޫތަކުން ރައްކާތެރިކޮށްދެއްވުން އެދި ދުޢާކުރުމާއެކީގާ އަޅުގަނޑުމެން މަސައްކަތްކުރާކަމުގައި ވަނީނަމަ إنْشَاء الله އަޅުގަނޑުމެން ނަށް އެފަދަ ކަންތައްތަކުން ސަލާމަތްކަން ހޯދަން ފަސޭހަވާނެއެވެ.  

ދެން އެހެންވީމާ ތިގޮތަށް ނަމާދަށް އެރީމާ އެބާވަތުގެ ކަންތައްތައް މެދުވެރިވާ ކަމަށްވަނީނަމަ އަޅުގަނޑަށް ދެންނެވޭނީ ހަމަ ގަދައަޅާ މަސައްކަތް ކުރާށޭ! އެހެންވީ ކަމުގައިވީނަމަވެސް ނަމާދު ފުރިހަމަކުރަން މަސައްކަތް ކުރާށޭ! އެއީ ޙަޤީޤަތުގާ އެކަން އެއަންނަނީ ހަމަ ޝައިޠާނާ މީހާ މާޔޫސްކޮށްލުމަށްޓަކައި! ތިމަންނާ ނަމާދަށް އެރީމާ  ހާސްވަނީއޭ، ނޭވާލާން އުދަގޫ ވަނީއޭ އެހެންވީމާ ދެން ތިމަންނަޔަކަށް ނަމާދެއް ނުކުރެވޭނޭ ކިޔާ އެގޮތުންވެސް މީހާ ނަމާދުން ދުރުހެލިކުރުވޭތޯ ބެލުމަށްޓަކައި ޝައިޠާނާ ކުރުވާހާ ކަންތައްތައް އެހުންނަނީ!  

އެހެންނަމަވެސް އަޅުގަނޑުމެން ޝައިޠާނާގެ ކުރިމަތީގައި ކުޑަކަކޫ ޖެހުމެއްނެތި އަޅުގަނޑުމެން ގަދަކަން ދައްކާ އަޅުގަނޑުމެން ބާރުގަދަކޮށްފި ކަމަށްވަނީނަމަ އެންމެފަހުން ޝައިޠާނާ މާޔޫސްވެގެން އަޅުގަނޑުމެން ދޫކޮށްލާފާ ދާނެ إنْشَاء الله

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް  

އަޅުގަނޑުމެންނަށް ޝައިޠޯނާ ބަލިކުރެވޭނެއެވެ! ފައްސައި ދުރަށްވެސް ލެވޭނެއެވެ. އިން ޝާ ﷲ އެކަމުގައި އޮތީ އެމީހަކަށް ހިތްވަރުކުރަން ކެރުނުވަރެކެވެ. ވަސްވާސްދިނުން ގިނަކުރާނަމަ އަޅުކަންކުރުން ގިނަކުރަންވީއެވެ. ސަޖިދަކުރުން ގިނަކުރަންވީއެވެ.  

- މިއަދުނޫސް

މިއަދު އޮންލައިން