ފުރަތަމަ ކަމަކަށް ބަޔާން މިކުރަނީ މިޙާދިސާއާއި ގުޅުންހުރި އެންމެ މުހިންމު ޙުކުމުގެ ވާހަކައެވެ. އެއީ ޤިޞާޞް ހިފުމެވެ.
ޤިޞާޞް ހިފުމުގެ ވާހަކަ ދެކެވޭއިރަށް ކަންބޮޑުވެ ރުޅިގަދަވާ ބައަކު އުޅެއެވެ. އެމީހުން ދައްކަންފަށާނީ ބަހަނާތަކެވެ. ޒަމާނާއި ޢަދުލުއިންޞާފު ޤާއިމުނުކުރެވޭ ކަމުގެ ވާހަކަދައްކާނެއެވެ. ކޯޓުތަކުން ޙުކުމްކުރުމުގައި ޢަދުލުވެރި ނޫންކަމަށްވެސް ބުނާނެއެވެ. އެކަމަކު ކޯޓަކުން އެއިން މީހަކު ބޭނުންވާ ގޮތަށް ޙުކުމެއް ކޮށްފިނަމަ ކޯޓަށް ތައްރީފްކުރާނެއެވެ. ޢަދުލުއިންބާފު ބަރާބަރުކަމަށްވެސް ބުނާނެއެވެ.
ޤިޞާޞް ޙިފުމާ ދެކޮޅަށް ދެއްކޭނެ ޙުއްޖަތެއް ނެތް! ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަށިކޮޅުވެސް ޤިޞާޞްހިފަން ދެއްކެވި!
"މުސްލިމް އަޚުންނޭވެ! މި ހަނގުރާމައިން (ބަދުރު ހަނގުރާމައިން) ލިބޭ އެއް ފިލާވަޅަކީ ޢަދުލުވެރިކަމުގެ ފިލާވަޅެވެ. މާތް ނަބިއްޔާ z އެހެން ބައެއްގެ މައްޗަށް ޢަދުލުވެރިކަން ހިންގެވުމުގެ ކުރިން ޚުދު އެކަލޭގެފާނުގެ ނަފުސުގެ މައްޗަށް ޢަދުލުވެރިކަން އިސްކުރެއްވިއެވެ. މި ހަނގުރާމައިގެ ލަޝްކަރު ތައްޔާރުކުރެއްވުމަށް ސަފުތައް ތަރުތީބުކުރެއްވި ވަގުތު، އެއް ބޭކަލަކު ސަފުން ކުރިއަށް ޖެހިވަޑައިގެން ހުންނެވި ތަން ފެނިވަޑައިގެން "އޭ ސަވާދެވެ! ސަފުތެރެއަށް ވަދެވަޑައިގަންނަވާށެވެ." މިހެން ޙަދީޘް ކުރައްވައި ސަވާދުގެ ބަނޑުފުޅުގައި އެކަލޭގެފާނުގެ އަތްޕުޅުގައިއޮތް ބޮންތިކޮޅުން ޖެއްސެވިއެވެ. އެހިނދު ސަވާދު ދެންނެވިއެވެ. "އޭ اللهُ ގެ ރަސޫލާއެވެ. އަޅުގަނޑަށް ތަދުވެއްޖެއެވެ. އެހެންވީމާ އެކަމުގެ ޤިޞާޞް ނުހިއްޕަވައި ދޫނުކުރައްވާހުށީމެވެ." އެހިނދު ރަސޫލު الله z ވަރަށް ތަވާޟުޢުވެރިކަމާއެކު ބަނޑުފުޅު ކަޝްފުކުރައްވައި ޤިޞާޞް ހިފުމަށް ސަވާދު އަރިހު އެދިވަޑައިގެންނެވިއެވެ. ދެން ސަވާދު އެކަލޭގެފާނުގެ ގައިކޮޅުގައި ބޮސްދެއްވިއެވެ. ރަސޫލު الله z ސަވާދާ ސުވާލުކުރެއްވިއެވެ. ތިޔަ ހެއްދެވީ ކިހިނެއްހެއްޔެވެ؟ ސަވާދު ދެންނެވިއެވެ. "މާތް اللهُ ގެ ރަސޫލާއެވެ! އަޅުގަނޑުމެން މިތިބަ ޙާލު ދެނެވަޑައިގަންނަވަމު ނޫންތޯއެވެ! މިދުނިޔޭގެ އެންމެ ފަހު ކަމަކަށް އަޅުގަނޑު އެދެމުން އައީ ކަލޭގެފާނުގެ ބަރަކާތްތެރި ހަށިކޮޅުގައި ބޮސްދީ ކަލޭގެފާނުގެ ހަށިކޮޅުގައި އަޅުގަނޑު ބީހުމެވެ. ދެން އެކަލޭގެފާނު ސަވާދަށްޓަކައި ހެޔޮ ދުޢާ ކުރެއްވިއެވެ. އަދި ސަފުގައި އެއްވަރުވެ ހުރުމަށް އެންގެވިއެވެ."
- ހުޠުބާއަކުން