ޙައްޖަށް ދެވޭނެ ތަނަވަސްކަން ނެތަސް، ޖާގަ ނުލިބި ލަސްވާނަމަވެސް އަންނަ ރަމަޟާން މަހު ޢުމުރާއެއްވުމަށް އަވަހަށް މަސައްކަތް ފަށްޓަވާ! ޙައްޖެއްގެ ޘަވާބު ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ޙައްޖަށް ދެވޭނެ ތަނަވަސްކަން ނެތަސް، ޖާގަ ނުލިބި ލަސްވާނަމަވެސް އަންނަ ރަމަޟާން މަހު ޢުމުރާއެއްވުމަށް އަވަހަށް މަސައްކަތް ފަށްޓަވާ! ޙައްޖެއްގެ ޘަވާބު ދެއްވަވާނެ! އިން ޝާ ﷲ

ރަމަޟާންމަހުގެ ޢުމުރާ ދަތުރުގެ އަގު ތަންކޮޅެއް ބޮޑުވެއެވެ. ނަމަވެސް ރަމަޟާން މަހު ޢުމްރާވުމުން ދެއްވަވާނެ ޘަވާބަށް ވިސްނައިފިނަމަ އަގަށް އިތުރުވާ ފައިސާކޮޅާއިމެދު ވިސްނުމެއް ނެތެވެ. ޙަދީޘްފުޅުން އެނގެން އޮތީ ރަމަޟާންމަހު ޢުމުރާވުމަކީ ޙައްޖުވުން ފަދަ ޢަމަލެއްގެ ގޮތުގައިކަމަށްވާތީއެވެ. 

ތަނަވަސްކަން ހުރިނަމަވެސް ޙައްޖުކިޔޫ ދިގުކަމުން ދިގު އިންތިޒާރެއް ކުރަން އެބަޖެހެއެވެ. އެހެންކަމުން ތަނަވަސްކަން ހުރިނަމަ ޙައްޖަށް ފައިސާ ދައްކައިގެން އިންތިޒާރުކުރަމުންދާ ދުވަސްތަކުގައިވެސް އެންމެ ފައިދާހުރި ގޮތަކީ ރަމަޟާންމަހު ޢުމުރާއެއްވުމެވެ. ޙައްޖެއްގެ ޘަވާބު ދެއްވަވާނެތީއެވެ. އިން ޝާ ﷲ.  

ޙަދީޘް:  

Ibn Abbas reported: The Prophet, peace and blessings be upon him, said, “Verily, the ‘Umrah pilgrimage during Ramadan is equal to Hajj.”

Source: Ṣaḥīḥ al-Bukhārī 1782, Ṣaḥīḥ Muslim 1256

ދެން އޮތީ އަބަދުވެސް ހަނދުމަކޮށްދެމުން މިގެންދާ ހުކުރު ދުވަހު ހޯދެން އޮތް ރަނުގެ ފުރުޞަތެވެ. ފިރިހެނުން ޖަމާޢަތުގައި ފަތިސްނަމާދުކޮށްގެން، ބަންގިގޮވުމުން އަންހެނުން އަވަހަށް ގޭގައި ފަތިސްނަމާދުކޮށްގެން އިރު ލޮންސިއެއްގެ ބޮޑުމިނަށް އަރަންދެން (އިރު އަރައި 15 ވަރަކަށް މިނިޓްވަންދެން) ޛިކުރުކުރުންމަތީގައި ތިބެފައި ޟުޙާނަމާދުގެ 2 ރަކްޢަތް ކޮށްލުމުން ޙައްޖާއި ޢުމްރާއެއްގެ ޘަވާބު ދެއްވަވާނެތެވެ! އިން ޝާ ﷲ.  

އެކަމަށް އެއްވެސް ހޭދައެއް ކުރާކަށް ނުޖެހޭނެއެވެ. އޮތީ ހިތްވަރުކޮށްލުމެވެ.  

The Prophet (ﷺ) said:

*"Whoever prays Fajr in congregation, then sits remembering Allah until the sun rises, then prays two rak'ahs, it is as if he performed a complete Hajj and 'Umrah."*

He then said: *"Complete, complete, complete."

* (Jami' at-Tirmidhi 586, graded *hasan* by Al-Albani)   

މިއަދުނޫހުގެ ކިޔުންތެރިންނަށް މިފަދަ ފައިދާ ބޮޑު ހެޔޮ ޢަމަލުތައް ގިނަގިނައިން ހަނދުމަކޮށްދެމުން މިގެންދަނީ އެކަމުގެ ފައިދާ ކިޔުންތެރިންނަށް ފަހިކޮށްދިނުމަށެވެ. މިއީ ކިޔުންތެރިންނަށް އައުވާހަކަތަކަކަށްނުވާނެއެވެ. އެހެންކަމާއިއެކުވެސް ޢަމަލުކުރުމުގައި އިހްމާލްވެވެނީއެވެ. ހަނދުމަކޮށްދިނުމުން އިތުރު ހިތްވަރެއްލިބި ގިނަ ބައަކު ޢަމަލުކުރަންފަށާކަންވެސް ފާހަގަކުރެވެއެވެ.

 

- މިއަދުނޫސް

 

މިއަދު އޮންލައިން